A wide advertisement which will be shown on all devices. (700 x 100)

އައްޑޫ ސިޓީއިން 62 މީހަކު ރަށަށް ގެނެސްފި

ރޭ އިރުއޮއްސުނު އިރު އައްޑޫ ސިޓީއިން ރަށަށް ގެނެވުނު މީހުން

ކޮވިޑް-19 ފެތުރޭތީ އައްޑޫ ސިޓީ މޮނިޓަރިން އަށް ލުމާއި ގުޅިގެން ރަށަށް ނާދެވި ތާށިވެފައިވާ މިއަދު 2 ލޯންޗެއްގައި އިއްޔެ ހަވީރު ރަށަށް ގެނެސްފިއެވެ. އެގޮތުން އިއްޔެ 62 މީހުން ވަނީ ރަށަށް ގެނެސްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔާ ފަލާޙު ޝަރީފު ވިދާޅުވީ ފުވައްމުލައް ސިޓީއަށް އެ މީހުން ގެނައުމުގައި އައްޑޫ ސިޓީގެ ކަމާއި ގުޅޭ އިދާރާތަކާއި ގުޅައި ރަށަށް ގެނެވޭ އެއްވެސް މީހަކީ އެމީހުންގެ ކޮންޓެކްޓުންގެ ލިސްޓްގައި ހިމެނިފައިނުވާ މީހެއްކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

ރޭ އިރުއޮއްސުނު އިރު އައްޑޫ ސިޓީއިން ރަށަށް ގެނެވުނު މީހުން

ކުރިން ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ގޮތުން އައްޑޫ ސިޓީގައި ތާށިވެފައިވާ 71 މީހުން ރަށަށް އައުމަށް އެދިގެން ރަޖިސްޓްރީވެފައިވީ ނަމަވެސް ރަށް ގެނެވޭނެ ވަގުތު ޖެހުނު އިރު އާދެވޭ ގޮތަށް ތިބީ 62 މީހުން ކަމަށާއި އެ އެންމެންވެސް ވަނީ ސަދަން ޓްރާންސްޕޯޓް ލިންކް އާއި ރިލެކްސް ފެރީ ލޯންޗުގައި ގެނެވިފައި ކަމަށެވެ.

ފުވައްމުލައް ސިޓީއަށް ގެނެވުނު އެންމެނެ ވެސް ވަނީ ހޯމް ކަރަންޓީން ކުރެވިފައި ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން އެމީހުން ތިބުމަށް ހަމަޖެހިފައިވާ ތަންތަން އެޗްޕީއޭގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ މަސައްކަތް ސިޓީ ކައުންސިލް މުވައްޒަފުން ވަނީ ކޮށް ނިންމާފައެވެ.

ހޯމް ކަރަންޓީންކުރެވޭ ގެތައް ޗެކްކުރަން މުވައްޒަފުން ގެގެއަށް ދިއުން

މިއީ ބޭސްފަރުވާއަށާއި އެކިބޭނުންތަކަށް އައްޑޫއަށް ގޮސްފައި ތިބި ފުވައްމުލައް ސިޓީގެ މީހުން ރަށަށް ގެނައުމަށް ގެނައުމުގެގޮތުން ކުރެވުނު މަސައްކަތެކެވެ.

ނަމަވެސް މާލެ ސިޓީއިން ރަށަށް އައުމަށް އެދޭފަރާތްތަކާއި މެދު ސިޓީ ކައުންސިލުން ވަކިއެއްޗެއް ހާމައެއް ނުކުރައްވައެއްވެ. މާލެއިން ފުވައްމުލަކަށް އާއްމު ދަތުރުފަތުރުކުރުން މިވަނީ ހުއްޓާލެވިަފއެވެ. ވުމާއެކު މިދުވަސްކޮޅު މާލެއއަިން ހޮމް ކަރަންޓީނަށް އަންނަ ބަޔަކު ނުތިބޭނެ ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !