A wide advertisement which will be shown on all devices. (700 x 100)

ދެވަނަ ބުރުގެ ވަގުތީ ފްލެޓް ލިސްޓް ނެރެފި

ފުވައްމުލައް ސިޓީ ދަޑިމަގު ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ފްލެޓްތައް

ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު އާއްމުކޮށްފިއެވެ. އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުުމުގެ ފުރުސަތު އަންނަ ހަފުތާގެ ހޯމައަށް (17 ފެބްރުއަރީ) އަށް ވަނީ ހުޅުވާލާފައެވެ.

މިއީ ފުރަތަމަ ބުރުގައި ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ދިނުމައްފަހު ބާކީ ހުރި ފްލެޓްތަކަށް އާއްމުކޮށް ހުޅުވާލުމުން އެދިފާއިވާ ފަރާތްކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ހުޅުވާލި ފުރުސަތުގައި އޭ ކެޓަގަރީގެ 180 ފްލެޓްގެ ތެރެއިން ބާކީ ހުރީ 76 ފްލެޓެވެ. އަދި ބީކެޓްގަރީގެ 20 ފްލެޓްގެ ތެރެއިން ފުރުތަމަ ބުރުގައި ހުޅުވާލި ފުރުސަތަށްފަހު ބާކީ ހުރީ 12 ފްލެޓެވެ.

ފުރަތަމަ ބުރުގައި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް މިހާރު ވަނީ ފްލެޓްތައް އެފަރާތްތަކާއި ހަވާލުކޮށްފައެވެ.

ދެވަނަ ބުރުގައި އޭ ކެޓަގަރީ (ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު) ގެ ފްލެޓްތަކަށް ޝަރުތު ހަމަވެ ވަގުތީ ލިސްޓްގައި 209 ފަރާތެއް ވެއެވެ. މީގެ ތެރެއިން ފްލެޓް ލިބެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 76 ފަރާތައް ކަމަށް ވެއެވެ. ފުރަތަމަ ބުރުގައި ޝަރުތު ހަމަވެ ފައިނަލް ލިސްޓްގައި ހިމެނުނީ 137 ފަރާތެކެވެ. ނަމަވެސް ދެވަނަ ބުރަށް 76 ފްލެޓް ހުޅުވާލެވުމުން އެނގެނީ ފުރަތަމަ ބުރުން ހަވާލުކުރެވިފައި ވަނީ 104 ފްލެޓް ކަމެވެ. ކޮންމެވެސް ސަބަބަކާ ހުރެ ފުރަތަމަ ބުރުގެ ޝަރުތު ހަމަވި 33 ފަރާތަކުން ފްލެޓާއި ހަވާލުނުވި ކަމެވެ. ނުވަތަ އެފަރާތަށް ފްލެޓް ނުލިބޭކަމެވެ.

ބީ ކެޓަގަރީ (ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު) 20 ފްލެޓްގެ ތެރެއިން ފުރުތަމަ ބުރުން ޝަރުތު ހަމަވެގެން ދާއިމީ ލިސްޓްގައި 15 ފަރާތެއް ހިމެނުނެވެ. ނަމަވެސް ދެވަނަ ބުރުގައި 12 ފްލެޓަށް ހުޅުވާލުމުން އެނގެނީ ފުރަތަމަ ބުރުގައި ފްލެޓް ހަވާލުކުރެވިފައި ވަނީ 8 ފަރާތަށް ކަމެވެ. ފުރަތަމަ ބުރުގައި ޝަރުތުހަމަވި 7 ފަރާތަކުން ފްލެޓާއި ހަވާލުނުވި ކަމެވެ. ނުވަތ ފްލެޓް ނުލިބޭ ކަމެވެ.

ފްލެޓަށް އެދުނު ފަރާތަކަށް ފުރަތަމަ ބުރުގައި އެންމެ މަތިން ލިބިފައި ވަނީ 44 ޕޮއިންޓް އަދި ދަށުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. ނަމަވެސް ދެވަނަ ބުރުގައި އެންމެ މަތިން 47 ޕޮއިންޓް ލިބިފައިވާއިރު އެންމެ ދަށުން ލިބިފައި ވަނީ 19 ޕޮއިންޓެވެ.

ފުވައްމުލައް ސިޓީގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތަކުގެ އެތެރެ ބައްލަވާލައްވަނީ

ދެވަނަ ބުރުގައި ފްލެޓަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ދެ ކެޓަގަރީން ވެސް ފްލެޓް ނުލިބޭނެއެވެ. އެއީ ބާކީ ހުރި ފްލެޓްތަކަށް ވުރެ ޝަރުތު ހަމަވާ މީހުންގެ އަދަދު ދެ ބައިގައި ވެސް ގިނަވުމުންމެވެ.

ވަގުތީ ލިސްޓުގެ ކެޓަގަރީ އޭ އިން ޝަރުތު ހަމަވި 209 މީހުންގެ ތެރެއިން 76 މީހުންނަށް ފްލެޓް ދޭން ބަލާއިރު ޕޮއިންޓްގެ ގޮތުން އެންމެ ކުރީގައިވާ 73 ފަރާތަށް (ޕޮއިންޓް 47-37 އަށް) ފްލެޓް ދިނުމަށްފަހު ބާކީ ހުރި 3 ފްލެޓް ދެން އެންމެ ކައިރިން ޕޮއިންޓް ލިބުނު، 35 ޕޮއިންޓުން އެއްވަރުވެފައިވާ 14 މީހުންގެ މެދުގައި ގުތުއަތުލާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ގްރުއަތާއި ހަމަޔަށް ދާނީ ލިސްޓް ފައިނަލް ކުރުމަށްފަހުއެވެ.

ކެޓަގަރީ ބީއިން ޝަރުތު ހަމަވެގެން ވަގުތީ ލިސްޓްގައި ނަން އޮތީ 27 ފަރާތެކެވެ. މިކެޓަގަރީން އެންމެ މަތިން ލިބިފައި ވަނީ 45 ޕޮއިންޓް އަދި އެންމެ ދަށުން 22 ޕޮއިންޓެވެ. މިބައިގެ ބާކީހުރި 12 ފްލެޓު 27 މީހުންނަށް ބަހަން ބަލާއިރު ޕޮއިންޓްގެ ގޮތުން އެންމެ މަތީގައި ތިބި 5 މީހުނަށް (ޕޮއިންޓް 45-35އަށް) ފްލެޓް ލިބޭނެއެވެ. އަދި ލިސްޓްގެ 6 ވަނަ އިން 20 ވަނައަށް އެންމެން ވަނީ 27 ޕޮއިންޓުން އެއްވަރުވެފައެވެ. ވުމާއެކު އެ 15 މީހުންގެ މެދުގައި ގުރުއަތު ލައިގެން ފްލެޓް ލިބޭނީ 7 މީހަކަށެވެ.

ފްލެޓާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ނޫސްވެރިންގެ ބައްދަލުވުމަށް ބައްވަން ހަމަޖައްސާފައި ވެއެވެ. ފްލެޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރެއްވުމަށް ސިޓީކައުންސިލްގެ ނަންބަރު 6862842 ފޯނަށް ބޭނުން ކުރެވިދާނެއެވެ.

މިއީ 2008 ގައި އުފެދުނުު އެމްޑީޕީ ސަރުކާރުގައި ފުވައްމުލަކުގައި އަޅަން ނިންމި ފްލެޓްތަކުގެ ތެރެއިން 200 ފްލެޓެވެ. ފުވައްމުލަކުގައި އެޅުމަށް އޭރު ކަނޑައެޅި ބައެއް ފްލެޓްތައް ފަހުން އައި ޕީޕީއެމް ސަރުކަރުގައި ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ. މިފްލެޓްތައް އިމާރާތްކޮށް މަސައްކަތް ނިންމީ ނިމިގެންދިޔަ ޕީޕީއެމް ސަރުކާރުގައެވެ.

އެމްޑީޕީގެ އާ ސަރުކާރުން ވަނީ ފުވައްމުލައް ސިޓީގައި އިތުރު 800 ފްލެޓާއި ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ މަޝްރޫއެއް އިއުލާން ކޮށްފައެވެ.

ދެވަނަ ބުރުގެ ފްލެޓް ލިސްޓް ކެޓަގަރީ އޭ

ދެވަނަ ބުރުގެ ފްލެޓް ލިސްޓް ކެޓަގަރީ ބީ

 

ފުވައްމުލަކުގައި ދެބުރިއަށް ގާއިމުކުރެވިފައި ހައުސިން ޔުނިޓްތައް ބޭރުން ބައްލަވާލައްވަނީ

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !