މާދަމާ ފުވައްމުލައް ސިޓީއަށް ހޯމްކަރަންޓީނަށް ދަތުރުކުރުން ތައްޔާރުވެފައި ތިބި މީހުން އެޗްޕީއޭގެ ފަހު ޖަވާބެއްގެ އިންތިޒާރު ދިގުވެ ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.
މިކަލް ނޫހުގެ ރިޕޯޓަރާއި ވާހަކަ ދެއްކި ދަތުރުކުރަން ޓިކެޓް ނަގާފާިއވާ ކުއްޖެގެ ބައްޕަ ހާމަކުރި ގޮތުގައި އެޗްޕީއޭއަށް އެތައް ފަހަރަކު ގުޅައިގެން ވެސް މިކަމުގައި ޖަވާބެއް ލިބޭގޮތް ވެފައި ނުވާކަމަށެވެ. މިއަދުވެސް އެތައްފަހަރަކު ގުޅައިފިން ކަމަށާއި ފޯނު ނަގާ ކުދިން ދޭ ޖަވާބަކީ އިސްފަރާތްތަކުން ޖަވާބެއް ލިބުމުން ފޯނަށް މެސެޖު ފޮނުވާނެ ކަމަށެވެ.
އިއްޔެއްސުރެ އަދި މިވަނީ މިކަމުގައި އަލިމަގެއް ނުފެނި ކަމަށް އޭނާ އާއި ހަވާލާދީ މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. ޖަވާބު ދެވޭނީ ކޮން ދުވަހަކުން ކަމެއްވެސް އެކުދިންނަށް ބުނަން ނޭގޭކަމަށެވެ. ރަށުން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައި މާލެ އެންއީއޯސީއަށް ފޮނުވާފައިވާ ކަމަށާއި، ރަށުގެ ހޯމް ކަރަންޓީން ކުރާ ތަނަށް ވެސް ހުއްދަ ލިބިފައިވާ ކަމަށެވެ.
ދައުލަތުގެ ޚަރަދުގައި މީހުން ކަރަންޓީނަށް ރަށްރަށަށް ފޮނުވުން ހުއްޓާލާފައި ވުމުން އެމީހުން ޓިކެޓް ނަގާފައި ވަނީ އަމިއްލަ ޚަރަދުގައި ކަމަށާއި ކަމަށާއި ނަމަވެސް މާލެއިން ފުރެން އޮތީ އެޗްޕީއޭގެ ހުއްދައިގެ ޓެކްސްޓް މެސެޖެއް ލިބުމުން ކަމަށް މޯލްޑިވިއަނުން ބުނެފައިވާ ކަމަށެވެ.
މާދަމާ ފުވައްމުލަކަށް ދަތުރުކުރުން 30 އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި އެއިގެތެރެއިން އެއްވެސް މީހަކަށް އެޗްޕީއޭގެ ޖަވާބެއް ލިބިފައި ނުވުމުން ފުރޭކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށެވެ.
މާދަމާ، 2 ޖުލައިގައި ރަށަށް އަންނަން މަސައްކަތް ކުރަނީ ވެސް ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ތާށިވި މީހުން ކަމަށާއި އެމީހުންނަށް ވެސް އުޅޭނެ ތަނާއި ކެއުންބުއިމުގެ ދަތިތައް ވެސް ކުރިމަތިވެފައިވާ ކަމަށް، މިކަލް ނޫހުގެ ރިޕޯޓަރާއި ވާހަކަ ދެއްކި ފުރަން އުޅޭ ކުއްޖެއްގެ ބައްޕަ ބުންޏެވެ.
ޚިޔާލުތައް