ފވމ ބެޑްމިންޓަން މުބާރާތް 2022ގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އަށް

ބެޑްމިންޓަން މުބާޜާތް 2022 ގެ ޗެމްޕއިން ޓީމު: ދަޑިަމގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2022ގެ ޗެމްޕިއަން ކަން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަން ކަން އެޓީމުން ހޯދީ ރޭ ކުޅެވުނު ފައިނަލް މެޗުގައި މިސްކިތްމަގު ކިއްލާ ސްޕޯޓްސް ކްލަބު 4 ޓައި 1 ޓައިިން ބަލިކޮށްގެންނެވެ.

ބެޑްމިންޓަން މުބާޜާތް 2022 ގެ ރަނަރަޕް ޓީމު: މިސްކިތްމަގު ކިއްލާ ސްޕޯޓްސް

މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމާށާއި ރަނަރަޕް ޓީމަށް މެޑެއްޔާއި ޓްރޮފީ، ފައިސާގެ އިނާމު އަދި ސެޓްފިކެޓް ދީފައި ވެއެވެ. ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ދެއްވީ މޭޔަރު އިސްމާއީލް ރަފީގެއެވެ. ރޭގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް އިސްލާމިކުް ޔުނިވާސީޓީގެ ޗާންސެލާ ޑރ. މުހަައްމަދު ޒާހިރު ހުސޭން ވެސް ވަޑައިގެންނެވިއެވެ.

ޗެމްޕިއަން ޓީމަށް މޭޔަރު ތަށި ހަވާލުކޮށް ދެއްވަނީ 2022

ރޭގައި ކުޅެވުނު ފައިނަލް މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވެފައި ވެއެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިންމި ދެ ޓީމުގެ އިތުރުން މި މުބާރާތުގައި ބައިވެރިވެފައި ވަނީ ޓީމް ކުރުނބާ އާއި ދިގުވާނޑު ސްޕޯޓްސް ކްލަބު އިންނެވެ.

ހަތަރު ޓީމުން ވާދަކުރި މިމުބާރާތުގެ ކުޅުން ކުރިޔަށް ގެންގޮސްފައި ވަނީ ދޫނޑިގަމު އަވަށުގައި ހުންނަ ފުވައްމުލައް ސިޓީ އިންޑޯ ބެޑްމިންޓަން ހޯލުގައެއެވެ. މުބާރާތުގެ މެޗުތައް ކުރިޔަށް ގެންސްގޮސްފައި ވަނީ ނިމުނު އޮކްޓޯބަރު މަހުގެ 25-31 އަށެވެ.

މުބާރާތް ކުޅެވުނު ފުވައްމުލައް ސިޓީ އިންޑޯ ބެޑްމިންޓަން ކޯޓު

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments