މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މާލެގަން ސްޕޯޓްސް

މުބާރާތުގެ 2 ވަނަ ދުވަހުގެ މޮޅު ކ
Share on facebook
Share on twitter
Share on google

ރޭކުޅެވުނު މެޗުތަކުގެ ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގެ ޖާގައެއް މާލެގަން ސްޕޯޓްސް ކްލަބުން ޔަގީން ކުރީ ކުޅުނު ދެމެޗުން މޮޅުވެގެންނެވެ.

ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2022 ގެ 2 ވަނަ ދުވަހުގެ މެޗުތަކުން މޮޅުވީ ދަޑިމަގު ޖޫނިއާސް އާއި އެފްސީ ދޫނޑިގަލޯނާ އާއި މާލެގަމު ސްޕޯޓްސް ކްލަބުގެ ޓީމެވެ.

އިއްޔެ ހަވީރު ދަޑިމަގު ޖޫނިއާސް އާއި ހޯދަޑު ސްޕޯޓްސް ބީ ބައްދލުކުރި މެޗު 3-2 އިން ކަމިޔާބުކުރީ ދަޑިމަގު ޖޫނިއާސް ޓީމެވެ. ގްރޫޕް 2 ގެ މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގު ޖޫނިއާސް ޓީމުގެ ޖާޒީ ނަމްބަރު 12 އައިަވން މުހައްމަދު ޒާހިރު އެވެ.

މުބާރާތުގެ 5 ވަނަ މެޗުގައި ރޭ ބައްދަލުކުރީ އެފްސީ ދޫނޑިގަލޯނާ އާއި ކިއްލާ ސްޕޯޓްސް ޖޫނިއާސް ޓީމެވެ. މިމެޗު އެފްސީ ދޫނޑިގަލޯނާ އިން ކާމިޔާބު ކުރީ 2-1 އިން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ދޫނޑިގަލޯނާ ޖާޒީ ނަމްބަރު 17 އަލީ ޝަމާލު އަބްދުﷲ އެވެ.

އެފްސީ ދޫނޑިގަލުނާގެ 2ވަނަ މެޗު ކާމިޔާބުކުރީ 2-1 އިން

ފޯރިގަދަވެގެން ދިޔަ ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ގްރޫޕް 1ގެ ދަޑިމަގު ސރކ އާއި މާލެގަން ސްޕޯޓްސް ކްލަބްވެ. މިމެޗުގެ ފުރަތަމަ ކޮޅުގައި މާލެގަން ޓީމުން 3 ގޯލުގެ ބޮޑު ލީޑެއް ނެގިއެވެ. ނަމަވެސް ފަހު ހާފުގައި ދަޑިމަގު ޓީމުން ކުޅުން ރަނގަޅުކޮށް 2 ގޯލު ޖަހައި ނަތީޖާ 3-2 އާއި ކައިރިވެސް ކުރިއެވެ. މެޗުން ނިމުމުގެ ކުރިން މާލެގަން ޓީމުން އިތުރު ގޯލެއް ޖަހައި  މެޗު ކާމިޔާބުކުރީ 4-2 އިން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލެގަން ސްޕޯޓްސް ކްލަބްގެ ޖާޒީ ނަމްބަރު 12 އިސްމާއީލް އަލީފު އަހުމަދު އެވެ.

ފޯރިގަދަވި މިމެޗު ދަޑިމަގު ސރކ ބަލިވުމުން މުބާރާތުގައި ކުރިޔަށްދިއުމުގެ ފުރުސަތު ހަނިވެއްޖެ.

