A wide advertisement which will be shown on all devices. (700 x 100)

އިތުރު ފަރާތްތަކަށް ދަނޑުވެރިކަން ކުރުމުގެ މަގު ފަހިކޮށްދެނީ

ފުވައްމުލަކު ދަނޑުބިމެއް - ފޮޓޯ - ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަން ކުރުމުގެ މަގު އިތުރު ފަރާތްތަކަށް ފަހިކޮށްދިނުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަކަމަށް ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެކައުންސިލުން މިމަހު 24ގައި ނެރުނު އާއްމު އިއުލާނެއްގައިއެވެ.

ފުވައްމުލަކުގައި މިހާރު ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މޭއި މަހުގެ 28 ވަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1618 އަށް ގުޅުއްވައި ނަންނޯޓު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި ދަނދުވެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރުމަށް ފަށާފައެވެ. އެގޮތުން ރަށްރަށުގައި މީހުން ހައްދާ ދަނޑުވެރިކަމުގެ ކަނޑައެޅޭ ވަކި ބާވަތްތަކެއް ނެޝަނަލް އެގްރޯ ކުންފުންނަށް ގަތުމަށް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން އެމްޑީޕީގެ މިސަރުކާރުގެ މެނިފެސްޓޯގައި ވެސް ދަނޑުވެރިކަން ފުޅަކުރުމުގެ ވާހަކަ ހިމަނާފައި ވެއެވެ.

ސިޓީ ކައުންސިލްގެ އިއުލާން،  24 މެއި 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !