މިކްސް ވޮލީބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ

ޒުވާނުގެ މިކްސް ވޮލީބޯޅަ މުބާރާތް
Share on facebook
Share on twitter
Share on google

މިކްސް ވޮލީ ޗެމްޕިއަންޝިޕްގެ ނަމުގައި ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. ފުވައްމުލަކު އިޖުތިމާއީ މަރުކަޒުން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާ މިމުބާރާތުގައި 4 ޓީމަކުން ބައިވެރިވެފައިވެއެވެ.

މިމުބާރާތުގެ މެޗުތައް ކުޅެވޭނީ ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގައެވެ. މުބާރާތުގައި ކޮންމެ ދުވަހަކު ވެސް 2 މެދު ކުޅޭނެއެވެ. އެއީ ހަވީރު ކުޅެ މެޗަކާއި ރޭގަނޑުކުޅޭ މެޗެކެވެ.

މުބާރާުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އެއްގްރޫޕަށް ކޮންމެ ޓީމެއް އެހެން ޓީމުތަކާިއ ވާދަކުރާ ގޮތަށެވެ. ގްރޫޕް ސްޓޭޖުން އެންމެ މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލަށް ދާއިރު 2 ވަނަ އަދި 3 ވަނަ ޓީމު ސެމީފައިނަލުގައި ވާދަކޮށް މޮޅުވާ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ:

މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ޓީމާއި،

ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާ

ފުވައްމުލައް ސިޓީ ޕޮލިސް އަދި

ޑްރީމް ކިލަރސް ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ޓީމާއި ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާ އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 ގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މި ޑިސެމްބަރު މަހު 10 ވަނަ ދުވަހުއެވެ.

މިކްސް ވޮލީބޯޅަ މުބާރާތުގެ ތާވަލް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments