ފުވައްމުލައް ސިޓިގައި މިހާރު ކުރިޔަށްދާ ކުޅިވަރު ދެ މުބާރާތް ކަމަށްވާ ވެޓަރަންސް ފުޓްސަލް މުބާރާތް 2020 އާއި އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ހަވީރާއި މިރޭ ކުޅޭނެއެވެ.
ވިއްސާރައިގެ ސަބަބުން އެއް ދުވަހަށް މި ދެ މުބާރާތުގެ ފައިނަލް މެޗުވެސް މި ވަނީ ލަސްވެފައެވެ. މުބާރާތުގެ ފައިނަލު މެޗަސްފަހު ޗެމްޕއިންޓީމާއި ރަނަރަޕް ޓީމަށް އަދި މޮޅު ކުޅުންތެރިންނަށް އިނާމު ދިނުން އޮންނާނެއެވެ.
ވެޓަރަންސް ފުޓްސަލް މުބާރާތް
ވެޓަރަންސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ވަނީ ކުޅެފައެވެ. ފުރަތަމަ ސެމީ ފައިނަލް މެޗްގައި ވާދަކުރީ ދޫނޑިގަލޯނާއާއި މާލެގަން ސްޕޯޓްސް ކްލަބެވެ. މި މެޗު ފަސޭހަކަމާއެކު 9-5 އިން ކާމިބުކޮށް ފައިނަލުގެ ޖާގަ ހޯދީ ދޫނޑިގަލޯނާ ޓީމެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން އާއި ހޯދަޑު ސްޕޯޓްސް ވިންޓޭޖު ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ. ފައިނަލުގަިއ ކުޅޭ ދެޓީމުގެ ޖާޒީގެ ކުލައަކީ ރަތް ކުލަ ކަމަށްވުމުން، މިސްކިތްމަގު އެންމެންގެ ގުޅުމުން މިރޭގެ ފައިނަލް މެޗުގައި ބޭނުނކުރާނީ ނޫކުލައިގެ ޖާޒީ ކަމަށް ވެއެވެ.
އަންހެނުންގެ ހޭންޑްބޯޅަ މުބާރާތް
ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލުގެ މެޗުތައް ވެސް މިއަދު ހަވީރު ކުޅޭނެއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗު އެފްސީ ދޫނޑިގަލޯނާ ކާމިޔާބުކުރީ 7-0 އިން މާލެގަމު ކަނބަލުން ޓީމު ބަލިކޮށްގެންނެވެ. އަދި ސެމީ ފައިނަލް ދެވަނަ މެޗުގައި ދަޑިމަގު ރަނިން މޮޅުވީ 2-1 އިން ހޯދަޑު ހަވިއްތަ ސްޕޯޓްސް އާއި ވާދަކޮށްގެންނެވެ.
ހޯދަދު ހަވިއްތަ ސްޕޯޓސް އާއި ދަޑިމަގު ދަނިން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކީ ދަދިަމގު ރަނިން ޓީމުގެ ފާތިމަތު ރިޝާ ޖޯޒީ ނަމްބަރު 2 އެވެ.
އެއާއެކު މިއަދު ހަވީރު ކުޅޭ ފައިނަލް މެޗުފގައި ވާދަކުރާނީ އެފްސީ ދޫނޑިގަލޯނާ އާއި ދަޑިމަގު ރަނިން ޓީމެވެ.
ފުވައްމުލަކުގެ ބޭއްވުނު ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕައަނުންނަކީ ދަޑިމަގު އަންހެން ޓީމެވެ. މިފަހަރުވެސް އެ ޓީމުގެ ކުޅުން އެހެން ޓީމުތަކަށްވުރެ މޮޅުކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ވުމާއެކު މި މުބާރާތް ވެސް ކާމިޔާބުކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ދަޑިމަގު ރަނިން ޓީމެވެ. ނަމަވެސް މިފަދަ މެޗެއްގެ ނަތީޖާ ފުރިހަމައަށް އެނގޭނީ ހަމަ މެޗު ނިމުމުންނެވެ.
މިއަދުގެ ފައިނަލް މެޗުތައް:
16:00 ގައި ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް؛ ދަޑިމަގު ރަނިން އާއި އެފްސީ ދޫނޑިގަލޯނާ
20:30 ގައި ވެޓަރަންސް ފުޓްސަލް ފައިނަލް: މިސްކިތްމަގު އެންމެންގެ ގުޅުން އާއި އެފްސީ ދޫނޑިގަލޯނާ
މިހާރު ކުރިޔަށް މިދާ ދެ މުބާރާތުގައި ވެސް ދޫނޑިގަމު ދެ ޓީމުން ވާދަކުރެއެވެ. އެއީ އެ އަވަށުގެ އަންހެން ޓީމާއި ފިރިހެން ޓީމެވެ.
ޚިޔާލުތައް