ފުޓްސަލް މުބާރާތް 2022: ސެމީފައިނަލަށް ދޫނޑިގަލޯނާ، މާލެގަން ސ އަދި ހޯދަޑު ސްޕޯޓްސް

އިއްޔެގެ މެޗުތަކ
Share on facebook
Share on twitter
Share on google

ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2022 ގައި ރޭ ކުޅެވުނު މެޗުތަކުގެ ނަތީޖާ އާއިއެކު މުބާރާތުގެ ސެމީ ފައިނަލަށް 3 ޓީމު ހޮވިއްޖެއެވެ.

ގްރޫޕް 1 އިން އެއްވަނަ ހޯދައިގެން އެފްސީ ދޫނޑިގަލޯނާ ޓީމާއި 2 ވަނަ ހޯދައިގެން މާލެގަން ސްޕޯޓްސް ކްލަބެވެ. އަދި ގްރޫޕް 2 އިން އެއްވަނަ ހޯދައިގެން އެންމެ ފަހުގެ ޗެމްޕިއަން ހޯދަޑު ސްޕޯޓްސް އެވެ.

މުބާރާތުގެ 3 ވަނަ ދުވަހުގެ ހަވީރު ހޯދަޑު ސްޕޯޓްސް އާއި ދަޑިމަގު ޖޫނިއަސް ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބު ކުރީ ހޯދަޑު ސްޕޯޓްސް އެވެ. އެއާއެކު މުބާރާތުގައި ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއެކު ހޯދަޑު ސްޕޯޓްސް އިން ވަނީ ގްރޫޕްގެ ކުރި ހޯދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯދަޑު ސްޕޯޓްސްގެ ޖާޒީ ނަމްބަރު 8 އަލީ ލިރުޣާމު އެވެ.

ހޯދަޑު ސްޕޯޓްސް އާއި ދަޑިަމގު ޖޫނިއަސް ބައްދަލުކުރި މެޗުގެ ފެށުން

ރޭގެ ކުޅެވުނު މުބާރާތުގެ 8 ވަނަ މެޗުގައި ވާދަކުރީ ގްރޫޕް 2ގެ ހޯދަޑު ސްޕޯޓްސް ބީ އާއި ދޫނޑިގަލޯނާ ޖޫނިއަސްގެ ޓީމެވެ. މިމެޗު ހޯދަޑު ސްޕޯޓްސް ބީ އިން ކާމިޔާބު ކުރީ 3-2 އިން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޯދަޑު ސްޕޯޓްސް ބީ ޖާޒީ ނަމްބަރު 9 އީމާން ނަޒީރު އެވެ.

ހޯދަޑު ސްޕޯޓްސް ބީ އާއި ދޫނޑިގަލޯނާ ޖޫނިއާސް ބައްދަލުކުރި މެޗު 3-2

ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ގްރޫޕް 1ގެ އެފްސީ ދޫނޑިގަލޯނާ އާއި މާލެގަން ސކ އެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މިމެޗު އެފްސީ ދޫނޑިގަލޯނާ އިން ކާމިޔާބު ކުރީ 1-0 އިން ނެވެ. މި މޮޅާއެކު އެޓީމު ވަނީ މާލެގަން ސްޕޯޓްސް ފަހަތަށްޖައްސައި ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. އެފްސީ ދޫނޑިގަލޯނާއިން ވަނީ އެއްވެސް މެޗަކުން ބަލިނުވެ 7 ޕޮއިންޓް ހޯދައި ގްރޫޕްގެ 1 ވަނަ ހޯދާފައެވެ. ނަމަވެސް މިމެޗަށް ނުކުތް އިރު ކުރީގައި އޮތީ މާލެގަން ސކ އެވެ. މިމެޗުން ބަލިވުމުން އެޓީމަށް ލިބެނީ 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ދޫނޑިގަލޯނާ ޖާޒީ ނަމްބަރު 5 އަބްދުﷲ ރަޝީދު އެވެ.

އެފްސީ ދޫނޑިގަލޯނާ އާއި މާލެގަން ސްޕޯޓްސް ކ 1-0

މިއަދާއި މިރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭ އިރު ގްރޫޕް 1 ގެ ފޯރި ވަނީ ކެނޑިފައެވެ. އެއީ އެގްރޫޕުން މިރޭ ކުޅޭ ދަޑިމަގު ސރކ އާއި މިސްކިތްމަގަށް ނިސްބަތްވާ ކިއްލާ ސްޕޯޓް މުބާރާތުން ކަޓާފައި ވުމެވެ. ނަމަވެސް ގްރޫޕް 2ގެ ފޯރި ވަނީ ގަދަވެފައެވެ. އެގްރޫޕުން ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ހުރިހާ ޓީމަކަށް ވެސް ވަނީ ހުޅުވި އޮތުމުންނެވެ.

މިއަދު ހަވީރު ހޯދަޑު ދެޓީމު ބައްދަލުކުރާ މެޗުން ބީ ޓީމު ބަލިވިޔަސް އެޓީމަށް ސެމީ ފައިނަލަށް ދިއުމުގެ ޖާގަ މުޅިން ބަންދެއް ނުވާނެއެވެ. އެއީ އެޓީމަށް ވެސް 3 ޕޮއިންޓް ލިބިފައި ވުމުންނެވެ. ހޯދަޑު ސްޕޯޓްސް އަށް ސެމީގެ ޖާގަ ލިބިފައިވާ އިރު ދެން ގްރޫޕްގައި ހިމެނޭ 3 ޓީމަށް ވެސް މިރޭ ކުޅެވޭ ދެމެޗުގެ ނަތީޖާ މުހިންމު ވާނެއެވެ. ގްރޫޕްގެ ބާކީ އޮތް ޖާގައަށް މި 3 ޓީމުން ވެސް ވާދަކުރެއެވެ.

އެފްސީ ދޫނޑިގަލޯނާއާއި މާލްގަން ސކ ގެ މެޗުގެ ތެރެއިން

މި މިއަދު ވެސް މިމުބާރާތުގެ 3 މެޗު ކުޅޭނެއެވެ.

4 ވަނަ ދުވަސް

ހަވީރު 4:45 ގައި  ހޯދަޑު ސްޕޯޓްސް ބީ އާއި ހޯދަޑު ސްޕޯޓްސް

ރޭގަނޑު 8:30 ގައި  ކިއްލާ ސްޕޯޓްސް ޖޫނިއާސް އާއި ދަޑިމަގު ސރކ

ރޭގަނޑު 9:40 ގައި ދަޑިމަގު ޖޫނިއާސް އާއި ދޫނޑިގަލޯނާ ޖޫނިއާސް

ހޯދަދު ސްޕޯޓްސް އާއި ދަޑިމަގު ޖޫނިއަސް 3-0

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments