A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު 3 މެމްބަރުންގެ އިތުބާރު ވެސް ހެލްތު މިނިސްޓަރ އަމީނުއަށް ނެތް

ހެލްތު މިނިސްޓަރު އަމީނުގެ އިތުބާރު ނެތްކަމަށް ސޮއިކޮށްފައިވާ ފުވައްމުލަކު ދެ މެމެބަރުން

ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) އާއި މެދު ދާއިރާގެ މެމްބަރު ހުސޭން މުހައްމަދުގެ އިތުރުން ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒުގެ އިތުބާރު ހެލްތު މިނިސްޓަރ އަބްދުﷲ އަމީނުއަށް ނެތް ކަމަށް އެ  ތިން މެބަރުން ހާމަކޮށްފިއެވެ.

މިއަދު މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ހުސޭން އާއި އެކު އެމްޑީޕީގެ 24 މެމްބަރަކު ސޮއިކުރައްވައި މަޖުލީހަށް ހުށަހެޅި މައްސަލާގައި ފުވައްމުލަކުގެ އުތުރު ދާއިރާ އާއި މެދު ދާއިރާގެ ދެ މެމްބަރުން ވެސް ވަނީ ސޮއި ކުރައްވާފައެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މިއަދުގެ މައްސަލަ ހުށަހެޅިއިރު ސޮއި ކުރައްވާފައެއް ނުވެއެވެ. މަޖުލީހަށް ހުށަހެޅި މައްސަލާގައި ސޮއި ނުކުރެވުނީ އެވަގުތު އެތަނުގައި ނުހުރެވުމުން ކަމަށް ދެކުނު ދާއިރާގެ އެމްޕީ މުމްތާޒު ވިދާޅުވިއެވެ.

ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒުގެ މިކަލް ނޫހަށް ވިދާޅުވީ މިމައްސަލާގައި ހެލްތު މިނިސްޓަރަށް އޭނާގެ އިތުބާރު ނެތްކަމަށެވެ.

“ކާރިސާއެއްގަ ވަގުތުގައި ކަންތައްތައް ކޮށްފައި އެވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން. ވުމާއިއެކު އިތުރަށް މަގާމުގައި ދެމިހުރުމަށް ތާއިދެއް ނެތް” ކަމަށެވެ.

ހެލްތު މިނިސްޓަރު އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފއެމްޕީ ފިރުޝާނު މަޖުލީހަށް ހުށަހަޅުއްވަނީއަމީނުގެ މައްސަލާގައި ޕީޖީއިން ވިދާޅުވެފައި ވަނީ ޖިނާއީ ދައުވާ ކުރެވޭވަރުގެ ހެކިތަކެއް ނެތްކަމަށެވެ. ވުމާއެކު އަމީނުގެ މައްޗަށް ޖަނާޢީ ދައުވާ ނުކުރުމަށް ވަނީ ނިންމާފައެވެ. އެއާއި ގުޅިގެން މިއަދު ބޭއްވި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށް އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުނެވެ. ނަމަވެސް އެ ބައްދަލުވުމަށް ވަޑައިގެންނެވި 58 މެމްބަރުންގެ އަޅުލަބިއްޔަތު ނުލިބި މައްސަލަ ވަނީ ފާސްނުވެފައެވެ.

ޕާލަމެންޓަރީ ގްރޫޕުން މިނިސްޓަރ އަމީނުގެ އިތުބާރުނެތްކަމުގެ މައްސަލަ ފާސްނުވުމުން އެމްޑީޕީގެ ބައެއް މަޖުލިސް މެމްބަރުން އަމިއްލަ ހައިސިއްޔަތުން އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖުލީހަށް ވައްދާފައެވެ. އަދި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ހެލްތު މިނިސްޓަރު އަމީނުގެ އިތުބާރު ނެތްކަމަށް “ޕާޓީގެ ވިޕްލައިނުން ބޭރުން ވެސް މި ވޯޓު އަޅުގަނޑު ލާނަން،” ކަމަށެވެ.

ހެލްތު މިނިސްޓަރު އަމީން މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ވާގޮތުން، ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުން ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭގޮތަށް ހެލްތް މިނިސްޓްރީން އަމަލުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުން އެގެން އޮންނަ ކަމަށާއި އަދި އޭގެ ޒިންމާ މިނިސްޓަރު އަމީން ނަންގަވަން ޖެހޭ ކަމަށާއި އެ ތުހުމަތުތަކާ ގުޅިގެން އޭނާއަށް ކުރެވޭ އިތުބާރު ވަނީ ގެއްލިފައި ކަމަށެވެ.

ހެލްތު މިނިސްޓަރު އަމީނުގެ އިތުބާރު ގިނަ މެމްބަރުންނަށް ނެތްކަމަށް ބެލެވޭ

“މިއީ އަމީންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލި، މި މަޖިލީހުގެ އިތުބާރު އަމީންގެ މައްޗަށް ގެއްލިގެންގޮސްފައިވާ އަމަލަކަށް ވީ ހިނދު އަދި މިކަމުގައި މަޖިލީހުން އަމީންއާ ސުވާލުކުރުމުން މަޖިލީހަށް ތެދުނޫން މައުލޫމާތު ދީ، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެފައިވާތީ” އެ މައްސަލައިގައި ވައްދަން ޖެހޭ ސަބަބުގެ ގޮތުގައި ބަޔާން ކޮށްފައިވެއެވެ.

ހެލްތު މިނިސްޓަރު އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ސޮއި ކުރި މެމްބަރުން:

  1. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ
  2. ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް
  3. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  4. މަފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
  5. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
  6. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
  7. ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު
  8. މަޑަވެލި ދާއިރާގެ މެމްބަރު ހުސަިއން ފިރުޝާން
  9. ގައްދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޒާހިރު
  10. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޯންޑޭ)
  11. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
  12. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  13. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)
  14. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  15. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް
  16. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  17. ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
  18. މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  19. މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
  20. އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)
  21. މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
  22. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝީޔާން
  23. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
  24. ހިތަދޫ މެދު ދާއިރާ މެމްބަރު އަހްމަދު ރަޝީދު (ޗެކްމާކް)

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • އަބުޅޯ

    ކޮބާތަ ދޫޑިގަން މެންބަރު