A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: އަލަށް އިންތިޚާބުވި މެންބަރުންގެ ޓެސްޓު

މިހާތަނަށް ފުވައްމުލަކުން އެމްޑީޕީއަށް ނުލިބޭފަދަ ތަފާތު ނަތީޖާތަކާއިއެކު ފުވައްމުލަކުގެ ތިން ދާއިރާގެ ގޮޑިއަށްވެސް އެމްޑީޕީ ކެންޑިޑޭޓުން ފުވައްމުލަކުން ހޮވައިފިއެވެ. މިއީ ސިޔާސީ ޕާޓީތައް އުފެދި ޕާޓީ ވާދަވެރިކަމުގައި ފުރަތަމަ ފަހަރަށް ފުވައްމުލަކުން އެމްޑީޕީއަށް މެޖޯރިޓީ ގޮޑީ ލިބުނުފަހަރެވެ. މިފަހަރު މިލިބުނީ ހަމައެކަނި މެޖޯރިޓީއެއްނޫނެވެ. ހުރިހާ ގޮޑިތަކެވެ. މިއީ ޓެސްޓެކެވެ. މިއީ ކުރީގެ ޓެސްޓުތަކުގެ ނަތީޖާއެކެވެ.

ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވާން ފެށިފަހުން ފުރަތަމަ ބޭއްވުނު މަޖިލިސް އިންތިޚާބުގައި 2009 ވަނަ އަހަރު ފުވައްމުލަކުން މެޖޯރިޓީ ދީފައިވަނީ އިދިކޮޅު ޕާޓީއަށެވެ. އެފަހަރު ސިޔާސީ ފަރާތްތަކުން ބުނަމުން ދިޔައީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެންމެ މުހިންމީ އިދިކޮޅަށް މަޖިލިސް ދިނުމެވެ. އެފަހަރު އިދިކޮޅަށް މަޖިލިސް ދިނުމުން ރައްޔިތުން ހިތްހަމަޖެހޭފަދަ ކުރިއެރުމެއް ފުވައްމުލަކަށް ނުލިބުނެވެ. އެމްޑީޕީއިން ސިޓީއެއްގެ ދަރަޖަ ދޭން މަސައްކަތްކުރުމުން އެކަމާއި ހުރަސްއެޅީ އޭރުގެ މެންބަރުންނެވެ. އެޓެސްޓް މުޅިން އެމެންބަރުން ފެއިލްވީއެވެ. ދެވަނަ ފަހަރަށް އެއިގެތެރެއިން އެއްމެންބަރަކު ފިޔަވައި އެއްވެސް މެންބަރަކު އިންތިޚާބެއްނުވިއެވެ.

ދެވަނަ ފަހަރު 2014 ވަނައަހަރު މުޅި މަޖިލިސް އެއްކޮށް ދިނީ ސަރުކާރަށެވެ. ނަމަވެސް، ފުވައްމުލަކު ރައްޔިތުން ހިތްހަމަޖެހޭފަދަ ކުރިއެރުންތަކެއް ނުލިބުނެވެ. ކުރިން ސިޓީއެއްގެ ދަރަޖަ ދިނުމާއި ދެކޮޅު ހެދުމަށްފަހު އުމްރާނީ ގޮތުން އެކަށީގެންވާ މިންވަރަށް ކުރިނާރުވައި ސިޓީއެއްގެ ދަރަޖަ ދިނެވެ. ދަމާދަމާ ނުދެމި އޮތް ނަރުދަމާ ފެށިއެވެ. ފަސްއަހަރު ތެރޭ ނުނިމުނެވެ. މަގު ހަދައިދޭނެކަމަށް ވައުދުވެ ރިއާސީ ދައުރު ނިމެނިކޮށް ދަޅައެއް ދައްކާލިއެވެ. ފުވައްމުލަކުގެ ގިރާ ސަރަހައްދަށް ހައްލެއް ނުލިބި ނެރުތަކެއް ބައްދާލިއެވެ. ބަދަރުގެ ދަތިކަން ދިމާވެފައި ވަނިކޮށް ބަދަރު މަރާމާތުކުރިނަމަވެސް ރައްޔިތުން އެދޭ ބަދަލެއް ނައެވެ. އެންމެ ކުޑަމިނުން ބަދަރުގެ ބޭރު ތޮށިވެސް ބޭނުންކުރެވޭ ގޮތެއް ހަދައެއް ނުދެވުނެވެ. ތައުލީމީ ދާއިރާއަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު އިރު އަތޮޅު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކާއިމެދު ރައްޔިތުން ކަންބޮޑުވުން އިންތިހާއަށް އިތުރުވިއެވެ.

