ފާއިތުވި ހަފުތާ (2 އޮކްޓޯބަރު އަށް) ނިމުނު އިރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ހޯމް ކަރަންޓީނުގައި 70 ގެއެއްގައި މީހުން ތިބި ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި ފާއިތުވި ދެ ހަފުތާ ތެރޭގައި 52 ގެއަކުން މީހުން ދޫކޮށްލާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކުރާ ލިސްޓުތަކުން ދައްކައެވެ.
ފާއިތުވި ހޮނިހިރު ދުވަހަކީ ގިނަ ބަޔަކު ހޯމްކަރަންތީނަށް ރަށަށް އައި ދުވަހެކެވެ. އެދުވަހު އެކަނި ވެސް 8 ގެއަކަށް ހޯމް ކަރަންޓީނަށް މީހުން އައިސްފައިވެއެވެ. ފާއިތުވި ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީ ހުރިހާ އަވަށެއްގެ ގެތަކަށް ވެސް މީހުން އައިއިރު އެންމެ ގިނަ ގޭގައި މީހުން ކަރަންޓީން ވެފައިވާނީ ހޯދަޑު އަވަށުން ނެވެ. އެއަވަށުގެ 5 ގެއަކަށް އެދުވަހު ހޯމް ކަރަންޓީނަށް މީހުން އައިސްފައިވެއެވެ.
ނިމުނު ހަފުތާގެ ޖުމްލަ ތަކަށް ބލާއިރު މުޅިއެކު 46 ގެ އެއް ހޯމް ކަރަންޓީނު ކުރެވިފައިވާއިރު ދިގުވާޑު އަދި ހޯދަޑު ކޮންމެ އަވަށަކުން ވެސް 8 ގެއަކަށް ހޯމް ކަރަންޓީނަށް މީހުން އައިސްފައި ވެއެވެ. މީހުންގެ އާބާދީ އެންމެ ބޮޑު ދޫނޑިގަމު އަވަށުން ފާއިތުވި ހަފުތާގައި ހޯމް ކަރަންޓީނަށް މީހުން އައިސްފައި ވަނީ 7 ގެއަކަށެވެ. އެންމެ މަދުން މީހުން އައިސްފައި ވަނީ ދަޑިމަގު އަވަށުގެ ގެތަކަށެއެވެ. އެއީ 2 ގެއަކަށެވެ.

ފާއިތުވި ހޮނިހިރު ދުވަހު ހޯމް ކަރަންޓީނަށް މީހުން އައި ގެތައް
ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކުރި، މައުލޫމާތުގައި ވާ ގޮތުން ހޯމް ކަރަންޓީނަށް ނިމުނު ހަފުތާގައި ހޯމް ކަރަންޓީނުން އެއްވެސް ގެއަކުން މީހަކު ދޫކޮށްފައިވާ ކަމަކަށް ނެތެވެ.
ފާއިތުވި 15 ދުވަހުގެ ތެރޭގައި ޖުމްލަ 70 ގެއެއްގައި މީހުން ހޯމް ކަރަންޓީނުގައި ތިބޭނެކަމަށް ބެލެވޭ އިރު އެއީ އެއިގެ ކުރީ 15 ދުވަހާއި ހަމަޔަށް ބަލާއިއިރު ހޯމް ކަރަންޓީނުގައި މީހުން ތިބި ގޭގެ ޖުމްލަ 72 ވަރަށް ކައިރި އަދަދެކެވެ. އަދި ފާއިތުވި 15 ދުވަހުގައި ހޯމް ކަރަންޓީނުން ދޫކޮށްފައިވާ ގެތަކުގެ އަދަދަކީ 53 އެވެ.
ފާއިތުވި ދެ ހަފުތާގައި ހޯމް ކަރަންޓީނަށް މީހުން މާލެއިން އައިސްފައި ވަނީ ސެޕްޓެމްބަރު މަހު 18، 20، 21، 23، 25، 27، 28، 30 އަދި މި އޮކްޓޯބަރު މަހު 2 ގައެވެ. ނިމުނު ދެ ހަފުތާގެ ތެރޭގައި ހޯމް ކަރަންޓީނުން މީހުން ދޫކޮށްފައި ވަނީ ސެޕްޓެމްބަރު މަހު 16، 18، 19، 22 އަދި 24 ގައި ޖުމްލަ 46 ގެއަކުންނެވެ.
ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.
މިހަފުތާ ނިމުނު އިރު މުޅި ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ ކަމަށް ރެކޯދު ކުރުވިފައިވަނީ 10398 މީހުންނެވެ. އެއިގެ ތެރެއިން 9213 މީހުން ބަލިން ރަނގަޅުވެ، 34 މީހަކު ބަލީގަިއ މަރުވެފައިވެއެވެ. މިހާރު ބަލީގައި 1151 މީހުން ތިބި އިރު އެއިގެ ތެރެއިން 79 މީހުން ތިބީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. އަދި ބައްޔާއި ގުޅިގެން 516 މީހުން އައިސޮލޭޓް ކުރެވިފައިވާ ކަމަށް ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް އާއި އަނބިކަބަލުން މެލެނިއާ ވެސް ވަނި ކޮވިދް 19 އަށް ޕޮޒިޓްވެ ކަރަންޓީނަށް ގޮސްފައެވެ.
ނިމުނު ހަފުތާއަކީ ކޮވިޑް-19ގެ ކަންކަމުގައި ސިއްޙީ މާހިރުންގެ ބަހަށް އެންމެ ފާޅުކަން ބޮޑުގޮތެއްގައި ދެކޮޅުހައްދަވަމުން ގެންދެވި އިސް މީހާ ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އަނބިކަބަލުންނާއި ކައިރީގައި އުޅުއްވާ ބޭފުޅުން ކޮޅެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކަރަންޓީނަށް ދިޔަ ހަފުތާއެއް ކަން ފާހަކަ ކުރެވެެއެވެ.
ޚިޔާލުތައް