ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ބައްދަލުކުރީ މި މަސައްކަތް ޕްލޭންކޮށް ބަލަހައްޓާ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ އާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ އަދި ކަރަންޓް ޚިދުމަތްއް ދެމުންގެންދާ ފެނަކަ ކޯޕަރޭޝަނާއި އެމްއެންއެންޑީއެފް-ފުވައްމުލައް އަދި މަސައްކަތް ކުރާ ކުންފުނި އެމް.ޓީ.ސީ.ސީ އާއެކުއެވެ.

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގައި ދިމާވާ ކަންކަން ހައްލުކުރުމަށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން
މިބައްްދަލުވުމުގައި މި މަޝްވަރާ ކުރެވުނީ ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުން އަވަސްކުރުމާއި ގުޅޭގޮތުންނާއި އަދި މަގުތަކުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމްގެ ޑިޒައިން އާއި ބެހޭގޮތުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މިކަލް ނޫހަށް އެނގުނު ގޮތުގައި ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމަށް މިހާރު ސްޓޮމް ވޯޓާ ނިޒާމު ޑިޒައިންކުރެވިފައިވާ ގޮތާއި މެދު ސިޓީ ކައުންސިލުން ހިތް ހަމައެއް ނުޖެހެއެވެ. ވުމާއެކު އެސިސްޓަމަށް ބަދަލުތަކެއް ގެންނަން ސިޓީ ކައުންސިލުން އެދޭ ކަމަށް ވެއެވެ.
މީގެ ކުރިން، ފާއިތުވި ނޮވެމްބަރު މަހު ފަހުކޮޅުގައި ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުން އަވަސްކރުމުގެ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފުވައްމުއް ސިޓީގައި ޔުޓިލިޓީ ޚިދުތައްތައްދޭ ފަރާތްތަކާއެކު ވެސް ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުވުމުގައި އެމްޓީސީސީ އާއި ފެނަކަ-ފުވައްމުލައްކުގެ އިތުރުން ދިރާގު-ފުވައްމުލައް އުރީދު -ފުވައްމުލައް އަދި ފުވައްމުލަކު ޓީވީ އާއި އެކު މަޝްވަރާތައް ކޮށްފައިވެއެވެ.

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގައި ދިމާވާ ކަންކަން ހައްލުކުރުމަށް 25 ނޮވެމްބަރުގައި ބޭއްވި މަޝްވަރާ ބައްދަލުވުން
މިކަލް ނޫހަށް މައުލޫމާތު ލިބުނުގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތަށް މަގު ކޮނުމުގެތެރޭގައި ކޭބަލްތައް ބުރިވުން ފަދަ ކަންކަން ދިމާވެ އާއްމު ޚިދުމަތަށް ބުރުއަރާ މިންވަރު ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން ހުރިހާފަރާތެއް އެކުވެގެން އަވަހަށް އެކަމެއް ހައްލުކޮށް އަލުން ޚިދުމަތް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށް ވެއެވެ.

އެތެރޭގެ މަގުތައް ހެދުން އަވަސްކުުރުމަށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން
ޚިޔާލުތައް