މިހުރިހާ ޝަކުވާ އެއް ހައްލުކުރުމުގެ ބަދަލުގައި މެންބަރުންތައް ކޯޅެންފެށީ އެމެންބަރަކު ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ނުދެވިގެނެވެ. މި ކޯޅުން ބޮޑުވެ އެއްމެންބަރަކު އަނެއް މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓަށްވެސް ދާން ނިކުތެެވެ. އަދި ދެވަނަ މެންބަރުވެސް ޕާޓީއިން ނިކުތެވެ. ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެގެން ދިޔައީ ހާހެއްވާ މީހުން ދިރިއުޅޭ ދުއްވާ އެއްޗެހީގެ އަދަދު މަދު ރަށްރަކުގެ މަގު ހެދެމުން ފުރިހަމަވަމުންދާއިރުވެސް މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ފުވައްމުލަކުގެ މަގުތައް ނެހެދިގެނެވެ. ނަރުދަމާއާއި ސާފު ބޯފެން ނިލިބިގެނެވެ. ރަގަޅު ސިއްހީ ނިޒާމަކުން މަހުރޫމްވާތީއެވެ. މިފަދަ އެތަކެއް ޝަކުވާއެއް ހުރިއިރުވެސް ފުވައްމުލަކު މެންބަރުންނަށް ކުރެވުނު އެއްވެސް ކަމެއް އަމުދުން ނެތުމުންނެވެ. މަލްޓިޕާޓީ ބަރުލަމާނީ ހަޔާތުގެ ދެވަނަ ޓެސްޓްވެސް މެންބަރުންތައް ފެއިލްވީއެވެ.

އެހެންކަމުން، ތިންވަނަ ޓެސްޓާއި ފުވައްމުލަކުން ތައްޔާރުވީ ތަފާތު ގޮތަކަށެވެ. އެމްޑީޕީއިން ފުވައްމުލަކުގައި ބޭއްވި ބޮޑު ޖަލްސާ ހުށަހަޅާ ދިނުމުގައިވެސް ފުވައްމުލަކުގައި ހުރި ކަންބޮޑުވުންތައް ހުށަހަޅާދިނެވެ. އެމްޑީޕީގެ ރައީސާއި ފުވައްމުލަކުގެ ތިން ކެންޑިޑޭޓުންގެ ކުރިމަތީގައެވެ. މިކަންތައްތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކެންޑިޑޭޓުން ވައުދުވިއެވެ. ސަރުކާރުން މިފަދަ ޕްރޮޖެކްޓްތައް އިއުލާނުކުރިއެވެ.

އެމްޑީޕީ ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި ރައްޔިތުން ކުރިމަތި ކުރުވި އަނެއް ސުވާލަކީ އެމްޑީޕީގެ ފަރާތުން ސަރުކާރުގެ މަތީ މަގާމުތަކަށް ފުވައްމުލަކު ފަރާތްތައް އެކަށީގެންވާ މިންވަރަކަށް ލެވިފައިނުވާ ޝަކުވާއެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގައި ފުވައްމުލަކަށް ނިސްބަތްވާ މެންބަރަކު އައްޔަންކޮށްފައި ވަނީ ޖޭޕީއިންނެވެ. ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ހިންގުމުގެ އެންމެ އިސްފަރާތަކަށް (އެމްޑީ ކަމަށް) ފުވައްމުލަކަށް ނިސްބަތްވާ ފަރާތެއް ނެތެވެ. ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި ފުވައްމުލަކަށް ނިސްބަތްވާ އެންމެ މެންބަރެއް ފިޔަވައި ނެތެވެ. އަދި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންވެސްގެވެސް އެންމެ ފަރާތެކެވެ. އެހެންކަމުން، މިއީ ފުވައްމުލަކަށް ހައްގު މިންވަރެއްނޫންކަމަށް ބުނެ ޝަކުރާ ރައީސް ނަޝީދަށް އާންމު ފަރާތްތަކުން ކުރިމަތިކުރުވިއެވެ. މިއާއިއެކު މިކަން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިވިދާޅުވުމާއިއެކު ރައްޔިތުންގެ އެކަން ބަލައިގަތީ ވޯޓުންނެވެ.

އެހެންކަމުން، ފުވައްމުލަކު ރައްޔިތުން މިފަހަރު އެމްޑީޕީގެ ތިން ކެންޑިޑޭޓުންނަށް ވޯޓު ދީފައިމިވަނީ ވަރަށްވެސް ފޮނި އުއްމީދެއްގައެވެ. މަގުތައް ހެދޭނެކަމުގެ އިންތިޒާރުގައެވެ. ހަމައެކަނި ވަށާގެންމިވާ ނައިތުއްތު މަގެއްނޫނެވެ. އާންމުކޮށް ދުއްވަން ޖެހޭ ބޮޑެތި މަގުތައް ހިމެނިގެނެވެ. އެކަށީގެންވާ ސިއްހީ ނިޒާމެއްގެ އުއްމީދުގައެވެ. ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާވެ ފުރިހަމަވެގެންދާނެ ކަމުގެ އުއްމީދުގައެވެ. ފުވައްމުލަކުގެ ގިރާ ސަރަހައްދެއް ހައްލެއް ހޯދޭނެކަމުގެ އުއްމީދުގައެވެ. ތުރާލަކަށްވެފައިވާ ކުނީގެ މައްސަލަ ހައްލުވާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ބަދަރަށް ހައްލެއް ލިބޭނެކަމުގެ ފޮނި އުއްމީދުގައެވެ. ފުވައްމުލަކުން ވަޒީފާގެ ފުރުސަތު ތަނަވެސްވެ ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ވަސީލަތްތައް ގާއިމުވާނެކަމުގެ ޔަގީންކަމުގައެވެ. މީގެ އިތުރުން އެމްޑީޕީއިން ތަމްސީލުކުރާ ސަރުކާރުގެ މަތީ މަގާމުތަކުގައިވެސް ފުވައްމުލަކު ރައްޔިތުންގެ ބައިވެރިވުން އޮންނާނެކަމުގެ އުއްމީދުގައެވެ. މިކަންކަމަކީ މަޖިލިހަށް އަލަށް އިންތިޚާބުވި ތިން ކެންޑިޑޭޓުންވެސް ބެއްލެވުން މުހިންމު ކަންތައްތަކެވެ. މިއީ މިފަހަރުގެ ޓެސްޓެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ަަައަބުދުﷲރަޝީދު(ރަޝީދުބެ)

    ހަތްމަސްވެ ދަނީ އަދި ހޭވެސް އަހާލި ކަމަކައްނުވޭ އުއްމީދުގަ މިތިބީ މަގުމަތީ ދުއްވޭ ވަރެއްނުވޭ ސިޓީކައުންސިލް ނަމެއްގަ
    ރައްޔިތުންނައް ކުރަނީ ޖެއްސުން ކޮއްފަ ބަންދު ގަޑީގަ ނިކުމެ
    ގުރޫޕު ހަދާފައި ހޮޓަލައްގޮސް ރައްޔިތުންގެ ފައިސާ ޚަރަދުކޮއް
    މުސާރާގެތިންގުނަޖައްސާގެން މަސްނިމޭތަނުން ސޯޅަސަތާރަ ހާސްވަރު އެއިރުވެސްކަންކުރިގޮތް ތިބީއެއްބައެއް ފަރިތަވާނީ ވެސް އެގޮތްނޯންތޯ މީ ހަތްމަސްދުުހުނަތީޖާ. ސަޅިދޯ؟