A wide advertisement which will be shown on all devices. (700 x 100)

ސިޓީ ކައުންސިލާއި ގުޅިގެން 7 ކުޅިވަރެއްގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް ހިންގާން ބަޔަކު ހޯދަނީ

ޓީޓީ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް 2022

ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން 7 ކުޅިވަރެއްގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް ހިންގާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެގޮތުން އެ 7 ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމުގެ ތަމްރީނުތައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކުން މި ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަކޮށް ސިޓީ ކައުންސިލަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ޓީޓީ ޔޫތު ދިވެލޮޕްމެންޓް ޕްރޮގްރާމް 2022

ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް ހިންމުގަށް ހުޅުވާލާފައިވާ ކުޅިވަރުތައް

  1. ޓޭބަލް ޓެނިސް – ވައިޑީޕީ
  2. ބެޑްމިންޓަން – ވައިޑީޕީ
  3. ހޭންޑްބޯލް – ވަައިޑީޕީ
  4. ސާރފިން – ވައިޑީޕީ
  5. ވޮލީބޯލް – ވައިޑީޕީ
  6. ފުޓްބޯލް – ވައިޑީޕީ
  7. އެތުލެޓިކްސް – ވައިޑިޕީ

މިޕްރޮގްރާމްގެ މަގުސަދަކީ ފުވައްމުލައް ސިޓީގައި ކުޅިވަރު ދިރުވައި، ކުޅިވަރު ކުޅޭ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުން ކަމަށް ކައުންސިލުން ހާމަކުރައްވައެވެ. އެގޮތުން ސިޓީ ކައުންސިލުގެ މިއަހަރުގެ ވޯކްޕްލޭންގައި މި ކުޅިވަރުތަކުގެ ވައިޑީޕީ ޕްރޮގްރާމްތައް ހިންގުމަށް ހިމަނާފައި ވެއެވެ.

މިއަހަރު ޖޫން މަހުގެ ތެރޭގައި ޓީޓީ އެސޯސިއޭޝަނުން ވަނީ ފުވައްމުލަކު ޔޫތު ސެންޓަރުގައި ޓީޓީގެ ވައިޑީޕީ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން އިންޑިއާގެ ކޯޗެއްގެ އެހީގައި 2 އަހަރުދުވަހުގެ ޕްރޮގްރާމެއް ފަށައިގެން މިހާރު ކުރިޔަށް ގެންދެއެވެ. ފުވައްމުލަކު ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވި ސިލެކްޝަން ޕްރޮސެސްއެއްގެ ތެރެއިން އެކި އުމުރުފުރާގެ ކުދިން އެޕްރޮގްރާމަށް ހޮވައި ޕްރެކްޓިސް ކުރުން މިހާރުވެސް ކުރިޔަށް ގެންދެއެވެ.

ހޭންޑް ބޯޅަ – ފޯރީގައި އަންހެންުން ކުޅެމުން ދޭ 2022

މިއަހަރު ކުރީ ކޮޅު ފުވައްމުލަކުގައި ހުޅުވި ބެޑްމިންޓަން ހޯލުގައި އާއްމުންގެ ގްރޫޕްތަކުން އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. ސިޓީ ކައުންސިލުން އަންނަނީ ތާވަލެއް ހަދާފައި އާއްމުންނަށް ދޫކުރަމުން އަންނަކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !