ކަނޑައަޅާފައިވާ ދެ ބިން ވީއެންމެ އަވަހަކަށް ފަތުރުވެރިކަމަށް ހުޅުވާލުމަށް ސިޓީ ކައުންސިލުން އެދިއްޖެ

ފުވައްމުލަކު ތުނޑީ ސަރަހަައްދު - ފަތުރުވެރިކަމަށް ދޫކޮށްލާނީ ބާ؟
Share on facebook
Share on twitter
Share on google

ފަތުރުވެރިކަމަށް ފުވައްމުލައް ސިޓީއިން މާކުރީއްސުރެ ކަނޑައަޅާފަައި ދެ ބިން ވީއެންމެ އަވަަކަށް ފަތުރުވެރިކަމަށް ހުޅުވާލުމަށް ސިޓީ ކައުންސިލުން ޓްވަރިޒަމް މިނިސްޓަރު އަލީވާހީދުގެ ކިބައި އިން އެދިއްޖެއެވެ. ސިޓީ ކައުންސިލުން މިކަމަށް އެދިފައި ވަނީ ފާއިތުވި ޖޫން މަހު 20 ވަނަ ދުވަހުގެ ތާރީޚުގައި ފޮނުވާފައިވާ ސިޓީ އަކުންނެވެ.

އެސިޓީގައި ބަޔާން ކޮށްފައިވާ ގޮތުން ޓްވަރިޒަމް ތަރައްގީކުރުމަށް ފުވައްމުލަކުގެ އުތުރު ފަރާތުން ތުނޑީ ސަރަހައްދުގައި ސިޓީ ހޮޓަލެއް އެޅުމަށް ކަނޑައަޅާފައިވާ ބިމާއި ފުވައްމުލަކުގެ އިރު ދެކުނުން، އެއަރޕޯރޓް ގެ ބިއްދޮށުން އޮތް “ބިޅިފޭށެ” ބިމުގައި ފަތުރުވެރިމުގެ މަސައްކަތް ކުރުމަށް ކަނޑައެޅިތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިދެބިމުގައި ވެސް މިހާތަނަށް ވެސް ފަތުރުވެރިކަން ތަރައްގީކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން ސިޓީ ކައުންސިލުން ފާހަގަ ކޮށްފައި ވެއެވެ.

ފުވައްމުލަކު ތުނޑީ ސަރަހައްދުގައި ސިޓީ ހޮޓަލެއް އެޅުމަށް އެންމެ ފުރަތަމަ ބިން ކަނޑައެޅި ކުރީގެ ރައީސް މައުުމުނުގެ ވެރިކަމުގެ ފަހުގެ ދުވަސްތަކުގެ ތެރޭގައެވެ.

ނަމަވެސް މި ދެ ބިން ފަތުރުވެރިކަމަށް ކަޑައެޅީ އެމްޑީޕީގެ ކުރިީގެ ވެރިކަމުގެ ދުވަސްތަކުގެ ތެރޭގައެވެ. އެގޮތުން އެ ދެ ސަރަހައްދަކީ އިދާރީ ގޮތުން ދެ ފަޅުރަށް ކަމަށް ވެސް ކަނޑައެޅިއެވެ. ނަމަސް އެއިގެ ފަހުން އައި ވެރިކަމުގައި ވަނީ އެކަން އަނބުރާ ބަދަލުކޮށްފައެވެ.

ފުވައްމުލަކުގެ އުތުރުން ތުނޑީި ސަރަހައްދުގައި ސިޓީ ހޮޓާ އެޅުމަށް ކުރިން ބިން ވަކިކޮށް ވެސް ހެދިއެވެ. ނަމަސް އެދުވަސްވަރު ބައެއް މީހުންގެ އެކަމާއި ދެކޮޅަށް އަޑު އުފުލާ ހެދިއެވެ. އަދި އެތަނުގައި ސަރަހައްދު ވަކިކުރަން ދަގަނޑު ހޮޅިއާއި ދާޖަހައިގެން ހެދި ފުޅަފުގެ ބައެއް އެކަމާއި ދެކޮޅު ބަޔަކު ވައްޓާ ހަލާކު ކޮށްފައި ވެސް ވެއެވެ.

ފުވައްމުލަކު މީހުން ފަތުރުވެރިކަމާއި މެދު ދެކޭ ގޮތް – މިދިރާސާ 2008ގައި ނެރުނު ކމަުގަިއ ވިޔަސް، ދިރާސާ ހަދާފައިވާ ކަމަށް ބެލެވެނީ ތަންކޮޅެއް ކުރިން

ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް ސޮއިކުރައްވާފައިވާ ސިޓީގައި ބުނެފައިވަނީ އާމްދަނީ ހޯދުމުގެ ވަސީލަތްތައް މަދު އަތޮޅަކަށް ވުމާއެކު ބިންގާ ފުޅާ އިގުތިސާދީ މަސައްކަތެއް ފުވައްމުލަކުގައި ފެށިގެން ދިއުމަކީ އެކައުންސިލުގެ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ.  އަދި ފަތުރުވެރިކަމުގެ ނަފާ އަތޮޅުތަކަށް ފުޅާ ވެގެންދާ މިދަނޑިވަޅުގައި އެކަމުގެ ނަފާ ފުވައްމުލަކަށް ލިބޭނެ ގޮތް ހޯދުމަކީ ކައުންސިލްގެ ވިސްނުމެއް ކަމަށް ވެއެވެ.

އެއާއެކު ޓްވަރިޒަމް މިނިސްޓަރުގެ އަރިހުން އެދިލައްވާފައި ވަނީ ފަތުރުވެރިކަމަށް ކަނޑައެޅިފައިވާ އެ ދެ ބިމުގައި ޓޫރިސްޓް ހޮޓާ ތަރައްގީ ކުރުމަށް ހުޅުވާލަދެއްވުމަށެވެ. އަދި ވީއެންމެ އަވަހަކަށް ފުވައްމުލަކުގެ ރައްޔިތުންނަށް އެތަންތަނުގެ ނަފާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ސަރުކާރުން ވަނީ ފުވައްމުލަކުގައި ފަތުރުވެރިކަމުގެ 1000 އެނދުގެ ކެޕޭސިޓީއެއް ގާއިމުކުރުމަށް ވައުދުވެފައެވެ.

ފަތުރުވެރިކަމާއި ގުޅޭ ގޮތުން މަޖުލީހުގައި ސަރުކާރުގެ މުއަައްސާތައް މަސައްކަތްކުރާ މިންވަރު ބަލާ ކޮމެޓީ އަށް ޓްވަރިޒަމް މިނިސްޓަރު ހާޒިރުކޮށް އިއްޔެ ވަނީ ސުވާލުކޮށް ފައެވެ.

މީގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރައްވާއި ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރާނެ ކޮންސެޕްޓެއް ފޮނުވައި ދިނުމަށް ޓްވަރިޒަމް މިނިސްޓަރު އެދިފައިވާކަމަށް މައުލޫޫމާތު ލިބެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
ޢެކޯޑު އަލިބެ
ޢެކޯޑު އަލިބެ
2 years ago

ފުވައްމުލަކު ސިޓީ ކައުންސިލުން ރައިޔަތުންގެ ނަފާވެރިކަން އިތުރުކޮށް ފުދުންތެރި ތާހެރި ފާހެރި ހައްގު މިންވަރު ލިބިގަތުމަށް ތިޔަ ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތހަށް މިސިޓީ ރައިޔަތުންގެ ފަރާތުން ކައުންސިލުގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވަނެވެ.