ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ތައިލޭންޑްގައި ޕްރޮމޯޓް ކުރަނީ

ފަތުރުވެރިކަމުގެ ޑައިވިން މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ޕްރޮމޯޓް ކުރުމަށް ތައިލޭންޑްގެ ބޭންކޮކްގައި މިހާރު ކުރިޔަށްދާ ޑައިވިން އަށް ޚާއްސަ ފެއާއެއްގައި ފުވައްމުލައް ސިޓީއިން ބައިވެރިވަމުން އެބަގެންދެއެވެ. މި މޭ މަހު 18 އިން

ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް ކުރިމަތިލާފާިވާ ފަރާތްތަކުގެ ވޯޓުލުން ހުކުރު ދުވަހު ބާއްވަނީ

ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް ކުރިމަތިލާފާިވާ ފަރާތްތަކުގެ ވޯޓުލުން 3 މާރިޗް 2023 ވާ ހުކުރު ދުވަހު 20:00 އިން 23:00 އަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިފަހަރު

ޤައުމީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކަނޑު އުޅަނދު ބުރެއް ބާއްވަނީ

ދިވެހި ރާއްޖެގެ ޤައުމީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ، ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކަނޑު އުޅަނދު ބުރެއް ބާއްވަން ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ. މިއުޅަނދު ބުރު އޮންނާނީ އަންނަ ހޯމަ، 3

މިސް ވޯލްޑް ސާބިއާ 2022 އަންޔާ ރެޑިޗް ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކޮށްފި

“ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ” ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުން ބައިވެރިވި “މިސް ވޯލްޑް ސާބިއާ 2022” އަންޔާ ރެޑިޗް އާއި އޭނާގެ ޓީމުން ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކޮށްފިއެވެ. މިއީ އައްޑޫ ސިޓީގައި

ކަނޑައަޅާފައިވާ ދެ ބިން ވީއެންމެ އަވަހަކަށް ފަތުރުވެރިކަމަށް ހުޅުވާލުމަށް ސިޓީ ކައުންސިލުން އެދިއްޖެ

ފަތުރުވެރިކަމަށް ފުވައްމުލައް ސިޓީއިން މާކުރީއްސުރެ ކަނޑައަޅާފަައި ދެ ބިން ވީއެންމެ އަވަަކަށް ފަތުރުވެރިކަމަށް ހުޅުވާލުމަށް ސިޓީ ކައުންސިލުން ޓްވަރިޒަމް މިނިސްޓަރު އަލީވާހީދުގެ ކިބައި އިން އެދިއްޖެއެވެ. ސިޓީ ކައުންސިލުން މިކަމަށް އެދިފައި ވަނީ ފާއިތުވި ޖޫން

ޑައިވާރސް ޓްވަރިޒަމް ސެކްޝަނެއް އުފައްދަނީ

ފަތުރުވެރިކަމާބެހޭ މިނިސްޓރީގައި ޑައިވާރސް ޓްވަރިޒަމް ސެކްޝަނެއް އުފައްދަން ނިންމާފައިވާ ކަމަށް ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމުގެ ގޮތުން ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ ޑައިވިންއަށް މިސެކްޝަނުން އިތުރު ލުއިތަކެއް ހޯދައިދެވޭނެ

ފުވައްމުލަކުގެ ފަތުރުވެރިކަމާއި ގުޅޭ ކަންބޮޑުވުންތައް މިނިސްޓަރަށް

ފަތުރުވެރިކަމާއި ގުޅޭ ގޮތުން ފުވައްމުލަކުގައި ހުރި ކަންބޮޑުވުންތައް ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދާއި ރޭ ފުވައްމުލަކު ކުރުނދުމާ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ހިއްސާކޮށްފިއެވެ. ފުވައްމުލަކުގައި ޓްވަރިޒަމް ދާއިރާގެ މަސައްކަތްކުރާ ގިނަ ފަރާތްތަކެއް ބައިވެރިވި މިބައްދަލުވުމުގައި ބައިވެރިންނަށް