ކެންގަރޫ ކިޑްސް – ބިލަބޮންގް ހައި އިންޓަނޭޝަނަލް އިން ހިންގަމުންގެންދާ ފުވައްމުލަކުގެ ކެންގަރޫ ކިޑްސްގެ ސްކޫލުގެ އަހަރީ ސްޕޯޓްސް ފެސްޓިވަލް މިއަދު ފެށިއްޖެއެވެ. މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސްޕޯޓްސް ފެސްޓިވަލުގައި އެސުލޫކުގެ ހުރިހާ ކުލާސްތަކަކުންވެސް ބައިވެރިވެއެވެ. މިފެސްޓިވަލުގައި ކުޑަކުދިންނާއި ގުޅޭ ގިނަ ކުޅިވަރު ހަރަކާތްތަކެއް ރޭވިފައިވެއެވެ. އެގޮތުން، ކަސްރަތު ކުޅިވަރުތަކާއި، ދުވުމާއި، ގޯނި ރޭހާއި، ތިންފައިރޭސް ފަދަ ކުޅިވަރުތައްވެސް ހިމެނެއެވެ.
ފުވައްމުލަކުގައި ހިންގަމުންދާ ކެންގަރޫ ކިޑްސް ސްކޫލުގައި ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 1 އާއި ހަމައަށް ކިޔަވާދެމުންގެންދެއެވެ.
+1
+1
ޚިޔާލުތައް