A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނު ފުރަތަމަ ގުރޫޕުގެ ޓެސްޓް ސާމްޕަލް ނަގަިއފި

ހޯމް ކަރަންޓީން ފުރަތަމަ ގްރޫޕުން މުއްދަތު ހަމަވި މީހުންގެ ސާމްޕަލް ނެގުން

މި ޖޫން މަހު 9 ގައި ފުވައްމުލައް ސިޓީއަށް ހޯމް ކަރަންޓީނަށް އައި ފުރަތަމަ ގުރޫޕު ކަރަންޓީން މުއްދަތު 23 ޖޫން އަށް ހަމަވެގެން ޓެސްޓް ހެދުމަށް ސާމްޕަލް ނަގައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްން ހާމަކުރައްވާފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި 14 ދުވަސް ހާމަވެ ސާމްޕަލް ނަގާފައިވަނީ 27 މީހެއްގެ ގައިންނެެވެ. ހޯމް ކަރަންޓީން ކުރެވުނު މީހުން ކަރަންޓީންއިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮވިޑް-19 އަށް ޓެސްް ކުުރުމަށްފަހު ނަތީޖާ ނެގަޓިވް ވެއްޖެ ނަމައެވެ.

ފުވައްމުލައް ސިޓީއަށް ހޯމް ކަރަންޓީނަށް އައި ފުރަތަމަ ގްރޫޕުގައި 14 ގެއްގައި މީހުން ތިއްބި ކަމަށް ސިޓީ ކައުންސިލުން ކުރިން ވަނީ އާއްމުކޮށްފައެވެ. ފުރަތަމަ އަންނަން ހަމަޖެހިފައި އޮތީ 50 މީހުން ނަމަވެސް އެއަދަދަށް އެބުރުގައި މީހުން ހޯމް ކަރަންޓީނަށް އައިސްފައެއް ނުވެއެވެ.

އެވެ.

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީީނު ފުރަތަމަ ބުރުގެ މީހުން ތިބި 14 ގެއެއްގައި ހިމެނޭ އަވަށްތައް:

ދިގުވާޑު – 3 ގެއެއް

ހޯދަޑު – 3 ގެއެއް

މާދަޑު – 3 ގެއެއް

މިސްކިތްމަގު – 2 ގެއެއް

ފުނާޑު – 1 ގެއެއް

މާލެގަން – 1 ގެ

ދޫނޑިގަން – 1 ގެއެއް

ކޮވިޑް-19 ސާމްޕަލް ނަގަން ތައްޔާރު ވެފައި

ހޯމް ކަރަންޓީނަށް އެމީހުން އައިއިރު އެޗްްޕީއޭގެ އުސޫލުގައި އޮތީ 24 ދުވަހު ހޯމް ކަރަންޓީނުގައި ތިބެން ޖެހޭ ގޮތަށާއ،ި އަދި 24 ދުވަސް ހަމަވުމުން އެންޓީބޮޑީ ޓެސްޓެއް ހަދާ ގޮތަށެވެ. ނަމަވެސް ފަހު އެ އުސޫލު ބަދަލުވެ، ކަރަންޓީނުގެ މުއްދަތު 14 ދުވަހަށްް ބަދަލުކޮސް ޕީސީއާރު، ސްވޮބް ޓެސްޓް ހަދަ ގޮތަށް ވަނީ ނިންމާފައެވެ.

ދާދިފަހުން އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލުގައި ސްވޮބް ޓެސްޓް ހަދަން ވަނީ ފަށާފައެވެ. ވުމާއެކު ބެލެވެނީ ފުވައްމުލައްކުން ނެގި ސާމްޕަލްތައް ޓެސްޓް ކުރާނީ އައްޑޫއިން ކަަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !