ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، (ޕީޕީއެމް) ފުވައްމުލަކު ފުނާޑުގެ ފަރާތުން ހަވީރު ސަޔެއް ބޭއްވުމަށް އެޕާޓީގެ މެންބަރުންނަށް ދައުވަތު ދީފިއެވެ.
މި ސައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހު 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4.30 ގައި ފުނާޑު ”ފުރޮންޓް” ގޭގައެވެ. މިއީ ޕީޕީއެމް ފުވައްމުލަކު ފުނާޑު ސްޓިއަރިން ކޮމެޓީގެ ފަރާތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
މިހިނގާ ނޮވެމްބަރު މަހު 14 ގައި ޕީޕީއެމް ފުނާޑު ސްޓިއަރިން ކޮމެޓީ ހޮވުމުގެ ވޯޓު ނެގުން ފުވައްމުލަކުގައި ހުންނަ ބިލަބޮންގ ސްކޫލްގައި ބާއްވާފައި ވެއެވެ. ނަމަވެސް ޕީޕީއެމްގެ ޚަބަރުތައް ގެނެސްދޭ ޕީޕީއެމް ފުވައްމުލައް ފޭސްބުކް ޕޭޖުން އެ ވޯޓުގެ ނަތީޖާތައް އިއުލާންކޮށްފައެއް ނުވެއެވެ.
ޕީޕީއެމް ފުނާޑު އަވަށުގެ ސްޓިއަރިން ކޮމެޓީގެ އާއްމު މެމްބަރުކަމަށް 3 މީހަކު ކުރިތިލާފައި ވެއެއެވެ. އެއީ:
މުހައްމަދު ރިޔާޒު ލަކަނޫގެ އާއި
އިބްރާހިމް ހަސަން (ޖަރުމަނު)، އެކުމީ އާއި
މުހައްމަަދު އަބްދުﷲ (ކުޑޭ)، ހުރާ އެވެ.
އަންހެން މެމްބަރު ކަމަށް ކުރިމަތިލީ ފާތިމަތު ރަޝީދާ، ނެއިލް އެވެ.
ޒުވާން މެމްބަރު ކަމަށް ކުރިމަތިލީ ފާތިމަތު ރުޚުޝާ ފްރޮންޓް އެވެ.
ފުވައްމުލަކު ފުނާޑު އަވަށުން ސްޓިއަރިންގ ކޮމިޓީއެއް ނެގިިއިރު ފުވައްމުލަކުގެ އަނެއް 7 އަވަށުން ސްޓިއަރިން ކޮމެޓީއެއް ނެގިކަމުގެ މައުލޫމާތު އާއްމުކޮށް ހާމަކޮށްފައެއް ނުވެއެވެ.
ފާއިތުވި އޮގަސްޓް މަހު ޕީޕީއެމް ފުވައްމުލަކުން ވަނީ ފުވައްމުލަކުގައި ސައިކަލް ބުރެއް ވެސް ބާއްވާފައެވެ. އެސައިކަލް ބުރު ކުރިޔަށް ގެންގޮސްފައިވަނީ ވަނީ “ރާއްޖެ ވިއްކުމާއި ދެކޮޅަށް” ހިންގާ އިދިކޮޅު ހަރަކާތެއްގެ ގޮތުގައެވެ.
އެ ސައިކަލް ބުރުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ.
ޕީޕިއެމުން އަންނަނީ އެ ޕާޓީގެ ފަރާތުން ރައީސްކަން ކުރެއްވި ކުރީގެ ރައީސް ޔާމީނު މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލީތާ އަހަރެއް ހަމަވުމާއި ދިމާކޮށް ރައީސް ޔާމީނު މިނިވަންކުރަން ގޮވާލައި މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމާފައެވެ. ނަމަވެސް މިހަރަކާތުގެ ބައެއް ފުވައްމުލަކުގައި ކުރިޔަށްގެންދާނެކަމަކަށް ޕީޕީއެމް ފުވައްމުލަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޚިޔާލުތައް