A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މަރަޑޯނާ މަރުވެއްޖެ

މަރަޑޯނާ 1986ގެ ވޯލްޑް ކަޕް ތައްޓާއެކު

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ހާޓްއެޓޭކެއް ޖެހިގެން އިއްޔެ (ބުދަ ދުވަހުު) މަރުވެއްޖެއެވެ. މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގައި އާޖެންޓީނާގެ ވެރިރަށް ބިއުނަސް އައިރިޒްގައި އޭނާގެ ގޭގައެވެ. މަރަޑޯނާ މަރުވުމުން އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ވަނީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށްފައެވެ.

މީގެ ދެހަފުތާ ކުރިން މަރަޑޯނާ ވަނީ ސިކުޑިން ލޭއަންނާތީ އޮޕަރޭޝަނެއް ކުރުމަށްފަހު ގެއަށް ބަދަލުވެފައެވެ. މަރަޑޯނާއަކީ އުމުރުގެ ފަހުބައިގައި ސިއްޙީ ގިނަ މައްސަލަތަކާއި ކުރިމަތިލަން ޖެހުނު މީހެކެވެ. މިކަންކަމުގެ އަސްލު ގުޅިފައިވަނީ ޑްރަގް ނެގުމާއި ބަނގުރާ ބުއިން ހައްދުން ނެއްޓުމުގެ ކަންކަމާއެވެ. އެއިގެ ސަބަބުން އޭނާއަށް މިދުނިޔޭގައި އުޅެވިފައި މިވަނީ އާއްމުކޮށް ގިނަ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ހަޔާތަށް ވުރު މާކުރު އުމުރެކެވެ. މަރަޑޯނާ މަރުވެގެން ދިޔައިރު ފުޓުބޯޅައިގެ ދުނިޔޭގައި އޭނާއާއި އެންމެ ބޮޑަށް އަޅަކިޔާ، މަޝްހޫރު ބްރެޒިލްގެ ޕެލޭއަށް މިއަހަރު 80 އަހަރު ފުރި، އަދިވެސް ހެޔޮހާލުގައި އެބަހުއްޓެެވެ.

މަރަޑޮނާގެ އަންހެނުން ކްލައުޑިއާ އާއި 3 ކުދިން، 1992ގައި

މަރަޑޯނާ މަރުވެގެން ދިޔައރު އޭނާގެ 4 ބަނޑަށް 5 ކުދިންނާއި އެންމެ ގިނަ ދުވަހު، 20 އަހަރު އިނދެގެން އުޅުނު އަނބިމީހާ ކްލައުޑިއާ ވިލަފޭން ދުނިޔޭގައި އެބަހުއްޓެވެ.

މަރަޑޯނާގެ މަޝްހޫރުކަން ފުޓުބޯޅައިގެން ދަނޑުތަކުން ފާހަގަ ވެގެން ދިޔައީ ޕްލޭމޭކަރެއްގެ ގޮތުންނާއި، ބޯޅަ ކޮންޓްރޯލް ކުރުމާއި، މޮޅު ހިލޭ ޖުހުންތެރިއެއްގެ ގޮތުންނައި، ކޮއްޓައި ނެއްޓުމުންނެވެ. އެގޮތުން އެންމެ މޮޅު ސޯލޯ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފު އަދިވެސް ލިބެނީ އޭނާ އަށެވެ. އޭނާ 4 ވޯލްޑްކަޕްގައި ކުޅުނެވެ. އެއީ 1982، 1986، 1990 އަދި 1994ގައެވެ. އާޖެންޓީނާއަށް 1986 ގެވޯލްޑް ކަޕް ހޯދައި ދިން ޓީީމުގެ ކެޕްޓަން ކަމާއި، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި މުޅި ދުނިޔެއަށް އޭނާގެ ފުޓުބޯޅައިގެ މޮޅު ހުނަރު ސާބިތުކޮށް ދީފައި ވެއެވެ. އެއިގެ ފަހުން 1990ގައި އިޓާލީގައި ބޭއްވުނު ވޯލްޑްކަޕުގެ ފައިނަލުގައި ޖަރުމަނުއަތުން ބަލިވެ ލިބުނީ ދެވަނައެވެ. ނަމަވެސް 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުން މަރަޑޯނާ ބޭރުކޮށްލީ ޑްރަގް ޓެސްޓުން ކޮކެއިންއަށް ޕޮޒިޓިވް ވުމުންނެވެ.

މަރަޑޮނާ މަރުވުމުގެ ހިތާމައިގައި، އާޖެންޓީނާ މީހުން މަގުތަކަށް ނުކުމެ ހިތާމަ ފާޅުކުރަނީ. 25 ނޮވެމްބަރު 2020.

މަރަޑޯނާ 4 ވޯލްޑްކަޕުގައި ކުޅުމުގެ އިތުރުން 1986ގެ ވޯލްޑްކަޕް މުބާރާތުގައި ގަދަ ބާރެއް ކަމަށް ވި އިނގިރޭސި ޓީމު ކުއާޓާރ ފައިނަލުގައި ބަލިކޮށްލި މެޗުގެ ވާހަކަ އަބަދުވެސް ކުޅިވަރުގެ މީޑިއާއިން އަޑު އިވެއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މީޑިއާގެ އެންމެ ވަރުގަދަ ބާރު ކަމަށްވާ އިނގިރޭސިން ކޮޅަށ،ް ރެފްރީއަށް ނޭނގޭ ގޮތަށް މަރަޑޯނާ އަތުން ޖެހި ގޯލާއެކު އެވާހަކަ ދުނިޔޭގެ މީޑިއާއިން އަބަދުވެސް ހަނދާން އައު ކޮށްދެމުން އައެވެ. އެމެޗުން އާޖެންޓީނާ 2-1 އިން މޮޅުވި އިރު، މަރަޑޯނާ އަތުން ޖެހި ފުރަތަމަ ގޯލު މަޝްހޫރުވެފައި ވަނީ “ހޭންޑް އޮފް ގޯޑް’ ގެ ނަމުންނެވެ. ނަމަަވެސް ދެވަނަ ގޯލް “ގޯލް އޮފްދަ ސެންޗަރީ” ގެން މުން މަޝްހޫރު ވީ ދަނޑުގެ މެދެއްހާ ހިސާބުން ބޯޅަ ހޯދައިގެން އިނގިރޭސި 5 ކުޅުން ތެރިން ކައިރިން ނައްޓާލާފައި ގޮސް ކާމިޔާބުކުރި ސޯލޯ ގޯލް އިންނެވެ. މަރަޑޯނާ ގައުމީ ޓީމަށް 91 މެޗު ކުޅެގެން ޖަހާދީފައި ވަނީ 34 ގޯލެވެ.

1986ގެ ވޯލްޑް ކަޕް ކްރާޓަރ ފައިނަލުގައި އިނގިރޭސިން ކޮޅަށް މަރަޑޯނާ އަތުން ޖެހި ގޯލު

ދުނިޔޭގެ ކްލަބުތަކުގެ ތެރެއިން ސްޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ނަޕޯލީއަށް ކުޅުނީ މަރަޑޯނާގެ ރަން ދުވަސްވަރުގައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޓްރާންސްފަރ ބާޒާރުގައި މަރަޑޯނާ ޓީމުތަކަށް ގެންގޮސްފައި ވެއެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލާފައި ފަހުން ކޯޗެއްގެ ގޮތުން ވެސް މަރަޑޯނާ މަސައްކަތް ކުރިއެވެ. އެގޮތުން 2008 ވަނަ އެހަރު ގައުމީ ޓީމުގެ ކޯޗުކަމާއި ހަވާލުވެގެން، ވޯލްޑްކަޕް ކޮލިފައިންގައި ކިރިޔާ ސަލާމަތްވެ ވުނީއެވެ. ނަމަވެސް އެއަހަރު، 2010ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވުނު ވޯލްޑްކަޕް މުބާރާތުގައި އާޖެންޓީނާގެ ގައުމީ ޓީމު ގޮވައިގެން ނުކުމެ ކުއާޓަރ ފައިނަލުގައި ޖަރުމަން އަތުން ބަލިވެ، މުބާރާތުގެ 5 ވަނަ ލިބުން އެއީ މަރަޑޯނާގެ ކޮޗިންގެ އެންމެ ބޮޑު ކާމިޔާބީއެވެ.

ފީފާއިން ހޮވި 20ވަނަ ގަރުނުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު މަރަޑޯނާއާއެކު ބްރެޒިލްގެ ޕެލޭ ހިއްސާކުރި ކަމުގައި ވިޔަސް ގިނަ ބަޔަކު ބުރަވަނީ 20 ވަނަ ގަރުނުގައި އުފެދުނު އެންމެ މޮޅު، ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއަކީ މަރަޑޯނާ ކަމަށެވެ.

