ހޯދަނޑު ފުޓުބޯޅަ ދަނޑުގައި ފީފާ ގަބޫލުކުރާ ފެންވަރުގެ ޓާފެއް އަޅަނީ

ޓާރފް އެޅުމަށް ހަމަޖެހިފައިވާ ހޯދަޑު ފުޓްބޯޅަ ދަނޑު
Share on facebook
Share on twitter
Share on google

ހޯދަޑު ފުޓުބޯޅަ ދަނޑުގައި ފީފާ ގަބޫލުކުރާ ފެންވަރުގެ ޓާފް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފިއެވެ. ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާރފް އެޅުމުގެ އެއްބަސް ވުމުގައި ސޮއިކުރުން ބާއްވާފައި ވަނީ މިއަދު ޔޫތު މިނިސްޓްރީގައެވެ.

މި އެއްބަސްވުމުގައި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުހައްމަދު އާއި ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

މިއަދުގެ ބައްދަލުވުމުގައި އިތުރު 12 ރަށެއްގެ ދަނޑުތަކުގައި ފީފާ ގަބޫލުކުރާ ފެންވަރުގެ ޓާފް އެޅުމަށް އަމީން ކޮންސްޓރަކްޝަނާއި ހަވާލުކޮށްފައި ވެއެވެ. އެ ރަށްތަކަކީ، ސ. ފޭދޫ، ގދ. ތިނަދޫ، ގއ. ވިލިނގިލި އައި  ލ. ގަން އާއި ފ.ނިލަންދޫ އާއި އދ. މާމިގިލި އާއި ޅ. ހިންނަވަރު އާއި ރ. އަލިފުށި އާއި ނ. ކެނދިކުޅުދޫ އާއި ނ. ހޮޅުދޫ އާއި ހދ. ނެއްލައިދޫގެ އިތުރުން ހއ. ދިއްދޫ  އެވެ.

އަމީން ކޮންސްޓަރަކްޝަނާއި ހަވާލުކުރި މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 55 މިލިއަން ރުފިޔާއެވެ. މިއެއްބަސްވުމުގެ ދަށުން މިހާރު އެ ރަށްރަށުގައި މަސައްކަތް ކުރަމުންދާ ސަބްބޭސް އަޅައި ނިމުނުހާ އަވަހަކަށް ޓާފް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޔޫތު މިނިސްޓަރ މަހްލޫފް ވިދާޅުވެފައި ވެއެވެ.

މި ޓާރފް ދަނޑުތަކުގެ އަސާސީ ބައިތައް ފުރިހަމަ ކުރުމަށް އެމްޓީސީސީ އާއެކު ފާއިތުވި ސެޕްޓެމްބަރު މަހު ވަނީ ސޮއިކޮށްފައެވެ. ސަބް-ބޭސް ލޭޔަރ ޕްރެޕަރޭޝަން އެއްބަސްވުމުގެ ދަށުން ދަނޑުގެ ފަސްގަނޑުގެ ފަށަލަތައް ތަރުތީބުކޮށް، އެއްވަރުކޮށް ޓާރފް އަޅަން ބިންގަނޑު ތައްޔާރުކޮށް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައެވެ. ހޯދަޑު ދަނޑުގެ އަމަލީ މަސައްކަތް އަދި ފަށާފެއެއް ނުވެއެވެ.

މީގެ އެތައް އަހަރެއް ކުރިންވެސް ފުވައްމުލައް ސިޓީގައި ޓާފްދަނޑެއް އެޅުމަށް އޭރު އެފްއޭއެމް އިން ނިންމިއެވެ. ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން އަޅަން ނިންމި ދަނޑު ޕީޕީއެމް ސަރުކާރުގައި ވަނީ އެހެން ރަށަކަށް ބަދަލުކޮށްފައެވެ.

ހޯދަޑު ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާނީ

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments