A wide advertisement which will be shown on all devices. (700 x 100)

އިތުރު 4 މީހަކު ފުވައްމުލަައް ސިޓިއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 ފުވައްމުލަކުގެ އަޕްޑޭޓްސް

އިތުރު 4 މީހަކު ފުވައްމުލަައް ސިޓީއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މި މީހުނަށް ބަލި ޖެހިފައިވަނީ ފުވައްމުލައް ސިޓިގައިި ކުރިޔަށްގެންދިޔަ ޖަމާއަތްތެރިކަމުގެ ކޯހުގެ ކިޔަވައިދިނުމުގެ ތެރެއިންނެވެ. އެކްލާހަށް ދާ އަންހެނަކު ކުރިން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިރޭ ކުރިޔަށްގެންދިޔަ ފުވައްމުލައް ސިޓީ ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ މީޑިއާ ބްރިފިންގައި މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވީ މިއަދުގެ 18:00 އާއި ހަމަޔަށް ފްލޫ ކުލިނިކުގެ ސާމްޕަލްތަކުން 1 އަދި ކޮންޓެކްޓްތަކުގެ ސާމަޕަލް އިން 3 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއާއިއެކު ބަލީގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 20 ގައެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ލެބުން ޓެސްޓް 36 ސާމްޕަލްގެ ތެރެއިންނެވެ. ފުވައްމުލަކު ހޮސްޕިޓަލަުގެ ލެބަށް ލިބުން މިއަދު ޖުމްލަ 39 ސާމްޕަލް ޓެސްޓެ ކުރިއިރު 3 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބި ވާކަމަށް ހާމަކުރެއްވިއެވެ.

މިއަދު ނެގުނު ފްލޫ ކްލިނިކުން 13 ސާމްޕަލެއް އަދި ކްންޓެކްޓް ޓްރޭސިން އިން 61 ސާމަޕްލެއް ނެގިފައިވެއެވެ.

މިހާތަނަށް ޖުމްލަ 645 ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވެއެވެ. އިއްޔެއާއި މިއަދުގެ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަ ކުރެވުނު މީހުންގެ އަދަދު އެހާ ބޮޑުތަން އިތުރުވެފެއް ނުވެއެވެ. އެހެން ދިމާވެފައިވަނީ ގިނަ ކޮންޓެކްޓްްތައް ގުޅިފައިވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މާދަމާގެ ގެ ކޮންޓެކްޓް ޓްރޭސިންގައި އިތުރު ގިނަ ބަޔަކު ފާހަގަ ވުމަކީ އެކަށީގެންވާކަމއެއް ކަމަސ ްއާމިނަތު ފާހގަ ކުރެއްވިއެވެ. ައިއްޔެ އިއުލާންކުރެވުނީ 620 ކެންޓެކްޓުންނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !