A wide advertisement which will be shown on all devices. (700 x 100)

ހެރެތެރެ ކަރަންޓީން ނިންމި ދެވަނަ ގުރޫޕް މިއަދު ފުވައްމުލައް ސިޓީއަށް އަންނަނީ

ކޮވިޑް-19 އާއި ގުޅިގެން ހެރެތެރެ ކަރަންޓިން 2 ވަނަ ގުރޫޕު ރަށަށް 12 ޖޫން 2020

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ހެރެތެރެ (ކެނަރީފް) ރިޒޯޓުގައި ކަރަންޓީނު ނިންމައި ދެވަނަ ގުރޫޕް މިހާރު ފުވައްމުލަކަށް އައުމަށް ދަތުރު ފަށާފައިވާކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިއްޖެއެވެ.

ފުވައްމުލަކުގެ 50 އާއި ގާތްކުރާ އަދަދަކަށް މީހުން މިގްރޫޕުގައި ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. މި މީހުން އަންނަނީ ދެ ސްޕީޑު ލޯންޗުގައެވެ.

މިއަދު ރަށަށް މިއަންނަނީ ނިމުނު މެއި މަހު 24 އަދި 25 ގައި ކަރަންޓީނަށް ހެރެތެރެ އަށް ދިޔަ މީހުންނެވެ. އެމީހުންގެ ސާމްޕަލް ނަގައި ކޯވިޑް-19އަށް ޕީސީއާރު ޓެސްޓުހަދައި ނިމިފައި ވަނީ ފައިތުވި ހޯމަ (8 ޖޫން) އަދި އަންގާރަ (9 ޖޫން) ދުވަހުއެވެ. ހެރެތެރެ ރިޒޯޓު ކަރަންޓީނަށް އެންމެ ފުރަތަމަ ފުވައްމުލައް ސިޓީ މީހުން މީހުން ގެންގޮސްފައި ވަނީ 5 މެއި 2020 ގައެވެ. އެއީ 44 މީހެކެވެ. އެމީހުން ކަރަންޓީން ނިންމައި ރަށަށް ވަނީ އައިސްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެރެތެރެ ކަރަންޓިން 2 ވަނަ ގުރޫޕު ރަށަށް 8 ޖޫން 2020

ފާއިތުވި އޭޕްރީލް މަހު 15ގައި މާލެ ސިޓީ ލޮކްޑައުން ކުރުމުން ތާށިވި މީހުންގެ ތެރެއިން ފުވައްމުލަކު މީހުން ކަރަންޓީނަށް ގެންދިޔައީ އައްޑޫ ސިޓީ ހެރެތެރެ ރިޒޯޓަށާއި އިކުއެޓީރިއަލް ވިލެޖަށެވެ. އިކުއެޓޯރިއަލް ވިލެޖަށް ކަރަންޓީނަށް ގެންދިޔަ މީހުން އަދިވެސް ތިބީ ކަރަންޓީނުގައެވެ.

މިހާރު ރިޒޯޓްތަކުގައި މީހުން ކަރަންޓީނު ކުރުން ސަރުކާރުން ވަނީހުއްޓާލާފައެވެ. މިހާރު މީހުން ކަރަންޓީނު ކުރަނީ  ހަރުކަށި އުސޫލުތަކެއްގެ ދަށުން އަމިއްލަ ގޭގޭގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެރެތެރެ ކަރަންޓިން 2 ވަނަ ގުރޫޕު ރަށަށް 12 ޖޫން 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !