A wide advertisement which will be shown on all devices. (700 x 100)

ދުނިޔެ ދެކެފައިވާ ނުރައްކާތެރި ރޯގާ

ދުނިޔޭގައި މިވަގުތު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފަވާއިރު މިޖީލުގެ ގިނަބަޔަކަށް މިފަދަ ރޯގާއަކާއި ކުރިމަތިވެފައިނުވެއެވެ. ނަމަވެސް، ދުނިޔޭގެ ތާރީޚުގައި ތަފާތުއެކި ވައްތަރުގެ ރޯގާއާއި ތާއޫނު ބަލިފަދަ ނުރައްކާތެރި ބަލިތައް ވަނީ ތަހައްމަލުކޮށްފައެވެ. އަދި އެބަލި ތަކުގައި އެތަކެއް މިލިއަން މީހުންނެއް މިދުނިޔެ ދޫކުރިއެވެ.

އޭގެ ތެރޭގައި 14 ވަނަގަރުނުގައި މުޅި ދުނިޔެއަށް ފެތުރުނު ތާއޫނު ބަލީގެ ނުރައްކާތެރިކަމުން “ބްލެކް ޑެތު” ނުވަތަ ކަޅު ތާއޫނުގެ ނަމުންވެސް ނަންދީފައިވާ ރޯގާ އާއި 19 ވަނަ ގަރުނުގެ މެދުތެރޭގައި ފެތުރުނު ތިންވަނަ ކޮލެރާ އާއި 19 ވަނަ ގަރުނުގެ ފަހުކޮޅު ފެތުރުނު ރަޝިއާ ނުވަތަ އޭޝިއާ ރޯގާ އާއި 20 ވަނަ ގަރުނުގެ ކުރީކޮޅު ފެތުރުނު ސްޕެއިން ރޯގާ ހިމެނެއެވެ. މިއިން ކޮންމެ ރޯގާ އެއްގައި ވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ވެސް ތާއޫނު ބަލި ދުނިޔޭގެ އެކިކަންކޮޅުތަކު ގައި އެކި ދުވަސްވަރު ފެތުރިފައިވާ ކަމަށް ތާރީޚު އިލްމުވެރިން ލިއުއްވައެވެ.

އިސްލާމީ ތާރީޚަށް ބަލާލާއިރު ދެވަނަ ޚަލީފާ އުމަރު (ރއ)ގެ ވެރިކަމުގައި ޝާމުކަރާ ގައި ފެތުރުނު ތާއޫނު ބަލީގައި އެތަކެއް ސަހާބީނެއް މިދުނިޔެ ދޫކުރެއްވިއެވެ. އޭގެތެރޭގައި އެންމެ ފުރަތަމަ އިސްލާމްވި މަދު ބޭކަލުންގެ ތެރޭގައި ހިމެނޭ އަދި ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ލިބިލެއްވި އެންމެ ފުރަތަމަ ޚަލީފާއަކަށް ނަންހުށަހެޅުނު ދެ މުހާޖިރުންގެ ތެރޭގައި ހިމެނޭ އިސްލާމީ ލަޝްކަރުގެ އޭރުގެ އަމީރު އަބޫ އުބައިދާ (ރއ) ހިމެނިވަޑައިގަންނަވައެވެ.

ހިޖުރީ ސަނަތުން 218 ގައި ތާއޫނު ބަލި މުސްލިމުންގެ ބިންތަކުން ފެނިފައިވާއިރު ހިޖުރީ ސަނަތުން 228 ވަނަ އަހަރު އާޒަރު ބައިޖާނުން އަދި 406 ވަނަ އަހަރު ބަސްރާއިންވެސް އެތަކެއް ބަޔަކު ތާއޫނު ބަލީގައި މަރުވިއެވެ. ބަސްރާގައި މިބަލި ފެތުރުގޮތް ސިފަކުރައްވަމުން ޔާސިރު ގާޒީ އިސްލާމީ ތާރީޚާއި ހަވާލާދީ ވިދާޅުވަނީ ބަސަރާގެ ބައެއް އާއިލާތައް އެބަލީގައި އެއްކޮށް ނިޔާވިއެވެ. އަދި ބައެއް ގެތަކުގެ އެންމެން އެބަލީގައި ނިޔާވުމުގެ ސަބަބުން އެބައިމީހުންގެ ވަޅުލެވިފައިވަނީ އެތަކެއް ދުވަސްފަހުންނެވެ.

މީގެ އިތުރުން ހިޖުރީ ސަނަތުން 448 ވަނަ އަހަރު މިސްރާއި އަންދަލުސްގައި ފެތުރު ތާއޫނު ސިފަ ކުރައްވަމުން އިސްލާމީ އިލްމުވެރިއެއްކަމަށްވާ އައްޒަހަބީ ވިދާޅުވަނީ މިއީ މީގެ ކުރިން ދެކެފައިނުވާފަދަ ނުރައްކާތެރިކަމެކެވެ. މިރޯގާ ފެތުރުމުގެ ސަބަބުން މިސްކިތްތައް ނަމާދުކުރާނެ މީހަކު ނެތި ހުސްވިއެވެ.

ހިޖުރީ ސަނަތުން 8 ވަނަ ގަރުނު ނުވަތަ މީލާދީ ސަނަތުން 1346 އިން 1353 އަށް މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ “ބްލެކް ޑެތު” ނުވަތަ ކަޅު ތާއޫނު ބަލީގެ ޝިކާރައަކަށް 75 މިލިއަނާއި 200 މިލިއަން މީހުން ވެފައިވާނެކަމަށް ހުޅަނގުގެ ތާރީޚު ދިރާސާކުރާ ފަރާތްތަކުން ލިއުއްވައެވެ. މިރޯގާގެ ސަބަބުން ޔޫރަޕުގެ އާބާދީގެ ދެބައިކުޅައެއްބައި މީހުން މަރުވިއެވެ. މިރޯގާ ސިފަކުރައްވަމުން އަލް މަކްރީޒީ ލިއުއްވަނީ ހިޖުރީ ސަނަތުން 749 ވަނަ އަހަރު އިސްލާމީ އެތަކެއް ސަރަހައްދުތަކުގައި ބަންގިވެސް މެދުކެނޑުނު ކަމަށެވެ. ބައެއް ޝަހަރުތަކުގައި އެންމެ މިސްކިތަކުން ފިޔަވައި އެހެން މިސްކިތްތަކުގައި ބަންގިނުގޮވާ ކަމަށެވެ. އަދި މިދުވަސްވަރު މިސްކިތްތަކަށް ނަމާދުކުރަން ދިއުން ހުއްޓިގެން ދިޔަކަމަށްވެސް އަލްމަކްރީޒީ ލިއުއްވައެވެ.

އޭގެ 80 ވަރަކަށް އަހަރުފަހުން ހިޖުރީ ސަނަތުން 833 ވަނަ އަހަރު މިސްރުގައި އަނެއްކާވެސް ތާއޫނު ބަލިފެތުރިގެންދިޔައެވެ. މަމްލޫކުންގެ ސުލްތާނު އަޝްރަފުގެ ވެރިކަމުގައި ފެތުރުނު މިރޯގާގައި އެތަކެއް ބަޔަކު މިދުނިޔެ ދޫކުރިއެވެ. ސަހީހު ބުޚާރީގެ ތަފުސީރު ލިއުއްވި އިބުނު ހަޖަރުގެ 3 އަންހެންދަރިން މިރޯގާގައި މިދުނިޔެ ދޫކުރިއެވެ. ތާއޫނު ބައްޔާއި ގުޅޭ އެތަކެއް މައުލޫމާތުތަކާއި ފިގުހީ މައްސަލަތަކާއި ގުޅޭ ގޮތުން 400 ސަފުހާގެ ފޮތެއް އިބުނު ހަޖަރު މިދުވަސްވަރު ލިއުއްވިއެވެ.

މީގެ އިތުރުން މީލާދީ ސަނަތުން 1852 އިން 1860 އަށް ފެތުރިގެން ދިޔަ ތިންވަނަ ކޮލެރާއަކީ ވެސް އެތަކެއް ބަޔަކު މިދުނިޔެ ދޫކުރި ބައްޔެކެވެ. މިލިއަނެއްހާ މީހުން މިބަލީގެ ޝިކާރައަކަށްވީއިރު އޭގެ 30 ވަރަކަށް އަހަރު ފަހުން ފެނުނު އޭޝިއާ ނުވަތަ ރަޝިއާ ރޯގާގައިވެސް މިލިއަނެއްހާ މީހުން މަރުވިއެވެ.

އަދި 1918 އިން 1920 އަށް މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ސްޕޭން ރޯގާގެ ނަމުން މަޝްހޫރިވި ރޯގާގައި 20 މިލިއަނާއި 50 މިލިއަނާއި ދޭތެރޭ އަދަދަކަށް މީހުން މަރުވިކަމަށް ތާރީޚު އިލްމުވެރިން ލިއުއްވައެވެ.

މިފަދަ ރޯގާތަކާއި ވަބާތަކަކީ މުއުމިނުންނަށް ހުރި ރަހުމަތެއްކަމަށާއި އެކަލާނގެ މިންވަރު ކުރެއްވި ބަޔަކަށް އަޒާބެއްކަމަށް ވާރިދުވެފައިވެއެވެ. އިމާމު ބުޚާރީ ގެ ސަހީހު ބުޚާރީ ގައި އައިޝާ (ރއ) ގެ އަރިހުން ރިވާކުރެއްވިއެވެ. ކީރިތި ރަސޫލު ﷲ (ސއވ) ތާއޫނު ބައްޔާއި ގުޅޭގޮތުން ހަދީސްކުރެއްވިއެވެ. ” އެކަލާނގެ މިންވަރުކުރެއްވި އަޅަކަށް އެއީ އަޒާބެކެވެ. އެކަމަކު މުއުމިނު އަޅުތަކުންނަށް އެއީ ރަހުމަތެކެވެ. ތާއޫނު ބަލި ފެތުރިފައިވާ ޝަހަރެއްގައި ކެތްތެރިކަމާއިއެކު އެކަލާނގެ ރަހުމަތަށް އެދި އެކަލާނގެ މިންވަރުފުޅާލައިގެން މެނުވީ އެއްވެސް ކަމެއް ނުވާނެކަމަށް ގަބޫލުކޮށްގެން އެޝަހަރުގައި ގާއިމުވެހުރި އަޅަކު އެބަލީގައި މިދުނިޔެ ދޫކޮށްފިނަމަ ޝަހީދެއްގެ ދަރަޖަ އެއަޅަކަށްވެއެވެ”. cheap omega speedmaster replica replica watches in san francisco i face the wind panerai strap replica replica daytona rolex

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • އަވަ

    ވަރަށް ފުރިހަމަ ލިއުމެއް