މިއަދުގެ މުސުމް އާއްމު ގޮތެއްގައި ރަނގަޅު ކަމަށް މޫސުމާ ބެހޭ އިދާރާއި ލަފާކުރެއެވެ. އެއިދާރާއިން ހާމަކޮށްފައިވާ މިއަދުގެ މޫސުމަށް ބަލާއިރު މިއަދުގެ 8:00 އިން މާދަމާގެ 8:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެ ވާކަމަށް ހާމަކޮށްފައި ވެއެވެ. މިދުވަސްވަރަކީ ދިވެހިން ޒަމާނުއްސުރެ ބުނެ އުޅޭ ޖޫން ޖުލައިގެ ގަދައިގެ ދުވަސްވަރަށް ވުމުން މޫސުމަށް ސަމާލުވުން މުހިންމުކަން ބޮޑެވެ.
ފުވައްމުލައް ހިމެނޭ ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި ވައި ޖެހޭނީ އިރުދެކުނުން ފަރާތުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށިގެން ވާކަމަށްްމޫސުމް ލަފާކޮށްފައި ވެއެވެ.
ނަމަވެސް އިއްޔެ ވަނީ ރާއްޖެގެ ބޮޑުބަޔަކަށް މޫސުމީ ވައިޓް އެލާޓް ނުވަތަ ހުދު ސަމާލު ނެރެފައެވެ. އެގޮތުން އިއްޔެ ހުދު ސަމާލު ނެރެފައި ވަނީ ޟާލެ އަތޮޅުން ފެށިގެން އައޑުއަތޮޅާއި ހަމައަށެވެ. އަދި މިސަރަހައްދުގެ ރަށަރަށާއް އުދަ އަރާފާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
ފުވައްމުލަކުގެ އެއްވެސް ހިސާބަށް އުދައަރާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން ހާމަކޮށްފައިެއް ނުވެއެވެ. ނަމަވެސް މިދުވަސްވަރު ދެކުނުގެ ބައެއް ރަށްރަށަށާއި އެތުރުގެ ބައެއް ރަށްރަށަށްވެސް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މީޑީއާގައި ރިޕޯޓްކޮށްފައި ވެއެވެ.
ފާއިތުވި 2018 ވަނަ އަހަރުގެ ޖުލައި މަހު 30 ވަނަ ދުވަހު ފުވައްމުލަކު ދަޑިމަގު ނެރަގނަޑު ސަރަހައްދަށް އަރައިފައި ވެއެވެ.
2018 ވަނަ އަހަރު މެއި މަހު ގައި ވެސް ފުވައްމުލަކަށް އުދަ އަރާނެކަމަށް މޫސުމީ އެލާޓް ނެރެފައި ވެއެވެ.
2018 ވަނަ އަހަރު އޭޕްރީން 20-22 އަސް ފުވައްމުލަކަސް ވަރަށް ބޮދަށް އުދައރާފައި ވެއެވެ. އެފަހަރު އުދައަރާފައި ވަނީ ހުޅަންގު ދެކުނު ބިތުންނެވެ. އެންމެ ބޮދަސް އުދައަރާފައި ވަނީ އަރުއްފަންނާއި ވަލިފަންނާއި ދޭތެރޭގެ ސަރަހައްދަށެވެ.
2017 ވަނަ އަހަރު ފެބްރުއަރީ މަހު ފުވައްމުލަކު އިރުއުތުރު ފަރާތުން، ހޯދަޑު ވަލިބުރި ސަރަހައްދަށް އުދައަރާފައި ވެއެވެ.
ނަމަވެސް މުޅިއަހަރު ދުވަހަށް ބަލާއިރު ފުވައްމުލަކުގެ މޫސުމަކީ ގިނަ ވަގުތު ހޫނުގަދަކޮށް އޮތުމެވެ. އެއިގެ ސަބަބުން އަލްޓްރާ ވައިލެޓް (ޔޫވީ) ލައިޓް ރޭޑިއޭޝަން މިންގަޑަކަށް މާހައުލުގައި މެންދުރުގެ ގަޑިތަކުގައި ހުންނަކަން ފާހަގަ ވެއެވެ. އެގަޑިތަކުގައި ބޭރަށް ނުކުމެ އުޅޭއިރު، ކުޑައެއް ފަދަ ހިޔަލެއް ބޭނުންކުރުން މުހިންމެވެ. ނޫންނަމަ ސަން ލޯޝަންފަދަ ކްރީމެއް ބޭނުންކުރުން ރަނގަޅެވެ. ނޫންނަމަ ހަށިގަނޑުގެ ސެލްތަކުގެ ޑީއެންއޭޭއަށް ގެއްލުން ލިބޭގޮތް މެދުވެރިވެއެވެ. ތިރީގައި މިވަނީ މިއަދާއި މާދަމާ ފުވައްމުލަކުގެ މާހައުލުގައި ޔޫވީ ލައިޓް ރޭޑިއޭޝަން ހުންނަ މިންވަރު ދައްކައިދޭ ޗާޓެކެވެ.

ފުވައްމުލަކުގެ މާހައުލަށް ޔޫވީ ލައިޓް ރޭޑިއޭޝަން މިންވަރު ނުރައްކާތެރި މިންގަނޑަކަށް ހުރޭ! ބައެއް ގަޑިތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަލަން ޖެހޭ
ހުދު ސަމާލު – ވައިޓް އެލާޓް:
މިއީ މޫސުމީ ގޮތުން ނެރެވޭ އެންމެ ލުއި ނުވަތަ ކުޑަ ސަމާލުކަމެވެ. ނުވަތަ ސަމާލުކަމުގެ ލެވެލް 1 އެވެ. މި ސަމާލުކަމުގެ މުއްދަތުގައި ވައި ގަދަވެ ގުގުރައި ވާރޭ ވެހޭނެކަމަށް ލަފާ ކުރެއެވެ. އާމުގޮތެއްގައި ވައި ހުންނާނީ ގަޑިއަކު 19-27 މޭލުގެ ބާރުމިނުގައެވެ. އަދި ކޮޅިގަނޑުގައި 50-54 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެއެވެ. އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް އާއިއެކު ދަތުރުފަތުރުކުރާ އެކިއެކި މަސައްކަތް ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ޚިޔާލުތައް