މިހާރު ކުރިޔަށްދާ ކަނބުލޮމެންގެ ހޭންޑްބޯލް މުބާރާތް 2020ގެ މިއަދުގެ ފުރަތަމަ މެޗުގައި ދޫނޑިގަލޯނާ ޑްރީމްސް އާއި ވާދަކޮށް 1-1 އިން އެއްވަރުވެ ދިގުވާޑު އަފުން ޓީމު ސެމީފައިނަލުން ޖާގަހޯދައިފިއެވެ. މިއަދުގެ ދެވަނަ މެޗު ފިސްޑާ ޖޫނިއަސް އިން ވަނީ ކާމިޔާބޮކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.
ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ކުރިޔަށް ގެންދާ މިމުބާރާތުގެ މިއަދުގެ ފުރަތަމަ މެޗުގައި ދޫނޑިގަލޯނާ ޑްރީމްސް އާއި ދިގުވާޑު އަފުން ޓީމުގެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މ ިނަތީޖާއާއި އެކު 3 ޓީމު ހިމެނޭ މިގްރޫޕުން ދިގުވާޑު އަފުން ޓީމު ވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މި ގުރޫޕުގައި ބާކީ އޮތް މެޗުގައި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓަރ ޓީމް އާއި ދޫނޑިގަލޯނާ ޑްރީމްސް ވާދަކުރަ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެއެވެ. އެ މެޗު އެއްވަރުވެއްޖެ ނަމަ ސެމީފައިނަލުގެ ޖާގަ ލިބޭނީ ދޫނޑިގަލޯނާ ޑްރީމްސް ޓީމަށެވެ.

މުބަރާތުގެ 3 ވަނަ މެޗު؛ ފިސްޑާ ޖޫނިއަސް 7-4 އެކުވެރި ފުނާޑު
މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ ދެ ޓީމު ކަމަށްވާ ފިސްޑާ ޖޫނިއަސް އާއި އެކުވެރި ފުނާޑު ޓީމެވެ. މިމެޗު 7-4 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ފިސްޑާ ޖޫނިއަސް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފިސްޑާ ޖޫނިއަސް ޓީމުގެ ނައުޝާއެވެ.

ފިސްޑާ ޖޫނިއަސް 7-4 އެކުވެރި ފުނާޑު މެޗުގެ މޮޅު ކުޅުންތެރިޔާ ނައުޝާ ފިސްޑާ ޓީމު
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ފުރަތަމަ މެޗުގައި ހަވީރު 4:00ގައި ވާދަކުރާނީ ގްރޫޕް ބީ ގެ އެކުވެރި ފުނާޑު ޓީމާއި މިސްކިތްމަގު ޖޫނިއަސް ޓީމެވެ. ސެމީފައިނަލުން ޖާގަ ހޯދުމަށް އެކުވެރި ފުނާޑު ޓީމުން މިމެޗު ކާމިޔާބުކުރަން ޖެހެއެވެ. އެހެން ނޫނީ މުބާރާތުން އެންމެ އަވަހަށް ކަޓައިގެން ދާނީ އެޓީމެވެ.

އެކުވެރި ފުނާޑު ޓީމު. މާދަމާގެ މެޗު މުހިންމު
މާދަމާގެ ދެވަނަ މެޗުގައި ހަވީރު 5:00 ގައި ވާދަކުރަނީ ގްރޫޕް އޭ ގެ ހޯދަޑު ސްޕޯޓްސް ޔަންގް ސްޓަރ ޓީމާއި ދޫނޑިގަލޯނާ ޑްރީމްސް ޓީމެވެ. މިއީ މި ގްރޫޕްގެ ފަހު މެޗެވެ.
މިއީ މިސްކިތްމަގު އެންމެންގެ ގުޅުމުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ހޭންޑްބޯޅަ މުބާރާތެކެވެ. މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 4 ޑިސެމްބަރު ވާ ހުކުރު ދުވަހު ހަވީރުއެވެ.

ފިސްޑާ ޖޫނިއަސް ޓީމު؛ މުބާރާތުުގެ ފުރަތަމަ މެޗުން މޮޅެއް ހޯދި
ޚިޔާލުތައް