ފުޓުބޯޅަ މަޝްހޫރު ތަރި ޕެލޭ ނިޔާވެއްޖެ

ޕެލޭގެ ދުވަސްވަރަކީ ފުޓުބޯޅައިގެ ބްލެކެ ންއެންޑް ވައިޓްގެ ޒަމާން. އޭނާގެ ސާދާ ދިރިއުޅުމަކީ މިސާލެއް!
Share on facebook
Share on twitter
Share on google

ފުޓުބޯޅައިގެ ދުނިޔޭގައި މަޝްހޫރު ތަރި ބްރެޒިލްގެ ޕެލޭ ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ޕެލޭ ނިޔާވީ ކެންސަރު ބަލީގައި ބްރެޒިލްގެ ސައޮޕޮލޯގެ ހޮސްޕިޓަލެއްގައެވެ. ޕެލޭ ނިޔާވީ އުމުރުން 82 އަހަރުގައެވެ.

ޕެލޭ ގެ ފުޓްބޯލައިގެ ކެރިއަރާއި ހަޔަތަކީވެސް ރީތި ނަމޫނާއެއް!

ފުޓްބޯޅަގައި ޕެލޭ މަޝްހޫރުވީ އުމުރުން 17 އަހަރުގައި، 1958ގައި ސްވިޑްން ގައި ބޭއްވުނު ވޯލްޑްކަޕް މުބާރާތުގައި ކުޅެ،  އެފަހަރުގެ ތަށި ބްރެޒިލަށް ކާމިޔާބުކޮށް ދިނުމުންނެވެ. އަދި އެއިގެ ފަހުން، 1962 އާއި 1970ގައި ބްރެޒިލަށް ވޯލްޑް ކަޕް ތަށި ހޯދައިދިން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވުމުންނެވެ. އެއީ އަލަށް ގައުމަކުން 3 ވަނަ ފަހަރާ ކުރީގެ ވޯލްޑް ކަޕް ޓްރޮފީ -ޖޫލްސް ރިމޭ ޓްރޮފީ ހޯދި ފުރަތަމަ ފަހަރެވެ.

ބްްރެޒިލްގެ ޕެލޭއާއި ނެލްސަން މަންޑެޅާގެ ބައދަލުކުރުން – ދެމީހުންގެ ހަޔާތުގައި ވެސް އެއްގޮތް ކަންތަކެއް ފާހަގަ ވޭ!

ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 92 މެޗު ކުޅެދީ 77 ލަނޑު ޖަހާފައެވެ. މިއަދަދަށް ބްޒިލްގެ ޓީމަށް ލަނޑު ޖަހާދީގެން ޕެލޭގެ މިރެކޯޑާއި ބްރެޒިލްގެ މިހާރުގެ ތަރި ނޭމާ ވަނީ ހަމަހަމަ ކޮށްފައެވެ. ޕެލޭއަކީ މިހާތަނަށް ވޯލްޑްކަޕްގައި ގޯލުޖެހި އެންމެ ޒުވާން ކުޅުންތެރިޔާ ވެސް މެއެވެ. އެއީ އުމުރުން 17 އަހަރެވެ.

ޕެލޭއަށް ވަނީ 20ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުރުންތެރިޔާގެ އެވޯޑް ވެސް ލިބިފައެވެ.

ޕެލޭގެ ފަހުން ބްރެޒިލަށް ވޯލްޑް ކަޕް ހޯދިފައި ވަނީ 2 ފަހަރެވެ.

ބްރެޒިލްގެ ޕެލޭއާއި އާޖެންޓިނާގެ މެސީ

ޕެލޭގެ ދުވަސްވަރުގައި ޕެލޭއަކީ ދެވަނެއްނެތް ފަދަ މޮޅު ކުޅުންތެރިއެކެވެ. ޕެލޭއަށް ފަހު އުފެދުނު އެންމެ މޮޅުކުޅުންތެރިއަކީ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާއެވެ. އެއިގެ ފަހުން އާޖެންޓީނާގެ މެސީއެވެ. މިކޮންމެ ޖެނެރޭޝަނެއްގެ ދެމެދުން ވެސް ތަފާތު ހުނަރުވެރި ކުޅުންތެރިން އުފެދެމުން އާދެއެވެ. ނަމަވެސް މި 3 ކުޅުންތެރިންހާ ގިނަ ދުވަހު މަތީ ފެންވަރުގައި ތަފާތު ދައްކާލެވުނު މޮޅު ކުޅުންތެރިން ނެތޭ ވެސް ބުނެވިދާނެއެވެ.

ޕެލޭއަށްފަހު ފުޓްބޯޅައިގެ މޮޅު ހުނަރު ފެނިގެން ދިޔަ މަރަޑޯނާއާއި އެއިގެފަހުން މެސީ…

ޕެލޭ އުމުރުން 82 އހަރުގައި ނިޔާވިއިރު މަރަޑޯނާ ނިޔާވެފައިވަނީ އުމުރުން 60 އަހަރުގައެވެ. މި ދެ ކުޅުންތެރިންގެ އުމުރުގެ ދިގުމިނަށް ބަލާއިރު މަރަޑޯނާގެ އުމުރު ކުރުވުމުގެ މައިގަނޑުއެއް ސަބަބުކަމުގައި އޭނާގެ ޑްރަޑް-އެޑިކްޓް ވެފައިވާ ދިރިއުޅުމުގެ ވައްޓަފާޅި ފެންނަން އެބައޮތެވެ.

ބްރެޒިލްގެ ޕެލޭ- ޒުވާން އުމުރު

2.0/5.0 Article rating
4 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments