ޔޫތު ފުޓްސަލްގެ ދެވަނަ ބުރަށް ޒީ-ކޮލެޖް، ދަޑިމަގު ބީޓީ، އެންމެން ޓީމު

ޔޫތު ފުޓްސަލް މުބާރާތުން ފުރަތަމަ ކެޓީ ދޫނޑިގަމު ޔުތު ޓީމު
Share on facebook
Share on twitter
Share on google

ފުވައްމުލައކު ސްޓޭޑިއަމްގަިއ މިހާރު ކުރިޔަށްދާ ޔޫތު ފުޓްސަލް މުބާރާތުގެ2 ވަނަ ދުވަހުގެ ކުޅުމުން ދަޑިމަގު ބީޓީމު އާއި މިސްކިޔްމަގު އެންމެންގެ ގުޅުން (އެންމެން) ޓީމު ބޮޑު ތަފާތަކުން މޮޅުވެ ދެވަނަ ބުރުގެ އުއްމީދު ބޮޑުކޮށްފިއެވެ.

މުބާރާތުގެ 4 ވަނަ މެޗުގައި މިއަދު ހަވީރު 3:30ގައު ކުޅުނު މެޗުގައި ބައްދަލުކުރީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި އެފްސީ ދަޑިމަގު ޖޫނިއަރސް ގެ ޓީމެވެ. މިމެޗު ނިމުނީ 2-2 ން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތރިއަކަށް ހޮވުނީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާ ޖާރޒީ ނަމްބަރު 7 މުހައްމަދު ޝިހާމެވެ.

ޔޫތު ފުޓްސަލް 2019؛ ޕޮލިސް 2-2 ދަޑިމަގު ޖރ

މިއަދުގެ ދެވަނަ މެޗު، މުބާރާތުގެ 5 ވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް 1 ގެ ދެ ޓީމު ކަމަށްވާ ދޫނޑިގަލޯނާ ޔޫތު ޓީމު ދަޑިމަގު ބީ ޓީމެވެ. މިމެޗު 7-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ދަޑިމަގު ދަޑިމަގު ބީ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އިބްރާހިމް އަޖުފާން (ޖ.10) ދަޑިމަގު ބީޓީމު އެވެ.

މިމޮޅާއެކު އެޓީމަށް ދެވަނަ ބުރުން ޖާގަ ލިބުނީއެވެ. އެއީ މި ގްރޫޕުގައި ހިމެނޭ 3 ޓީމުގެ ތެރެއިން ދޫނޑިގަލޯނާ ޔޫތު ޓީމު ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ކަޓާފައި ވުމުންނެވެ. ދެން މިގުރޫޕުގައި އޮންނާނީ ދަޑިމަގު ބީޓީމާއި ޒީކޮލެޖު ޓީމު ބައްދަލުކުރާ މެޗު އެކަންޏެވެ. މިދެޓީމަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީން ވެފައެވެ.

ޔޫތު ފުޓްސަލް 2019؛ ދަޑިަމގު ބީޓީ 7-0 ދޫނޑިގަން ޔޫތު

މުބާރާތުގެ 6 ވަނަ މެޗު މިސްކިތްމަގު އެންމެންގެ ގުޅުން (އެންމެން) ޓީމުން ބޮޑު ތަފާތަކުން ކާމިޔާބުކުރީ ދޫނޑިގަލޯނާރ ޖޫނިއަރސް އައި ދެކޮޅަށް ކުޅެއެވެ. މިމެޗު ނިމުނީ 9-2 ން އެންމެން ޓީމު މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެންމެން ޓީމުގެ ޖާރޒީ ނަމްބަރު 10 އަލީފު އަހުމަދު އެވެ. މިމޮޅާއެކު އެންމެން ޓީމަށް ވަނީ ކްއަރޓަރ ފައިނަލުގެ ޖާގައެއް ޔަގީން ވެފައެވެ.

ޔޫތު ފުޓްސަލް 2019؛ އެންމެން ޓީމު 9-2 ދޫނޑިގަލޯނާ ޖރ

މިމުބާރާތުގައި މާދަމާގެ ފުރަމަ މެޗުގައި ވާދަކުރާނީ ގްރޫޕް 3 ގެ އެފްސީ ދޫނޑިގަލޯނާ ޓީމާއި އެފްސީ ދަޑިމަގު ޓީމެވެ. މާދަމާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 4 ގެ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި މިސްކިތްމަގު އެންމެންގެ ގުޅުން ޖޫނިއަރސް ޓީމެވެ. މާދަމާގެ ފަހު މެޗުގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ ޒީ-ކޮލެޖު ޓީމާއި ދަޑިމަގު ބީޓީމެވެ. މިދެ ޓީމަށް ވެސް ވަނީ ކުއަރޓަރ ފައިނަލުން ޖާގަ ލިބިފައެވެ. ގްރޫޕްން އެއްވަނަ ލިބޭނީ މިމެޗުން މޮޅުވާ ޓީމަކަށެވެ. ނަމަވެސް މިމުބާރާތް ރޭވިފައިވާ ގޮތުން ގުރުޕުން އެއްވަނަ ހޯދުން އެއީ އެހާ މުހިންމު ކަމަކަށް ނުވެއެވެ. އެއީ ގްރޫޕުން އެއްވަނަ ހޯދުމުން ލިބޭނެ ވަކި އެޑްވާންޓޭޖެއް ނެތުމުންނެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments