A wide advertisement which will be shown on all devices. (700 x 100)

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ‘އޮލި ގަނަ ސަލްޝްކަރ’

މެންޗެސްޓަރ ޔުނަިއޓެޑްގެ ވަގުތީ ކޯޗު އޮލީ ގަނާ ސަލްޝްކަރ

މަޝްހޫރު އިނގިރޭސި ފުޓުބޯޅަ ކުލަބް މެންޗެސްޓަރ ޔުނަިއޓެޑްގެ ކޯޗުކަމަށް ކުރީގެ އެޓީމުގެ ފޯވަޑް ‘އޮލީ ގަނަ ސަލްޝްކަރ’ ހަމަޖައްސައިފިއެވެ. އޭނާާގެ ނަން ކިޔަން ފަސޭހަވާނީ އޮލީ ގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ. މިސީޒަނުގައި ކޯޗު މޮރީނިއޯ އާއެކު ޓީމުން ހޯދަމުން އައި ދަށް ނަތީޖާގެ ސަބަބުން އޭނާ ޓީމުން ވަކިކޮށް މިސީޒަން ނިމެންދެން އޮލީ އާއި ވަނީ ޓީމު ހަވާލުކޮށްފައެވެ.

އޮލީ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް 11 ސިޒަނުގައި ކުޅެ ދީފައެވެ. އަދި 1999 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބެޔާން މިޔުނިކު ކޮޅަށް މޮޅުވި ގޯލު ޖަހާދީފައި ވަނީ އޭނާއެވެ. އޭނާގެ ކޯޗިން ކެރިއަރު ފެށީ މެންޗެސްޓަރ ޔުނައިޓެޑްގެ ރިޒާވު ޓީމު ކޯޗެއްގެ ގޮތުގައެވެ.

އޭނާ ބުނާގޮތުން މީއީ އޭނާއަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އޭނާގެ ހިތުގައި އަބަދުވެސް މެންޗެސްޓަރ ޔުނައިޓެޑް އޮވެއެވެ. އަދި އަނބުރާ ކޯޗެއްގެ ގޮތުގައި އާދެވުމުން ވަރަށް އުފާވާ ކަމަށެވެ.

އުމުރުން 44 އަހަރުގެ އޮލީ ވަނީ މިމަހު ކުރީ ކޮޅު އޭނާގެ ގައުމުކަމަށްވާ ނޯވޭގެ ކްލަބް މޯލްޑްގެ ކޯޗުކަމާއި ހަވާލުވުމަށް އެއްބަސްވުމެއް ހަދާފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްގައި އޭނާގެ  ކޯޗިންޓީމުގައި ހިމެނެނީ ކުރިން ޖޫނިއަރ ޓީމުގައި މަސައްކަތް ކުރި އަދި ފާރގަސަން އާއެކު މަސައްކަތް ކުރި ކޯޗު މައިކް ފެލާން އާއި މައިކަލް ކަރިކް އަދި ކިއެރާން މެކްކެނާ އެވެ. މި ދެ މީހުންނަކީ މޮރީނިއޯގެ ޓީމުގައި ވެސް ހިމެނުނު ދެމީހުންނެވެ.

އޮލީ ނުވަތަ ސަލްޝްކަރ ގެ ވަގުތީ ކޯޗުކަމުގައި ފުރަތަމަ ބައްދަލުކުރާނީ 2014 ގައި އޭނާ ކޯޗު ކޮށްދެނިކޮށް ޕްރިމިއަރ ލީގުން ރެލިގޭޓްވި ކާޑިފް ސިޓީއާއެވެ. އެފަހަރު އޮލީ މަގާމުން ވަކިކުރީ 8 މަސް ދުވަހަށް ފަހު ރަނގަޅު ނަތީޖާއެއް ނުނެރެވުމުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއަރމަން އެޑް ވުޑްވާރޑް ހާމަރި ގޮތުން އޮލީ އަކީ މެންޗެސްޓަރ ޔުނަިއޓެޑްގެ ލެޖެންޑެކެވެ. އޭނާއަށް މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުމަތިންނާއި ކޯޗުކަމުގެ ގޮތުން ގިނަ ތަޖުރިބާތަކެއް ކުރެވިފައި ހުންނާނެ އެވެ. އޭނާ މެންޗެސްޓަރގައި ހޭދަކުރި ދުސްވަތަކުން މުޅި މާހައުލު ރަނގަޅަށް އެނގޭނެ ކަމަށެވެ.

އޮލީ އަދި މައިކް ފެލާން އަނބުރާ އައުމުން ކްލަބުގެ އިސްއޮފިޝަލުން އުއްމީދު ކުރަނީ ސީނުގެ ފަހު ބައިގައި ޓީމުގެ ކުޅުންތެރިންނާއި ސަޕޯރޓަރުން އެއްރޫހެއްގައި އޭނާ ގުޅުވާލަދޭނެ ކަމަށެވެ.

މި ސީޒަން ނިމުމުން މެންޗެސްޓަރ ޔުނައިޓެޑަށް ދާއިމީ ކޯޗަކު ހަމަޖައްސާނެ ކަމަށް އެޓީިމުން ބުންޏެވެ.

ބެލެވޭ ގޮތުގައި އޮލީ ގެނެސްފައި ވަނީ ނޯވޭގެ މޯލްޑް އިން ލޯނު އެއްބަސްވުމަކަށެވެ. ނޯވޭގެ ސީޒަން ވަނީ ފިނި މޫސުމަށް ނިންމާލާފައެވެ. ދެން ފެށޭނީ އަންނަ އަހަރު މާރޗު މަހު ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !