ރޭ 8:00 ގެ ފަހުން ފުވައްމުލަކު މީހުން ގޭގައި މަޑުކޮށްފި ކަމަށް ރޭގެ ފުވައްމުލަކުގެ މަގުތަކުން ހާމަވެއްޖެއެވެ. އެޗްޕީއޭއިން ވަނީ ފުވައްމުލައް ސިޓީގައި ގެއިން ބޭރުގައި އުޅުން އިއްރޭ 12:00 އިން ފެށިގެން 7 ދުވަސް ވަންދެން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާ ކޮށްފައެވެ.
ރޭ ފުވައްމުލަކުގެ މަގުތައް ފެނުނީ މުޅިވެސް ފަޅުކޮށް އޮތްތަނެވެ. މަގެއްގެ މަތިން ދުއްވާ އެއްޗެއްގެ އަދި މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ރޭ ބޭއްވި ފުވައްމުލައް އެޗްއީއޯސީގެ ނޫސް ކޮންފަރެންސްގައި މޭޔާ ފަލާހު ޝަރީފު ވިދާޅުވީ އެޗްޕީއޭގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުވައްމުލަކުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށެވެ.

ރޭ ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި 3 ވަނަ ޕްރެސް
ފުވައްމުލަކުގައި ކޮވިޑް-19 ގެ ކޮމިއުނީޓި ސްޕްރެޑެއް އޮތްއިރު، ފުވައްމުލައް ސިޓީ ކައުންސިލުން މިވަގުތު އެންމެ އިސްކަންދޭ ދެ ކަމަކީ ރަށުގައި ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމާއި ކަމާއި ގުޅޭ ގޮތުން ހުރި ވަސީލަތްތައް އިތުރު ކުރުމަށް މަސައްކަތް ކުރުން ކަމަށް މޭޔާ ފަލާޙު ވިދާޅުވިއެވެ.
އެގޮތުން ފުރަތަމަ ބައިން، ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރާކަން ޔަގީންކުރުމާއިި އެކަންކަން މޮނިޓާކުރުމާއި ކޮންޓެކްޓް ޓްރޭސިންގައި ހުރި ލަސްކަން އަވަސްކޮށް ހަލުއި ކުރުމާއި މިހާރު ޓެސްޓް ކުރެވޭ މިންވަރަށް ވުރެ އިތުރަށް ރަށުން ބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރުން ހިމެނޭކަމަށް މޭޔަރު ވިދާޅުވިއެވެ.
ވަސީލަތްތައް އިތުރުކުރުމުގެ ގޮތުން ފިޒިކަލް ފެސިލިޓީސް އިތުރުރުމަށް ކުރެވެން ހުރިކަންތައްތައް ބަލައި އެކަމަށް މަގުފަހިކޮށްދިނުމާއި މައި ސަރުކާރު މެދުވެރިކޮށް ހޯދަންން ޖެހޭ ވަސީލަތްތައް ހޯދުމުގެ، މަސައްކަތައް ކުރުމާއި، މަސައްކަތަށް އިތުރަށް ވޮލަންޓިއަރުން އިތުރަށް ހޯދުން ހިމެނޭކަމަށެވެ. އަދި އުއްމީދު ކުރެވެނީ މިއަދުން ފެށިގެން އިތުރު 3 ޓީމު ޖުމްލަ 6 ޓީމު ކޮންޓެކްޓް ޓްރޭސިން ކަރަންޓީން ކަންކަމުގައި ހަރަކާތް ހަރަކާތްތެރިވާން ފަށާނެކަމަށް މޭޔާގެ ވާހަކާގައި ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ކޮވިޑް-19 އެކްޓިވް ކޭސަސް- އުމުރުފުރާތައް
އަދި މިއަދުން ފެށިގެން އަލުން ވެކްސިން ޖެހުން ފެށިގެންދާނެކަމަށެވެ. އެކަމަކު ވެކްސިން އަދި ޖަހަނީ 80 އަހަރުން މަތީގެ މީހުންނާއި އެންދުމަތިވެފައިވާ ހައިރިސްކް މީހުންނަށެވެ. މީގެ އިތުރުން އެއަރޕޯޓްގައި އާއްމުންނާއި ބައްދަލުވާ މީހުންނާއި ޖަމާއަތްތެރިންގެ އިތުރުން ކަނޑުބޯޓުގެ ފަޅުވެރިންނަށް ވެސް ކޮންމެވެސް ވަރަކަށް ވެކްސިން ޖަހަމުން އަންނަކަމަށް ހޮސްޕިޓަަލުންގެ ފަރާތުން ހާމަކުރެއްވިއެވެ.
ޚިޔާލުތައް