A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2022ގެ ގުރުއަތުލުން ބާއްވައިފި

ފުވައްމުލައް ސިޓީ ބެޑްމިންޓަން މުބާޜާތް 2022 ގުރުއަތު ލުން

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2022ގެ ގުރުއަތު ލުން ބާއްވައިފިއެވެ. މިމުބާރާތުގެ ކުޅުން ކުރިޔަށް ގެންދާނީ ދޫނޑިގަމު އަވަށުގައި ހުންނަ ފުވައްމުލައް ސިޓީ އިންޑޯ ބެޑްމިންޓަން ހޯލުގައެއެވެ.

މުބާރާތް ރޭވިފައި ވަނީ މާދަމާ، 25 އޮކްޓޯބަރު 2022 ގެ ރޭގަނޑުން ފެށިގެން މި އޮކްޓޯބަރު މަހުގެ 31 ގެ ނިޔަލަށް ކުޅުން ކުރިޔަށްގެންދާ ގޮތަށެވެ. ގުރުއަތުން ދިމާވިގޮތުން ފުރަތަމަ މެޗުގައި ވާދަކުރާނީ ޓީމް ކުރުނބާ އާއި ކިއްލާ ސްޕޯޓްސް އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:00ގައެވެ.

ފުވައްމުލައް ސިޓީ ބެޑްމިންޓަން މުބާޜާތް 2022 ގުރުއަތު ލުން

މިމުބާރާތުގައި ބައިވެރިވެފައި ވަނީ 4 ޓީމަކުންނެވެ. އެއީ:

ޓީމް ކުރުނބާ

ކިއްލާ ސްޕޯޓްސް ކްލަބު

ދިގުވާނޑު ސްޕޯޓްސް ކްލަބު

ދަޑިމަގު ސްޕޯޓްސް އެންޑް ރިކްރިއޭޝަން އެވެ.

މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ 1 މެޗެވެ. މެޗުތައް ފަށާނީ ރޭގަނޑު 8:00ގައެވެ.

ފުވައްމުލައް ސިޓީ ބެޑްމިންޓަން މުބާޜާތް 2022 މެޗް ވާވަލް

މުބާރާތުގެ ފައިނަލަށް ދާނީ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް އަނެއް ޓީމާއި ބައްދަލުކޮށް ކުޅޭ 3 މެޗުގެ ނަތީޖާއަށް ބަލައި އެންމެ މޮޅު ދެޓީމެކެވެ. ފައިނަލް މެޗު އޮންނާނީ 31 އޮކްޓޯބަރު ދުވަހުގެ ރޭ 8:00 ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !