A wide advertisement which will be shown on all devices. (700 x 100)

ޔޫތު ފުޓްސަލް މުބާރާތް މިއަދު ފަށަނީ

ޔޫތު ފުޓްސަލް މުބާރާތް މިއަދު ފަށަނީ - ކުޅުން ފުވައްމުލަކު ސްޓޭޑިއަމް ގައި

ފުވައްމުލައް ޔޫތުސެންޓަރާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކުރާ އެފްވީއެމް ޔޫތު ފުޓްސަލް މުބާރާތުގެ ކުޅުން މިއަދު ފަށާނެއެވެ.

މިމުބާރާތުގެ ކުޅުން މިއަދު، 26 އޮކްޓޯބަރުން ފެށިގެން 3 ނޮވެމްބަރާއި ހަމަޔަށް ކުރިޔަށް ގެންދެވޭނެއެވެ. މުބާރާތުގެ މެޗުތަކުގެ ކުޅުން ފުވައްމުލައް ސްޓޭޑިއަމަށް ބަދަލުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ގައެވެ. ކޮންމެ ދުވަހަކު ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު 3:30 ގައި ބައްދަލު ކުރާނީ ދޫނޑިގަލޯނާ ޔޫތު ޓީމާއި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު (ޒީ ކޮލެޖް) ޓީމެވެ.

މިއަދުގެ 2 ވަނަ މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން (އެންމެން) ޓީމާއި ހޯދަޑު ހަވިއްތަ ފުޓްސަލް ޓީމެވެ.

މިމުބާރާތުގައި 12 ޓީމުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ 4 ގްރޫޕަށް ޓީމުތައް ބަހާލައިގެން ފުރަތަމަ ބުރު ޕޮއިންޓް ސިސްޓަމަށް ކުޅޭ ގޮތަށެވެ. އަދި ކުއާރޓަރ ފައިނަލަށް ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމު ދާގޮތަށެވެ. ކްއަރޓާރ ފައިނަލުގެ މެޗުތަކުގައި ބައްދަލުކުރާނެ ޓީމުތައް ގުރުއަތުން ހޮވާއިރު ސެމީ ފައިނަލަށް ދާނީ ކުއަރޓަރ ފައިނަލުގެ 4 މެޗުން މޮޅުވާ ޓީމުތަކެވެ.

ޔޫތު ފުޓްސަލް މުބާރާތުގަިއ ބައިވެރިވާ މިސްކިތްމަގު އެންމެގެ ގުޅުން (އެއްމެން) ޓީމު. ފޮޓ؛ އިސިސް ފުވައްމުލައް

މި މުބާރާތުގައި ޗެމްޕިއަން ޓީމު ރަނަރަޕް ޓީމ، މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން، އެންމެ ގިނަ ގޯލުޖަހާ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު އަދި ހޮވުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތައް

ގްރޫޕް 1

ދޫނޑިގަލޯނާ ޔޫތު ޓީމު، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު ޓީމު، ދަޑިމަގު ބީ ޓީމު

ގްރޫޕް 2:

މިސްކިތްމަގު އެންމެންގެ ގުޅުން (އެންމެން)، ހަވިއްތަ ފުޓުސަލް ޓީމު، ދޫނޑިގަލޯނާ ޖޫނިއަރ ޓީމު

ގްރޫޕް 3:

އެފްސީ  ދޫނޑީގަލޯނާ، އެފްސީ ދަންޑަހެލު ޓީމް، އެފްސީ ދަޑިމަގު ޓީމު

ގްރޫޕް 4:

ފުވައްމުލައް ސިޓީ ޕޮލިސް ޓީމު، އެފްސީ ދަޑިމަގު ޖޫނިއަރ، މިސްކިތްމަގު އެންމެންގެ ގުޅުން ޖޫނިއަރ ޓީމް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !