A wide advertisement which will be shown on all devices. (700 x 100)

އިތުރު 5 މީހަކު މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެ ފުވައްމުލައް ސިޓިގެ ޖުމްލަ 30 އަށް އަރައިފި

ކޮވިޑް-19 ފުވައްމުލަކުގެ އަޕްޑޭޓްސް 15 ފެބްރުއަރީ 2021

އިއްޔެ ހަވީރު 6:00 އިން މިއަދުގެ 6:00 އަށް އިތުރު 5 މީހަކު ފުވައްމުލަައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިރޭ ކުރިޔަށްގެންދިޔަ ފުވައްމުލައް ސިޓީ ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ މީޑިއާ ބްރީފިންގައި މައުލޫމާތު ދެއްވަމުން ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވީ މިއަދުގެ 18:00 އާއި ހަމަޔަށް އަލަސް 5 މީހަކު ބައްޔަށް ޕޮޒިޓިވް ވެ އެކްޓުވް ކޭސް ޖުމްލަ 24 އަށް އަރައިފިކަމަށެވެ. މިބަލީގައި ހރި އެކަކު  ވަނީ އައްޑޫ ސިޓީއަށް ބަދަލުކުރެވިފައެވެ. ވުމާއެކު ފުވައްމުލައް ސިޓީގައި މިވަގުތު ތިބި ބަލިމީހުންގެ އަދަދު 24 ގައި ހުރީ ކަމަށެވެ. މި 5 ކޭސް އަކީ ކޮންޓެކްޓްތަކުގެ ސާމަޕަލްތަކުން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ. މިއާއިއެކު ފުވައްމުލައް ސިޓީއިން ބައްޔަ ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 30 އަށް އަހރާފައެވެ. ބަލިން ރަނގަޅުވެފައި ވަނީ 5 މީހެކެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ މާލޭ އައިޖީއެމްއެޗަށް ފޮނުވިސާމްޕަލްގެ ތެރެއިންނެވެ.

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ނަގާފައިވާ ޖުމްލަ ސާމްޕަލްގެ އަދަދަކީ 3976 އެވެ. ފުވައމްުލަކުން ނެގޭ ސާމްޕަލްތަކުގެ ނަތިޖާ ލިބުމުގައި 3-4 ދުވަސް އެވްރެޖްކޮށް ވާކަމަށް އާމިނަތު ހާމަކުރެއްވިއެވެ. ސާމަޕަލް ނަގާފައި ނަތީޖާ ނުލިބި އެއަށްވުރެ ގިނަ ދުވަސް ވާނަމަ އެކަން އެންގުމަށް އެދިފައިވެއެވެ.

މިހާތަނަށް ޖުމްލަ 760 ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވެއެވެ. މިމީހުންގެ ތެރޭގައި ހައިރިސްކް 45 މީހުނާިއ ބަލީގެ އަލާމަތް ހުރި 12 މީހަކު ހިމެނެކަމަށެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !