A wide advertisement which will be shown on all devices. (700 x 100)

ގއ. ދެއްވަދޫއިން އައިސްފައިވާނަމަ ސިޓީ ކައުންސިލަށް ވީއެންމެ އަވަހަކަށް އެންގުމަށް އެދިއްޖެ

ފުވައްމުލައް ސިޓީގެ އިއުލާން

ފާއިތުވި 2020 ވަނަ އަހަރުގެ ނޮވެމަބަރު މަހު 30 ގެ ފަހުން ގއ. ދެއްވަދޫއިން ފުވައްމުލައް ސިޓީއަށް އައިސްފައިވާ ވާފަރާތެއް ރަށުގައި ހުރިނަމަ އެކަން ސިޓީ ކައުންސިލަށް ވީއެންމެ އަވަހަކަށް އެންގުމަށް އެދިއްޖެއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށް މިކަމަށް އިއުލާންކުރީ ގއ. ދެއްވަދޫގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެއްޑެއް އޮތްކަމަށް ޝައްކުކުރެވޭތީ ކަމަށް ވެއެވެ.

ދެއްވަދޫއަށް 30 ނޮވެމްބަރު 2020 ގެ ފަހުން ގޮސްފައިވާނަމަ ކޮވިޑް-19 ސާމޕަލް ނަގައި ޓެސްޓްގެ ނަތީޖާ ލިބެންދެން ހޯމް ކަރަންޓީނުގައި މަޑުކުރުމަށް އިއުލާނުގައި އެދިފައި ވެއެވެ.

ފާއިތުވި ޑިސެމްބަރު މަހު 24 ގައި އެރަށަށް ހޯމްކަރަންޓީނަށް ދިޔަ އާއިލާއެއްގައި ކޮވިޑް-19 ޕޮޒިޓވް މީހަކު ހުރެ، އެމައުލޫމާތު ސިއްޙީ އިދާރާތަކުން ނުބައިކޮށް ދެވިގެން އެރަށުގައި ކޮވިޑް-19 ކޮންމެ ވެސް ވަރަކަށް ފެތުރިފައިވާކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ. އެގޮތުން މިހާރު އެރަށުން ކޮވިޑް-19އަށް 18 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އެއިގެ ތެރެއިން 8 މީހަކީ ރަށުގައި ނެގި ރޭންޑަމް ސާޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ.

އެއާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ ގއ.ދެއްވަދޫއަށް އެދުވަސްވަރު ދަތުރުކުރި ފަރާތްތައް އެކަމުގެ މައުލޫމާތު ހިއްސާކޮށް ބަލި ޖެހިފައި ނުވާކަން ޔަގީން ކުރުމަށެވެ. އަދި އެކަން ޔަގީން ކުރެވެންދެން އަމިއްލައަށް ކަރަންޓީނު ވުމަށް އިރުޝާދު ދެއެވެ.

ގއ. ދެއްވަދޫ، ކޮވިޑް-19 ގެ 18 ޕޮޒިޓްވް ކޭސް

ނިމުނު އަހަރީ ބަންދާއެކު ފުވައްމުލަކުގެ ގިނަބަޔަކު ވެސް ހުވަދޫ އަތޮޅަށް ދަތުރުކުރިއެވެ. އަދި ބެލެވޭ ގޮތުން ފުވައްމުލަކުގެ ބައެއް މީހުންވެސް ދެއްވަދޫއަށް ގޮސްފައިވުމަކީ ގާތްކަމެކެވެ. ވުމާއެކު އެރަށަށް ދަތުރުކޮށްފައި ވާނަމަ ރައްކާތެރިކަމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ތަބާވުމަކީ ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ކޮންޓްރޯލް ކުރަން ކޮންމެހެން މުހިންމު ކަމެކެވެ.

ފުވައްމުލަކުގެ ހޯމްކަރަންޓީނަށް ފަހު ޕޮޒިޓިވް ވި 2 ވަނަ ކޭސްގައި ވެސް އެޗްޕީއޭއަށް އޮޅިގެން ޕޮޒިޓިވް ވި މީހަކު ނެގަޓީވް ކަމަށް ބުނެ ހާލަތު ގޯސްނުވެ ދިޔައީ ހަމަ ކިރިޔާއެވެ. ފުވައްމުލަކު ހޮސްޕިޓަލުން އެކަމުގައި ހުޝިޔާރު ނުވިނަމަ ދެރަގޮތެއް މެދުވެރިވުމަކީ ވެސް ނުވެ ނުދާނެ ކަމެކެވެ.

ފުވައްމުލަކުގެ 2 ވަނަ ކޮވިޑް-19 ޕޮޒިޓިވް ކޭސް – ފުރަތަމަ ނަތީޖާ ދިނީ ނުބަކޮށް

މިކަމަށް ޖޯކުޖަހަމުން ސޯޝަލް މީޑިއާގައި ޒުވާނަކު ބުނެފައިވަނީ ކުރިން ފޭސްބުކް އަދި އިންސްޓެގްރާމަށް އަޕްލޯޑްކުރި ޗުއްޓީ ދަތުރުގެ ސެލްފީތައް ޑިލީޓް ވަގުތުން ކުރެވި މިހާރު އެރަށަށް ދިޔަ އެކަކުވެސް ނެތްކަމަށެވެ.

މިފަދަ މައުލޫމާތު ސިއްރުކުރާ ފަރާތްތައް ސިންގަޕޫރުގައި ލަނީ ޖަލަށެވެ. އެގޮތުން ދާދިފަހުންވެސް އަންހެނަކު ކޮންޓެކްޓް ޓްރޭސިންގައި ދޮގު މައުލޫމާތު ދިނުމުން ވަނީ ޖަލަށްލާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !