A wide advertisement which will be shown on all devices. (700 x 100)

ޕްރިމިއަރ ލީގު 2018/19 ޗެމްޕއިންކަން މެންޗެސްޓަރ ސިޓީއަށް

މެންޗެސްޓަރ ސިޓީ 4 ވަނަ ފަހަރަށް ޕްރެމިއަރ ލީގު ކާމިޔާބުކުރުން

ފުޓުބޯޅައިގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ އިނގިރޭސި ޕްރިމިއަރ ލީގު މެންޗެސްޓަރ ސިޓީން ޖެހިޖެހިގެން ދެވަނަ ފަހަރާ ކާމިޔާބުކޮށްފިއެވެ. މިރޭ ކުޅެވުނު ލީގުގެ ފަހު މެޗުތަކުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅެ 4-1 ލަންޑުން މޮޅުވެ، ވާދަވެރި ލިވަރޕޫލަށް ވުރެ 1 ޕޮއިންޓުން ތާވަލްގެ ކުރި ހޯދައިގެން އިނގިރޭސި ޕްރިމިއަރ ލީގު ސިޓީން މިވަނީ ދިފާއުކޮށްފައެވެ. މީގެ ކުރިން އެޓީމުން ލީގު ޖެހިޖެހިގެން ހޯދާފައި ވަނީ 2011/12 އަދި 2013/14ގައެވެ.

ސިޓީގެ އަންހެން ޓީމު ވެސް ވަނީ މިފަހަރު އަންހެނުންގެ ލިގު ކާމިޔާބުކޮށް ފައެވެ.

މެންޗެސްޓަރ ސިޓީގެ އަންހެން ޓީމު ވެސް ވަނީ އެމީހުންގެ ލީގު މިފަހަރު ކާމިޔާބުކޮށްފައި

މިފަހަރުގެ ލީގަކީ ވަރަށް ވާދަވެރިކަން ބޮޑުވެގެން ދިޔަ ލިީގެެވެ. އެންމެ ފަހު ހަފުތާގެ މެޗުން ނޫނީ ލީގު ޔަގީން ކުރެވޭ ގޮތެއް މިފަހަރު ނުވިއެވެ.

މިރޭގެ މެޗުން ސިޓީ މޮޅުނުވި ނަމަ ޕްރިމިއަރ ލީގު މިފަހަރު ލިބޭނީ ލިވަރޕޫލަށެވެ. ފާއިތުވި އަހަރު ގެ ޑިސެމްބަރާއި ހަމަޔަށް ލީގު އައިއިރު ކުރީގައި އޮތީ ލިވަރޕޫލެވެ. ވާދަވެރިކަން ބޮޑުވެގެން ދިޔަ މި ލީގުގައި ލިވަރޕޫލް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއާއެކު އެޓީމަށް ލިބިފައި ވަނީ 97 ޕޮއިންޓެވެ. މެންޗެސްޓަރ ސިޓީން ވަނީ 98 ޕޮއިންޓް ހޯދައި 4 ވަނަ ފަހަރާ ލީގު ތަށި ކާމިޔާބު ކޮށްފައެވެ.

ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓް މިފަހަރު 3 ކުޅުންތެރިން ހިއްސާ ކުރެއެވެ. އެއީ:

އެންމެ ގިނަ ގޯލު ޖެހި 3 ކުޅުންތެރިން

މުހައްމަދު ސޮލާޙު- ލިވަރޕޫލް، 22 ގޯލު 8 އެސިސްޓް 1 ރީނދޫ ކާޑު (ފާއިތުވި ސީޒަނުގައި 32 ގޯލު)

އޯބަމަޔަން – އާސެނަލް، 22 ގޯލު، 5 އެސިސްޓް، 0 ރީނދޫކާޑު

ސާޑިއޯ މާނޭ – ލިވަރޕޫލް، 22 ގޯލު، 1 އެސިސްޓް 2 ރީނދޫ ކާޑު

2 ވަނާގައި މެންޗެސްޓަރ ސިޓީގެ އަގުއޭރޯ 21 ގޯލު

3 ވަނަ ލެސްޓަރ ސިޓީގެ ޖިމީ ވާރޑީ 17 ގޯލު

އެންމެ މޮޅު ގޯލް ކީޕަރަކީ ލިވަރޕޫލްގެ ކީޕަރު އެލިސަން އެވެ.

އެނެމެ މޮޅު ގޯލްކީޕަރަކީ ލިވަރޕޫލްގެ އެލިސަން

ފައިތުވި 27 ސީޒަންތަކަށް ބަލާއިރު އަދިވެސް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އާއި ކައިރިކުރާ ވަރުގެ ކާމިޔާބެއް ވެސް އެހެން ޓީމަކަށް ހޯދިފައެއް ނުވެއެވެ. އެއީ ޕްރިމިއަރ ލީގުގައި އެންމެ ދުވަސް ވީ ކްލަބުވެސް މެއެވެ.

މެންޗެސްޓަރ ޔުނައިޓެޑް 13 ފަހަރު ލީގު ތަށި ކާމިޔާބުކުރި

ޗެލްސީ 5 ފަހަރު

މެންޗެސްޓަރ ސިޓީ 4 ފަހަރު

އާސެނަލް 3 ފަހަރު

ލެސްޓަރ ސިޓީ 1 ފަހަރު

ބްލެކްބާރން ރޯވާޒް 1 ފަހަރު

ޕްރެމިއަރ ޅިގު ހޯދާފައިވާ ޓީމުތައް

ނަމަވެސް މެންޗެސްޓަރ ޔުނަިއޓެޑަށް މިސީޒަންގައި ވަނީ ގަދަ 4 ގައި ވެސް ފައި ހަރުކޮށްނުލެވި ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ނުލިބިފައެވެ. އެޓީމަށް ލީގު ތަށި އެންމެ ފަހުން ވެސް ލިބިފައި ވަނީ މީގެ 6 އަހަރު ކުރިން 2012/13ގައެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުވި 4 ޓީމަކީ މެން.ސިޓީ އާއި ލިވަރޕޫލްގެ އިތުރުން ޗެލްސީ އާއި ޓޮޓްނަމް އެވެ.

ލީގުން މިފަހަރު ރެލިގޭޓްވީ ހަޑަރސްފިލްޑް ޓައުން އާއި ފުލަމް އަދި ކާރޑިފް ސިޓީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !