ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލަކުގައި ކަސްރަތު ޕްރޮގްރާމެއް ރޭވުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. އަންނަ އީދު ދުވަސް (އީދުގެ ދެވަނަ ނުވަތަ ފުރަތަމަ ދުވަސް) ކަމަށްވާ 5 ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ސިޓީ ކައުންސިލަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދިލައްވައެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ސިޓީ ކައުންސިލުންނާއި އެކައުންސިލުގެ ފޭސްބުކު ޕޭޖުން ލިބެން ހުންނާނެކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މިޕްރޮގްރާމަކީ ހުރިހާ އުމުރުފުރައަކަށްވެސް ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ.
+1
+1
ޚިޔާލުތައް