20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޅަބޯލަ ދެ ކުޅުންތެރިން. ޕެލޭ އަދި މަރަޑޯނާ، 1995ގައި.

މަރަޑޯނާ އަކީ ފުޓުބޯޅައިގެ ދަނޑުގެ ބޭރުން އުޅުން ގޯސް މީހެކެވެ. އެގޮތުން އޭނާއަށް ފުޓުބޯޅައިން ލިބުނު ރީތި ނަން އެތައް ފަހަރެއްގެ މަތިން ކިލަނބުވެފައި ވެއެވެ. އޭނާގެ ހަޑިހުރު ބަސްމަގާއި ނަހަމަ ޑްރަގް ބޭނުންކުރުމާއި ބަނގުރަލުގެ ސަބަބުން ހެޕެޓައިޓިސް ޖެހުމާއި އަންހެނުންގެ މައްސަލަތައް ހިމެނެއެވެ. ވޯލްޑްކަޕް ކޮލިފައިންގައި ކޯޗެއްގެ ގޮތުގައި ހުރެފައި ނޫސް ކޮންފަރެންސެއްގައި  ހަޑިހުތުރު ބަސްމަގު ބޭނުން ކުރުމުން ފީފާއިން އޭނާ 2 މަހަށް ސަސްޕެންޑް ވެސް ކުރިއެވެ. އޭނާގެ ފުރަތަމަ ވޯލްޑްކަޕްގައި ރަތްކާޑެއް ހޯދިއެވެ. އަދި ކޮކެއިންއަށް ދެވިހިފައިވާ މަރަޑޯނާ 1991 ވަނަ ފުޓްބޯޅައިން 15 މަހަށް ސަސްޕެންޑް ކުރުމުން އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ނިމިގެންދިޔައެވެ.

2009 ވަނަ އަހަރު އިޓަލީ ސަރުކާރުން ބުނެފައި ވަނީ މަރަޑޯނާ ދައްކަންޖެހޭ ޓެކްސް ނުދައްކައި ޖޫރިމައިނާއާއެކު 37 މިލިޔަން ޔޫރޯ ހުރިކަމަށެވެ.

(ކ.)މަރަޑޮނާ ޓީވީ ޝޯތައް ހުށަހަޅާދިން. (ވ.)މަރަޑޯނާގެ ހަޔާތުން އަނދިރިފަރާތުން ޕާޓީގެ ހިޔަންޏެއް. 2005 ގައި

މަރަޑޮނާއަކީ ސިޔާސީގޮތުން ވާތުފިޔައިގެ ނިއޯލިބަރަލް ވިސްނުމުގެ މީހެކެވެ. އޭނާ އާއި ކިއުބާގެ ލީޑަަރު ފިޑެލް ކާސްޓެރޯލް އާއި ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް އާއި އާޖެންޓީނާގެ ކުރީގެ ރައީސް ކާލޯސް މެނެމް އާއި ގާތް ގުޅުމެއް އޮތެވެ. އެމެރިކާގެ އިމްޕިރިލިސްޓް ވިސްނުމާއި ދެކޮޅު ހެއްދެވުމަށް އާޖެންޓީނާގައި އޮތް އެމެރިކާގެ ގަމުތަކުގެ ސަމިޓަކަށް ޖޯޖް ޑަބްލިއު  ބުޝް ކުރެވި ދަތުރެއްގައި “ސްޓޮޕް ބުޝް’ ޖަހާފައިވާ ޓީޝަޓެއްގައި، ބުޝްގެ ކަނޑާފައި ‘ސްވާސްޓިކާ’ – ހިޓިލަރުގެ ނިޝާން ޖަހައ،ި އެއީ އިންސާނީ ކުނިގަނޑެއް ކަމަށް ސިފަކުރިއެވެ. ނަމަވެސް ފަހުން އޮބާމާއަށް ތާއިދު ކުރިއެވެ.

މަރަޑޯނާ ކިއުބާގެ ރައީސް ފިޑެލް ކާސްޓްރޯ އާއެކު، 2005 ގައި.

މަރަޑޯނާގެ އުމުރުގެ ފަހު ބައި އުޅުނީ ހަށިގަނޑު ފަލަވެ، ބަރުހެލިކަމާއެކު ސިއްހީ ގިނަ މައްސަލަތަކެއްގއި އާއިލާއާއެކުގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !