މިއަދު ފުވައްމުލައް ސިޓީ އިން ކޮވިޑް-19އަށް ޕޮޒިޓިވްވީ 2 މީހުން ކަމަށް ފުވައްމުލައް ސިޓީ ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ ހާމަކުރައްވައިފިވެ.
މިރޭ ކުރިޔަށްގެންދިޔަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެފައި ނުވާތީ ކުރިން ހޮސްޕިޓަލުން ގެނެސްދޭ މައުލޫމާތު ގެނެސްދިނީ ޑިރެކްޓަރ މަސީހުއެވެ.
މިއަދު އަލަށް ބައްޔަށް ޕޮޒިޓިވް ވި ދެކޭސް އާއެކު އެކްޓިވް ކޭސްގެ ގޮތުގައި ފުވައްމުލައް ސިޓިގައި ތިބި އަދަދަކީ 26 އެވެ. ބަލީގެ އެކަކު ވަނީ އައްޑޫ ސިޓީއަށް ބަދަލުކުރެވިފައެވެ. އަދި މިހާތަނަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 32 އެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 5 މީހެކެވެ.
މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ނަގާފައިވާ ޖުމްލަ 4127 ނަގާފައިވާ އިރު މިއަދު ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 151، އަދި އިއްޔެގެ ސާމްޕަލް 171 އެވެ. ކޮންޓެކްޓް ޓްރޭސިން ހެދުމައްފަހު އެމީހެއްގެ މައުލޫމާތު ނޯޓު ކުރެވިގެން ސާމްޕަލް ނަގަން ދާއިރު އެމީހާ ގޭގައި ނުހުންނަ މައްސަލަ ފާހަގަ ކުރެވިފައިވާކަމާއި އެކަމުގެ ސަބަބުން މިއަދު ނެގުނު ސާމްޕަލްގެ އަދަދު މަދުވެފައި ވަނީ ކަމަށް މަސީހު ހާމަކުރެއްވިއެވެ. ހޯމް ކަރަންޓީން ކުރެވޭ ނުވަތަ އައިސޮލޭޝަނަށް ލާފައިތިބޭ މީހުން އުސޫލާއި ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ އޮންނަނީ ނަސޭހަތް ދިނުންކަމަށާއި އެއަށްފަހު ޖޫރިމައިނާ ކުރުން އަދި ފުލުހަށް ހުށަހަލައިގެން މައްސަލަ ބެލުން ކަމަށެވެ. ނަމަވެސް އިއޯސީ އިން އެދެނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ކަމަށް ހާމަކުރެއްވިއެވެ. ބައެއް ފަރާތްތަކުގެ މައްސަލަ ޕޮލިހަށް ހުށަހެޅިގެން ކުރިޔަށް ދާކަމަށެވެ.
މިއަދު ސާމްޕަލްތައް ނެގިފައި ވަނީ:
ޓްްރެވެލް 15
ފްލޫ ކްލިނިކް 8
ކޮންޓެކްޓް ޓްރޭސިން ގެ 115
ހޯމްކަރަންޓީނުގެ 13 ސާމްޕަލް
މިހާތަނަށް ޖުމްލަ 760 ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވެއެވެ. މި މީހުންގެ ތެރޭގައި ހައިރިސްކް 45 މީހުނާއި ބަލީގެ އަލާމަތް ހުރި 12 މީހަކު ހިމެނެކަމަށެވެ.
ކޮންޓެކްޓް ޓްރޭސިން އާއި ރެޕިޑް ރެސްޕޮންސް ޓީމު އަދި އެހެންނިހެން ކަންކަމުގައި 19 ވޮލަންޓިއަރަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ޑީޖީ ނިޖާހު ފާހަކުރެއްވިއެވެ.
ކޮންޓެކްޓް ފާގހަގަ ކުރުމަށް ކޮންމެ ބޭފުޅަކުވެސް ޕާސަނަލް ލޮގެއް، އެމީހަކާއި ބައްދަލުވާ މީހުން ފާހަގަކޮސް ބެލެހެއްޓިއްޖެ ނަމަ ކޮންޓެކްޓް ޓްރޭސިން އަށް ފަސޭހަވެ ކަންކަން އަވަސްވެގެން ދާނެ ކަމަށެވެ.
ޚިޔާލުތައް