މިމުބާރާތުގައި ވާދަކުރި ވަރުގަދަ 3 ޓީމު އެއްގްރޫޕެއްގައި ހިމެނުމުން އެތަނުން ކޮންމެވެސް އެއްޓީމެއް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދާނެއެވެ. އެގޮތުން ގްރޫޕް 1 ގެ ޕޮއިންޓް ތާވަލަށް ބަލާއިރު މުބާރާތުން ކެޓުމުގެ ފުރުސަތު ބޮޑު ވަރުގަދަ ޓީމަކީ ދަޑިމަގު ސރކ އެވެ. އެޓިމަށް މުބާރާތުގައި ކުޅުނު 2 މެޗުން އެއްމެޗުން ބަލިވެ އަނެއް މެޗުން އެއްވަރުވުމުން ލިބިފައި ވަނީ 1 ޕޮއިންޓެވެ. ނަމަވެސް އެ ގްރޫޕުން ކުޅުނު 2 މެޗުން މޮޅުވެގެން މާލެގަން ސްޕޯޓްސް އިން ވަނި 6 ޕޮއިންޓާއެކު ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ކޮށްފައެވެ.

ދެވަނަ ދުވަހުގެ ކުޅުމަށްފަހު މުބާރާތުގެ ޕޮއިންޓް ޓާވަލް

މިރޭ މާލެގަން ސްޕޯޓސް އާއި އެފްސީ ދޫނޑިގަނލޯނާ މެޗުގެ ނަތިޖާ ނުކުންނަ ގޮތުން އެގްރޫޕުން ސެމީ ފައިނަލަށް ދާނެ ޓީމުތައް ކަނޑައެލިގެން ދާނެކަމަށް ބެލެވެއެވެ. އެމެޗު އެއްވަރު ނުވަތަ އެފްސީ ދޫނޑުގަލޯނާ މޮޅުވެއްޖެ ނަމަ ސެމިގެ ޖާގަ ލިބޭނީ މާލެގަމު ޓީމަށާއި އެފްސީ ދޫނޑިގަލޯނާއަށެވެ. ނަމަވެސް އެމެޗުން އެފްސީ ދޫނޑިގަލޯނާ ބަލިވެ އަދި ގްރޫޕްގެ ފަހު މެޗުން ދަޑިަމގު ސރކ މޮޅުވެއްޖެނަމަ ސެމީގެ ޖާގަ ބިނާވެގެންދާނީ ގޯލުގެ ތަފާތުގެ މައްޗަށެވެ.

ސިލްސިލާ މުބާރާތް ތަކުގައި މޮޅުޓީމުތަކަށް ފަހި ފުރުސަތެއް ގާއިމުކުރުމުގެ ގޮތުން ކުރީ އހަރުގެ ރޭންކިން އަށް ބަލައި މުބާރާތަށް ގުރުލާއިރު ސީޑު ކުރެއެވެ. މިކަން ވޯލްޑްކަޕާއި ޔޫރޯ ފަދަ މުބާރާތްތަކުން ވަރަށް އާއްމުކޮށް ފެނެއެވެ. އެގޮތަށް ސީޑްކުރުމުން މުބާރާތުގެ ފުރަތަމަ ބުރުން ވަރުގަދަ ކުރީ އހަރުގެ ވަރުގަދަ ޓީމުތައް ކަޓައިގެން ދިއުމުގެ ފުރުސަތު ހަނިވެ، މުބާރާތުގެ ފޯރި ގަދަވެގެން ދެއެވެ.

މި މިއަދު ވެސް މިމުބާރާތުގެ 3 މެޗު ކުޅޭނެއެވެ.

3 ވވަނަ ދުވަސް

ހަވީރު 4:45 ގައި ހޯދަޑު ސްޕޯޓްސް އާއި ދަޑިމަގު ޖޫނިއާސް

ރޭގަނޑު 8:30 ގައި ދޫނޑިގަލޯނާ ޖޫނިއާސް އާއި ކިއްލާ ސްޕޯޓސް ޖޫނިއާސް

ރޭގަނޑު 9:40 ގައި އެފްސީ ދޫނޑިގަލޯނާ އާއި ހޯދަޑު ސްޕޯޓްސް ބީ

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments