ފުވައްމުލަކު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރުމަށް ވޮލަންޓިއަރުން ހޯދަން ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މޭޔާ ފަލާޙު ޝަރީފު ވިދާޅުވީ ލޮކްޑައުންއާއި ގުޅިގެން ކަންކަން އިތުރަށް ހަރުދަނާ ކޮށް ބެލެހެއްޓުމަށް އިތުރު މީހުން ވޮލަންޓިއަރުންގެ ގޮތުގައި ހޯދައި މަސައްކަތަށް ނެރޭނެ ކަމަށެވެ. އެގޮތުން މިއަދު އިތުރު މީހުން އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ މަސައްކަތާއި ގުޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ފުވައްމުލައް ސްކޫލްތަކުގެ ބައެއް މުވައްޒަފުން މިއަދު ވަނީ ވޮލަންޓިއާކޮށް މަސައްކަތަށް ނުކުމެފައެވެ. މީގެ ކުރިންވެސް ބައެއް ފަރާތްތަކުން ވޮލަންޓިއަރުންގެ ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުގެ އެކި ކަންކަމުގައި މަސައްކަތްކޮށް ދިނުމަށް ނުކުމެފައި ވެއެވެ.

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށްމިއަދު ނުކުތް ސްކޫލްތަކުގެ މުވައްޒަފުންނާ ފުވައްމުލަކު ޓާސްކް ފޯސްގެ ފަރާތުން ބައްދަލް ކުރެއްވަނީ.
ފުވައްމުލަކުގައި ކޮވިޑް-19ގެ ނުރައްކާ އިތުރަށް ބޮޑުވިޔަ ނުދިނުމަށް ހޯމް ކަރަންޓީނު ކުރުމަށް ކުރަން ޖެހޭ އެނެމެހައި މަސައްކަތްތައް ކުރަމަށާއި ހޯމް ކަރަންޓީނު ކުރެވޭ މީހުންގެ ހަރަކާތްތައް ގާތުން އިތުރަށް މޮނިޓަރ ކުރުމާއި، ކަރަންޓީނު ކުރަން ޖެހޭ ފަރާތްތައް ފާހަގަ ކުރުމުގައި ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ހަލުއި ކުރުމަށް އިތުރު މީހުންގެ އެހީތެރިކަން ބޭނުންވެފައިވާ ކަމަށް މޭޔާ ވިދާޅުވިއެވެ.

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް މިއަދު ނުކުތް ސްކޫލްތަކުގެ މުވައްޒަފުންނާ.
މީގެ އިތުރުން ސާމްޕަލް ނަގަން ޖެހޭ ފަރާތްތަކުގެ ސާމަޕަލް ނެގުމަށް އެކަމަށް ތަމްރީނުވެފައިވާ މީހުން ޚާއްސަ ކުރުމަށް، އެމީހުން އެހެން ކަންތައްތަކުން ވީއްލުމަށް ވެސް އިތުރު މީހުންގެ އެހީތެރިކަން ފުވައްމުލައް ސިޓީއަށް މިވަގުތު ބޭނުންވެފައިވާ ކަމަށް ވެއެވެ.

ކޮންޓެކްޓް ޓްރޭސިން މަސައްކަތުގައި އެހީތެރިވުމަށް ޏ. އޭއީސީގެ ޓީމެއް ފުވައމްުލަކު ހޮސްޕިޓަލާއި އިއްޔެ ގުޅިފައިވޭ.
ވޮލަންޓިއަރަކަށް ވުމަށް ރަޖީސްޓްރީވާ ފޯމް
ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ރަށުގައި އޮވެ ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގައި އަދި ކަރަންޓީނު ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ކަމާއި ގުޅޭ އިދާރާތަކުން އެއްބަސްވެއެވެ. މި ލަސްވުންތަކަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއްކަން ނޫސް ކޮންފަރެންސްގައި ކުރެވޭ ސުވާލުތަކުންނާއި ސޯޝަލް މީޑިއާ ކޮމެންޓްތަކުން ވެސް ހާމަވެއެވެ.

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް މިއަދު ނުކުތް ސްކޫލްތަކުގެ މުވައްޒަފުންނާ.
ޚިޔާލުތައް
ރަށުގެ ޚަބަރުތައް ގެނައުމަށް މިކަލް ނޫހުގެ ލިއުންތެރިން ތިކުރައްވާ ބުރަ މަސައްކަތަށް ޝުކުރުވެރިވަން