A wide advertisement which will be shown on all devices. (700 x 100)

ހޭންޑްބޯޅަ މުބާރާތުގެ ފައިނަލަށް ދޫނޑިގަލޯނާ ޓީމު ދަތުރުކޮށްފި

ސެމީ ފައިނަލް: ދޫނޑިގަލޯނާ 7- 0 މާލެގަމު ކަނބަލުން

ފުވައްމުލައް ސިޓީގެ އަވަށްތަކުގެ މެދުގައި މިހާރު ކުޅެވެމުންދާ އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ދޫނޑިގަލޯނާ ޓީމުން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ފުވައްމުލައް ސިޓީ ވެލިދަނޑުގައި ކުޅުނު ސެމީ ފައިނަލު ފުރަތަމަ މެޗުގައި ދޫނޑިގަލޯނާ ޓީމު ވާދަކުރީ މާލެގަމު ކަނބަލުން ޓީމާއެވެ. މިމެޗު 7-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ދޫނޑިގަލޯނާ ޓީމެވެ. ދޫނޑިގަލޯނާ ޓީމަކީ ގްރޫޕް 2 އިން ދެވަނަ އަށް ގޮސްގެން ސެމީ ފައިނަލުން ޖާގަހޯދި ޓީމެވެ.

ސެމީފައިނަލު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ. އައިޝާ

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޫނޑިގަލޯނާ ޓީމުގެ އާއިޝާ އެވެ.

މާލެގަމު ޓީމަކީ މިއމެޗާއި ހަމަޔަށް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސެމީ ފައިނަލަށް އައި ޓީމެކެވެ. ނަމަވެސް ގްރޫޕް ސެޓޭޖުގައި ދޫނޑިިގަލޯނާ ޓީމު ވަނީ ދަޑިމަގު ރަނިން އަތުން ބަލވެފައެވެ.

ހޭންޑްބޯޅަ މުބާރަތް 2020: ސެމީ ފައިނަލު މެޗު ރެފްރީންނާއި ދެޓީމު ކައްޕިތާނުން މެޗުފެށުިމަށް ތައްޔާރުވެގެން

މިމުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗު ކުޅޭނީ މާދަމާ ހަވީރުއެވެ. އެމެޗުގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ އެއްވަނަ ޓީމުގެ ގޮތުގައި ދަޑިމަގު ރަނިން ޓީމާއި ގްރޫޕް 2 ގެ ދެވަނަ ޓީމުގެ ގޮތުގައި ހޯދަދު ހވިައްތަ ސްޕޯޓްސް އެވެ.

ދޫނޑިގަލޯނާ ހޭންޑްބޯލް ޓީމު 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !