A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް ވެކްސިން ދިނުމުގެ، ދުނިޔޭގެ އެންމެ ބޮޑު ޕްރޮގުރާމް އާއިއެކު އިންޑިއާގެ ޤާބިލްކަން ދުނިޔެއަށް ދައްކާލައިފި

ކޮވިޑް ވެކްސިން ދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޕްރޮގުރާމް އިންޑިއާގައި ފަށައިފިއެވެ. - ފޮޓޯ ގެޓީ އިމޭޖެސް

ކޮވިޑް-19ގެ ވެކްސިން ދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޕްރޮގުރާމް އިންޑިއާގައި ފަށައިފިއެވެ. މި ޕްރޮގުރާމް އިފްތިތާޙް ކޮއްދެވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮވިޑާއި ދެކޮޅަށް ހިންގާ މިވެކްސިން ޕްރޮގުރާމުގައި އިންޑިއާގެ އާބާދީގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމުގައި، ބޭނުންކުރުމަށް ހަމަޖެހިފައިވާ ވެކްސިނަކީ މިހާރު ބޭނުން ކުރަން ހުއްދަ ދީފައިވާ ވެކްސިން ތަކުގެ ތެރެއިން، ދެ ވެކްސިނެއް ކަމުގައިވާ، ‘ކޯވީޝިލްޑް’ އަދި ‘ކޮވެކްސިން’ ވެކްސިންއެވެ. މި ވެކްސިންތަކުގެ މިލިއަނަށް ވުރެ ގިނަ ޑޯޒް އިންޑިއާގެ އެކި ސަރަހައްދުތަކަށް މިހާރުވަނީ ސަޕްލައިކޮށްފައެވެ.

“ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ޕްރޮގުރާމް އަޅުގަނޑުމެން އިފްތިތާޙް ކުރުމުން،އަޅުގަނޑުމެންގެ ޤާބިލިއްޔަތުކަން ދުނިޔެއަށް ދައްކާލެވިއްޖެ” ކޮވިޑް ވެކްސިން ދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޕްރޮގުރާމު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު މޯދި ވިދާޅުވިއެވެ.

މީގޭ އިތުރުން މި ވެކްސިން ޕްރޮގުރާމަށް އިންޑިއާ އޮތީ މިކަމަށް ޚާއްސަ އެޕެއްގެ އެހީގައި ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް މޯދީ ވިދާޅިވިއެވެ. އަދި އެ އެޕްގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އެންމެނަށް ވެކްސިން ޖެހިފައިވާކަން ސަރުކާރަށް ކަށަވަރުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

އިންޑާއާ އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނުކަމަށް ރިކޯރޑް ކުރެވިފައިވާ ގައުމެވެ. މިގޮތުން މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް އިންޑާގައި ކޮވިޑް-19 ޖެހިފައިވާކަމަށް ރިކޯޑްތަކުން ދައްކައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !