A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީނު ގޭގެ އަދަދު 63 އަށް އިތުރުވެއްޖެ- ކޮވިޑް-19 ކޭސްއެއް ނެތް

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓް. 15 ނޮވެމްބަރު 2020

ފާއިތުވި ދެ ހަފުތާ (15-1 ނޮވެމްބަރު 2020 އަށް) ނިމުނު އިރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ހޯމް ކަރަންޓީނުގައި މީހުން ތިބި ގެތަކުގެ އަދަދު ތަންކޮޅެއް އިތުރު ވެއްޖެއެވެ. އެގޮތުން ފައިތުވި އޮކްޓޯބަރު މަހުގެ ފަހު ދެ ހަފުތާގައި ހޯމް ކަރަންޓީނުގައި މީހުން ތިބީ 56 ގެއެއްގައެވެ.

ފާއިތުވި ހަފުތާގައި ވަނީ ފުވައްމުލަކުން ކޮވިޑް-19 އަށ ްޕޮޒިޓިވްވި 4 ވަނަ ކޭސް ކަމުގައިވާ ބަންގްލާދޭޝް މަސައްކަތު މީހާ ބަލިން ރަނގަޅުވުމުން ދޫކޮށްލާފައި ވެއެއެވެ. ވުމާއެކު މިހާރު ފުވައްމުލައް ސީޓިަގއި ކޮވިޑް-19 ޕޮޒިޓިވް ކޭސްއެއް ނެތެވެ. އޭނާ ހޯމް އައިސޮލޭޝަން ނިންމުމަށް ފަހު ބަލިގެ އެއްވެސް އަލާމަޓެއް ނެތުމުން މި ނޮވެމްބަރު މަހު 9 ވަނަ ދުވަހު ވަނީ ދޫކޮށްލާފައިވާ ކަމަށްް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވިއެވެ.

އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ފާއިތުވި އަކްޓޯބަރު 26 ގައެއެވެ. އެޗްޕީއޭގެ އުސޫލު އޮންން ގޮތުން ހޯމް އައިސޮލޭޝަންގައި 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ބަލީގެ އަލާމާތެއް ނެތްނަމަ ދޫކޮށްލާނީއެވެ.

އެއާއެކު މިހާރު ފުވައްމުލަކުގައި ކޮވިޑް-19 ގެ ބަލި މީހަކު ހުރިކަމަކަށް ނެތެވެ. ފުވައްމުލަކުން މުޅިއެކު ބައްޔަށް ޕޮޒިޓިވްވެ ފައިވަނީ ހޯމް ކަރަންޓީނު ނިންމި 4 މީހުންނެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެމީހުންގެ ފަރާތުން އިތުރު މީހަކަށް ބަލި ޖެހިފައެއް ނުވެއެވެ.

ފުވައްމްުލައް ސިޓީ ހޯމް ކަރަންޓީން އަޕްޑޭޓް. 15 ނޮވެމްބަރު 2020

ފާއިތުވި ދެ ހަފުތާގައި އެންމެ ގިނަ މީހުން ހޯމް ކަރަންޓީނަށް އައީ އަންގަރަ (10 ނޮވެމްބަރު) ދުވަހުއެވެ. އެ ދުވަހު 10 ގެއަކަށް މީހުން އައިސްފައިވެއެވެ. އެންމެ މަދު ގޭގެއށް މީހުން އައިސްފައި ވަނީ އާދީއްތަ ދުވަހު (8 ނޮވެމްބަރު) ގައެވެ. އެއީ 2 މީހުންނެވެ.

ފާއިތުވި 15 ދުވަހުގެ ތެރޭގައި ޖުމްލަ 63 ގެއެއްގައި މީހުން ހޯމް ކަރަންޓީނުގައި ތިބޭނެ ކަމަށް ހިސާބުތަކުން ދައްކައެވެ. އެއީ ދޫނޑިގަމު 13 ގެއަކާއި ދަޑިމަގު 12 ގެއަކާއި، މިސްކިތްމަގު 9، ހޯދަޑާއި ދިގުވާނޑާއި ކޮންމެ އަވަށެއްގައި 8 ގޭގައި މީހުން އަދި ފުނާޑުގައި 5 ގެއެއް ހޯމް ކަރަންޓީނު ކުރެވިފައި ވެއެވެ. އެންމެ މަދުން މީހުން ތިބި މާލެގަން އަދި މާދަޑުގައި ކޮންމެ އަވަށަކުން ވެސް 4 ގެއެއްގައި މީހުން ހޯމް ކަރަންޓީނުގައި ތިއްބެވެ.

ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 އަޕްޑޭޓް ނަމްބަރުތައް – 15 ނޮވެމްބަރު 2020ގެ ނިޔަލަށް

މިހަފުތާގެ ހުކުރު ދުވަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 12,154 މީހުންނެވެ. މީގެ ތެރެއިން %63.8 އަކީ ދިވެހިންނެވެ. އެއިގެ ތެރެއިން 11،262 މީހުން، %92.7 މީހުން ބަލިން ރަނގަޅުވެ، 43 މީހަކު ބަލީގައި މަރުވެފައި ވެއެވެ. މިހާރު ބަލީގައި 843 މީހުން ތިބި އިރު އެއިގެ ތެރެއިން 49 މީހުން ތިބީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. އަދި ބައްޔާއި ގުޅިގެން 246 އެއްހާ މީހުން އައިސޮލޭޓް ކުރެވިފައިވާ ކަމަށް ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !