A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

ފުވައްމުލަކުގައި ކުރިއަށްދާ ރާއްޖޭގެ ތިންވަނަ ގައުމީ އަންހެން ކުރިކެޓު މުބާރާތުގައި ފުވައްމުލަކު ޓީމު ކުޅުނު ދެވަނަ މެޗުން މާލެ ޓީމާއި ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ. މިދިޔަ ދެފަހަރުވެސް ފައިނަލްގައި ވާދަކުރި ފުވައްމުލަކު ޓީމު މިއަދުގެ މެޗަށް ނިކުތްއިރުވެސް އޮތީ ބޮޑު ޕްރެޝަރެއްގައެވެ. ފުވައްމުލަކުގެ ޒުވާން ޓީމު މިއަދުގެ މެޗުގައި ފުރަތަމަ ނިކުތީ ބެޓުކުރުމަށެވެ. މެޗު ފެށިގެންވެސް އެދެވޭ ކުޅުމެއް ނުދެއްކި އިތުރަށް ޕްރެޝަރާއި ކުރިމަތިވި ފުވައްމުލަކުގެ ޓީމަށް 20 އޯވަރުގެ ތެރޭގައި 8 ވިކެޓަށް ހެދުނީ 53 ލަޑެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް ބެޓުކުރީ 14 ލަޑު ހެދި މާހާއެވެ.

ޖަވާބުގައި މާލެ ޓީމު ކުޅުންނިކުމެ 14 އޯވަރު ތެރޭ 6 ވިކެޓަށް 54 ލަޑު ހަދައިގެން މެޗު ނިންމާލިއެވެ.

ޕްރެޓިސް ސެޝަންތަކުގައްޔާއި ކުރީ މުބާރާތްތަކުގައި ރަގަޅު ކުޅުމެއް ދައްކަމުން އައި ފުވައްމުލަކު ޓީމަށް މިއަދުގެ މެޗުގައި އެންމެ އެދެވޭ ގޮތަށް ނުކުޅޭކަން ފާހަގަކުރެވުނެވެ. މިއަދު ބައްޔާއި އެކު ފުވައްމުލަކު ޓީމު ފައިނަލަށް ދަތުރު ކުރުމަށް އަމިއްލަ ބާރު މިހާރު މިވަނީ ކެނޑިފައެވެ، ބާކީ އެއްމެޗު އޮތްއިރު އެއްވެސް ޕޮއިންޓެއް ފުވައްމުލަކު ޓީމަށް ލިބިފައިނުވާއިރު މިއަދު މެންދުރުފަހު ކުޅޭ މެޗުން ކުނަހަންދޫ މޮޅުވެއްޖެނަމަ ފުވައްމުލަކު ޓީމު ފައިނަލަށް ދަތުރުކުރުމަށް ލިބިގައިވާ ހަނި ފުރުސަތުވެސް ގެއްލޭނެއެވެ. ކުނަހަންދޫ ޓީމު އެއްމެޗު ކުޅެ 3 ޕޮއިންޓް ލިބިފައިވެއެވެ. މާލެ ޓީމު ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއިއެކު ފައިނަލަށް މިވަނީ ދަތުރުކޮށްފައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !