މިއަދު ވެސް ފުވައްމުލައް ސިޓީ އިން ކޮވިޑް-19އަށް 3 މީހުން ޕޮޒިޓިވެ ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ މާލޭގައި ބޭއްވި ނިއުސް ބްރީފިންގައި ހާމަކުރެއްވިއެވެ. ފުވައްމުލައް ސިޓީ ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ކޮވިދް ކޭސްތަކުގެ އަޕްޑޭޓސް ގެނެސްދެނީ ކުރި ދުވަހުގެ ހަވީރު 6:00 އިން އެދުވަހެއްގެ 6:00 އަށް ކަމަށް ވެފައި އެފަރާތުން ހާމަކުރައްވީ އެހާހިސާބަށް ޕޮޒިޓިވް ކޭސް އެއް ނެތް ކަމަށެވެ. ވުމާއެކު ބެލެވެނީ މިރޭ އިރުއޮއްސި 6:00ގެ ފަހުން ޕޮޒިޓިވް ކަމަށް ކަނޑައެޅި ސާމްޕަލްތަކެއް ކަމަށެވެ.
މިރޭ ކުރިޔަށް ގެންދިޔަ މީޑިއާ ބްރީފިންގައި ވެސް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެފައެއް ނުވެއެވެ. މިރޭގެ ނިއުސް ބްރީފިންގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު އާއި ޑިރެކްޓާ އަލީ މަސީހު އެވެ.
މިއަދު އަލަށް ބައްޔަށް ޕޮޒިޓިވް ވި 3 ކޭސް އާއެކު މިހާތަނަށް ފުވައްމުލައް ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 35 އެވެ. އެކްޓިވް ކޭސްގެ ގޮތުގައި ފުވައްމުލައް ސިޓީގައި ތިބި އަދަދަކީ 29 އެވެ. ބަލީގެ އެކަކު ވަނީ އައްޑޫ ސިޓީއަށް ބަދަލުކުރެވިފައެވެ. އަދި 5 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް. ސިޓީ ކައުންސިލް
މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ނަގާފައިވާ ޖުމްލަ 4214 ނަގާފައިވާ އިރު މިއަދު ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 81، އަދި އިއްޔެގެ ސާމްޕަލް 151 އެވެ.
ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު އެމީހެއްގެ މައުލޫމާތު ނޯޓު ކުރެވިގެން ސާމްޕަލް ނަގަން ދާއިރު އެމީހާ ގޭގައި ނުހުންނަ މައްސަލަ ފާހަގަ ކުރެވިފައިވާކަމާއި އެކަމުގެ ސަބަބުން މިއަދު ނެގުނު ސާމްޕަލްގެ އަދަދު މަދުވެފައި ވަނީ ކަމަށް މަސީހު ހާމަކުރެއްވިއެވެ. ހޯމް ކަރަންޓީން ކުރެވޭ ނުވަތަ އައިސޮލޭޝަނަށް ލާފައިތިބޭ މީހުން އުސޫލާއި ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ އޮންނަނީ ނަސޭހަތް ދިނުންކަމަށާއި އެއަށްފަހު ޖޫރިމައިނާ ކުރުން އަދި ފުލުހަށް ހުށަހަލައިގެން މައްސަލަ ބެލުން ކަމަށެވެ. ނަމަވެސް އިއޯސީ އިން އެދެނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ކަމަށް ހާމަކުރެއްވިއެވެ. ބައެއް ފަރާތްތަކުގެ މައްސަލަ ޕޮލިހަށް ހުށަހެޅިގެން ކުރިޔަށް ދާކަމަށެވެ.
މިއަދު ސާމްޕަލްތައް
ޓްްރެވެލް 6
ފްލޫ ކްލިނިކް 23
ކޮންޓެކްޓް ޓްރޭސިން ގެ 12
ހޯމްކަރަންޓީނުގެ 40 ސާމްޕަލް
މިހާތަނަށް ޖުމްލަ 760 ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވެއެވެ. މި މީހުންގެ ތެރޭގައި ހައިރިސްކް 45 މީހުނާއި ބަލީގެ އަލާމަތް ހުރި 12 މީހަކު ހިމެނެކަމަށް ޑީޖީ ނިޖާހު ފާހަކުރެއްވިއެވެ.

ފުވައްމުލައް ސިޓީ އީއޯސީއަށް ހައިވޭ29 ގެ އެހީއެއް
ވެކްސިން އަޕްޑޭޓސް
މިއަދު ވެކްސިން ޖެހިފައިވަނީ 71 މީހުން (އެއީ 80 އަހަރުން މަތީގެ 41، ސިއްޙީ މަސައްކަތް ތެރިން 1 އެހެނިހެން އިސްސަފުގައި މަސައްކަތްކުރާ މީހުން 29)
އިއްޔެ ވެކްސިން ޖެހިފައިވަނީ 58 އެއިގެ ކުރީ ދުވަހު 24 މީހުން
މިހާތަނަށް ފުވައްމުލައް ސިޓީއިން ވެވެކްސިން ޖެހިފައި ވަނީ ޖުމްލަ 191 މީހަކަށް
ފުވައްމުލައް ސިޓީގައި ތިބި ކަމަށް ރެކޯޑު ކުރެވިފައިވާ 80 އަހަރުން މަތީގެ 220 މީހުންގެ ތެރެއިން މިހާތަނަށް މިހާތަނަށް 151 ބާކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ޖެހޭ 80 އަހަރުން މަތީ 61 މީހަކު އއެބަތިބި ކަމަށްވެއެވެ.
ވެކްސިން ޖެހުމަށް ހެނދުނު މީހުން މަދު ކަން ފާހަގަ ކުރަމުން ޑިރެކްޓާ މަސީހު ވިދާޅުވީ ހެނދުނުގެ ގަޑިތަކުގައި ވެސް ވެކްސިން ޖެހުމަށް މީހުން އައުން މުހިންމު ވަނީ ވެކްސިން ޖެހުމަށް މުޅި ޕްރޮސެސް އަށް 30 މިނިޓް ވަރު ހޭދަވާތީ ގިނަ ބަޔަކަށް ވެކްސިން ޖެހޭނީ ހެނދުނުގެ ވަގުތުތައް ވެސް ފުރިހަމަ ގޮތުގައި ބޭނުންކުރެވިގެން ކަމަށެވެ.
މާދަމާ ހެނދުނު 8:00 އިން ފަށައިގެން ހަވީރު 6:00 އަށް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުން ކުރިޔަށް ގެންދެވޭނެކަމަށް ހާމަކުރިއެވެ.
އަލުން ރޭ 870 ޑޯޒް ވެކްސިން ލިބިފައިވާ ކަމަށް ހާމަކުރެއްވިއެވެ.
ކުރިން 2 ބޫތުން ވެކްސިން ޖެހި ކަމުގައި ވިޔަސް މާދަމާއިން ފެށިގެން 3 ބޫތު ބޭނުކޮސްގެން ވެކްސިން ޖެހުމަށް ވަނީ ތައްޔާރުވެފައިކަމަށް މަސީހު ހާމަކުރެއްވިއެވެ.
ކަރަންޓިނު ފެސިލިޓީސް ހޯދުން
ކަރަންޓީިނު ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް ހިލޭ 24 ކޮޓަރި ލިބިފައިވާ ކަމަށާއި އެއިގެތެރެއިން 12 ކޮޓަރިއަކީ ވޭލި ގެސްޓް ހައުސް އިން ހިލޭ ދީފައިވާ ކޮޓަރި ތަކެއްކަން ފާހަގަ ކުރިއެވެ.
ބެޑްރިޑެން ޕޭޝަންޓެގެ 40 މީހަކަށް ޖެންޑާ މިނިސްޓްރީއިން ހަދިޔާކުރި ކެއަރ ޕެކޭޖް ފޯރުކޮށް ދެވިފައިވާކަމަށް މައުލުމާތު ދެއްވިއެވެ.
ޕޮލިސް މޮނިޓަރިން
ވިޔަފާރިތައް މިއަދު އެއްވެސް ވިޔަފާރިއަކަށް ފިޔަވަޅު އެޅިފައެއް ނުވެއެވެ.
ކާފިއު އާއި ޚިލާފުވުމުން އާއްމު ފަރާތްތަކުގެ ތެރެއިން 20 ފަރާތެއް ނަސޭހަތަށް ފަހު ޖޫރިމާނާ ކުރެވިފައިވެއެވެ.

މިއަދު ފުވައްމުލައް ސިޓީ ކައުންސިލުން ކުރިޔަށްގެންދިޔަ ހާލަތާއި ގުޅޭ ދިނީ މައުލޫމާތު ދިނުމުގެ ސެޝަން
ދީނީ ނަސޭހަތް
މިއަދު ހަވީރު ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ވެސް ކުރިޔަށްގެންގޮސްފައެވެ. މިސެޝަނުގައި ޝައިޚު ނިމާލް ވަނީ މިފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭގޮތުގެ މައުލޫމާތު ދީނީ ގޮތުން ހާމަކޮށް ދެއްވާފައެވެ. އަދި އާއްމުންގެ އުފެދޭ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ގޮތުން ވެސް މައުލޫމާތު ދެއްވާފައި ވެއެވެ. މިސެޝަން ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަނީ ލައިވްކޮށް ދައްކާފައެވެ.
ޚިޔާލުތައް