A wide advertisement which will be shown on all devices. (700 x 100)

ރައީސުލް ޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙުގެ ދަތުރު ފަސްކުރެވިފައި

ކޯވިޑް 19 ރާއްޖެއިަން ފެނުމާއި ގުޅިގެން ރައީސް ސޯލިހުގެ ފުވައްމުލައް ދަތުރު ފަސްކުރެވިފައި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ވަގުތީގޮތުން ފަސްކުރެވިފައިވާކަމަށް (އެމްޑީޕީ-ފުވައްމުލައް އިން ހާމަކޮށް ފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައި އަތީ މިއަދު، 8 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި ކެމްޕޭން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރޭ 8:30 ގައި  ޏ.އޭއީސީ ހޯލުގައި އެވެ.

ރައީށް ސޯލިޙުގެ ދަތުރު ފުޅު ފަސްކުރެވިަފއިވަނީ ރައްޖެއިން ކްރޯނާ ވައިރަސް ފެނުމާއި ގުޅިގެން އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތައް ސޯޝަލް މިޑިއާއަށް ބަދަލުކުރެވިފައި ވުމުންނެވެ.
ރައީސް ސޯލިހު ދެން ފުވައްމުލައްކަށް ވަޑައިގަންނަވާނެ ދުވަހެއްގެ މައުލޫމާތު އަދި ހާމަކުރެވިފައެއް ނުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !