A wide advertisement which will be shown on all devices. (700 x 100)

ފެނަކަ ރިކްރިއޭޝަން ކްލަބަށް ސެމީ ފައިނަލުގެ ޖާގައެއް

ފުވައްމުލައް ސިޓީ އޮފީސް ފުޓްސަލް ކަޕް 2019، 3 ވަނަ ދުވަހުގެ ކުޅުން

މިހާރު ކުރިޔަށްދާ ފުވައްމުލައް އޮފީސް ފުޓްސަލް ކަޕްގެ 3 ވަނަ ދުވަހުގެ ދެ މެޗުން އެމްއެންޑީއެފް ފުވައްމުލައް އާއި ފެނަކަ ރިކްރިއޭޝަން ކްލަބު މޮޅުވެއްޖެއެވެ. ފެނަކަ ޓީމުގެ މި މޮޅާއެކު ކުޅުނު ދެމެޗުން މޮޅުވެ ފެނަކަ ރިކްރިއޭޝަން ކްލަބުގެ ޓީމު ވަނީ ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ކޮށްފައެވެ.

މުބާރާތުގެ 5 ވަނަ މެޗުގައި ވާދަކުރީ އެލިކޯން އާއި އެމްއެންޑީއެފް ފުވައްމުލައް ޓީމެވެ. މިމެޗު 2-1 ން ކާމިޔާބުކުރީ އެމްއެންޑީއެފް ފުވައްމުލައް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެމްއެންޑީއެފް ފުވައްމުލައް ޓީމުގެ މުހައްމަދު ސައީދެވެ. އެމްއެންޑީއެފް ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން ބަލިވެ އެއްމެޗުން މިވަނީ ކާމިޔާބުކުރެވިފައެވެ.

މުބާރާތުގެ 5 ވަނަ މެޗު ފަށަން ތައްޔާރުވެފައި.

މުބާރާތުގެ 6 ވަނަ މެޗުގައި ބައްދަލުކުރީ ފެނަކަ ރިކްރިއޭޝަން ކްލަބު އާއި ކްލަބް ވެމްކޯގެ ޓީމެވެ. މިމެޗު 3-1 ން ކާމިޔާބުކުރީ ފެނަކަ ރިކްރިއޭޝަން ކްލަބުގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފެނަކަ ރިކްރިއޭޝަން ކްލަބުގެ ޖާޒީ ނަމްބަރު 11 އަހުމަދު އިނާނު އެވެ. މި މޮޅާއެކު އެޓީމަށް މިވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ވެފައެވެ.

މިމުބާރާތުގައި މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފުވައްމުލަކު އެއަރޕޯރޓް ރިކްރިއޭޝަން ކަލްބާއި އެފްސީސީ ރިކްރިއޭޝަން ކަލްބެވެ. މާދަމާގެ ދެވަނަ މެޗްގައި ވާދަކުުރާނީ ފުވައްމުލައް ސިޓީ ޕޮލިސް އާއި އާއި ސަދާން ލިންކް ފުވައްމުލައް އެވެ.

ހަވީރުގެ ފުރަތަމަ މެޗު ފަށާނީ 4:00 ގައެވެ އަދި ދެވަނަ މެޗު ފަށާނީ 4:45 ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !