ފާއިތުވި ދެ ހަފުތާ (30-16 އޮކްޓޯބަރު 2020 އަށް) ނިމުނު އިރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ހޯމް ކަރަންޓީނުގައި މީހުން ތިބި ގެތަކުގެ އަދަދު މަދުވެއްޖެއެވެ. އެގޮތުން މި މަހުގެ ފުރަތމަ ދެ ހަފުތާގައި 73 ގެއެއްގައި މީހުން ތިބި އިރު ފަހު ދެހަފުތާގައި މިއަދަދު ވަނީ 56 އަށް ދަށްވެފައެވެ.
ފާއިތުވި ދެ ހަފުތާ ނިމުނު އިރު ފުވައްމުލައް ސިޓީގައި ކޮވިޑް-1 އަށް ޕޮޒިޓިވް ވެފައިވާ 3 މިހަކު ހޯމް އައިސޮލޭޝަނުގައި އެބަތިއްބެވެ. އެ3 މީހުގެ ތެރެއިން އެކަކީ ބިދޭސީ ފިރިހެނެވެ. މި އެންމެންވެސް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނު ނިންމައި ހެދި ޓެސްޓުންނެވެ. އެއާއެކު ފުވައްމުލައް ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ މިވަނީ 4 އަށް ޖެހިލާފައެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓް، 26 އޮކްޓޯބަރު 2020
ފާއިތުވި ހަފުތާގައި އެންމެ ގިނަ މީހުން ހޯމް ކަރަންޓީނަށް އައީ ހުކުރު (30 އޮކްޓޯބަރު) ދުވަހުއެވެ. އެ ދުވަހު 14 ގެއަކަށް މީހުން އައިސްފައިވާއިރު، އޭގެކުރީ ހަފުތާގައި އެންމެ ގިނަ މީހުން އައިސްފައި ވަނީ ބުދަ ދުވަހުއެވެ. އެ ބުދަ ދުވަހު (21 އޮކްޓޯބަރު) 12 ގެއަކަށް މީހުން އައިސްފައި ވެއެވެ. ނިމުނު ދެ ހަފުތާގައި އެންމެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބީ ދަޑިމަގު އަވަށުގައެވެ. އެންމެ މަދު ގޭގައި މީހުން ކަރަންޓީން ވެފައި ވާނީ ހޯދަޑު އަދި މާދަޑު އަވަށު ގޭގޭގައެވެ.
ނިމުނު ހަފުތާ (24-30 އޮކްޓޯބަރު) ގެ ޖުމްލަ ތަކަށް ބަލާއިރު މުޅިއެކު މީހުން ހޯމް ކަރަންޓީނު ކުރެވިފައި ވަނީ 21 ގެއެއްގައެވެ. އެއީ ފުނާޑުން 6 ގެއަކާއި ދަޑިމަގުން 4 ގެއެއް އެންމެ މަދުން މާދަޑުން 1 ގެއެއްގައެވެ.
ފާއިތުވި 15 ދުވަހުގެ ތެރޭގައި ޖުމްލަ 56 ގެއެއްގައި މީހުން ހޯމް ކަރަންޓީނުގައި ތިބޭނެ ކަމަށް ހިސާބުތަކުން ދައްކައެވެ. އެއީ ދަޑިމަގު 12 ގެއަކާއި، ފުނާޑު 9، އަދި ދިގުވާނޑާއި ދޫނޑިގަމުން، ކޮންމެ އަވަށެއްގައި 8 ގޭގައި މީހުން ހޯމް ކަރަންޓީނު ކުރެވިފައި ވެއެވެ.
ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.
މިހަފުތާ ނިމުނުއިރު ފުވައްމުލައް ސިޓީއިން ވަނީ 4 ވަނަ ކޮވިޑް-19 ޕޮޒިޓިވް ކޭސް އެއް ވެސް ފެނިފައެވެ. އެއީ ހޯމް ވެސް ކަރަންޓީނުގައި ހުރި ބިދޭސީ ފިރިހެނެކެވެ. އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 އަޕްޑޭޓް ނަމްބަރުތައް – 30 އޮކްޓޯބަރު 2020ގެ ނިޔަލަށް
މިހަފުތާގެ ހުކުރު ދުވަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 11,643 މީހުންނެވެ. މީގެ ތެރެއިން %63.8 އަކީ ދިވެހިންނެވެ. އެއިގެ ތެރެއިން 10،779 މީހުން، %92.6 މީހުން ބަލިން ރަނގަޅުވެ، 37 މީހަކު ބަލީގައި މަރުވެފައި ވެއެވެ. މިހާރު ބަލީގައި 820 މީހުން ތިބި އިރު އެއިގެ ތެރެއިން 54 މީހުން ތިބީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. އަދި ބައްޔާއި ގުޅިގެން 259 އެއްހާ މީހުން އައިސޮލޭޓް ކުރެވިފައިވާ ކަމަށް ވެއެވެ.
ޚިޔާލުތައް