ފުވައްމުލައް ސިޓީ ކޮމިއުނިޓީއިން ކޮވިޑް-19 އަށް މިއަދު މީހަކު ޕޮޒިޓިވްވި ނުވިކަމުގައި ވިއަސް ކަރަންޓީނުން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް މިރޭގެ މީޑިއާބްރިފިންގައި ފުވައްމުލައް އިއޯސީއިން ހާމަކުރެއްވިއެވެ. ކޮމިއުނިޓީއިން ޕޮޒިޓިވް ކޭސް އެއް ނުފެންނަތާ 6 ދުވަސް ވީއެވެ.
އެޗްޕީއޭއީން މޮނިޓަރިން އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް (ކާފިއު) ގެ މުއްދަތު ވަނީ 7 ދުވަހަށް އިތުރުކޮށްފައެވެ. މިއަދު ކަރަންޓީނުން ޕޮޒިޓިވް ވި ފަރާތަކީ ކްލަސްޓާ 3 (ބޯޓާއި ގުޅުންހުރި) އާއި ގުޅިގެން އައިސޮލޭޝަންގައި ހުރި ފަރާތެއްކަމަށް ވެއެވެ.
މިރޭ ކުރިއަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 17 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެފައެއް ނުވެއެވެ. މިރޭގެ ޕްރެސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން މޭޔަރު ފަލާޙު ޝަރީފާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު އަދި ޑިރެކްޓަރ އަލީ މާސީޙު އެެވެ.

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 17 ވަނަ ޕްރެސް
މިއަދު އިތުރު މީހަކު ޕޮޒިޓިވްވެފައި ވުމާއި އެކު މިހާރު ފުވައްމުލައް ސިޓީއިން ޕޮޒިޓިވް ވެފައިވާ ޖުމްލަ އަކީ 46 އެވެ. އަދި ބަލިން ރަނގަޅުވި ޖުމްލައަކީ 26 އެވެ. އެކްޓިވް ކޭސްގެ ގޮތުގައި ފުވައްމުލައް ސިޓީގައި ތިބީ 19 މީހުންނެވެ. އެކްޓިވް ކޭސްގެ ބަލީގެ އެކަކު ވަނީ އައްޑޫ ސިޓީއަށް ބަދަލުކުރެވިފައި ވުމުން އެކްޓިވް ކޭސްގެ އަދަދު ދައްކަނީ 1 މަދު ކޮށެވެ.
ފުވައްމުލައް ސިޓީގެ 400 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓް ނުކުރެވި ހުރިކަމަށް މިރޭގެ މިޑީއާ ބްރީފިންގައި ހާމަކުރެއްވިއެވެ. ސާމްޕަލްތަކުގެ ނާތީޖާ ނުލިބި ގިނަ ދުވަސްތަކެއް ވާތީ ކާފިއުގެ ފިޔަވަޅުތަކާއި މެދު ގޮތެއް ނިންމުން ވެސް ލަސްވެގެން ދެއެވެ. ފުވައްމުލައް ސިޓިއިން ސާމްޕަލްތައް ޓެސްޓް ކުރުމަށް މިހާރު ފޮނުވަނީ މާލެއާއި އައްޑޫ ސިޓީއަށް ކަމަށް މޭޔަރު ފަލާޙު ވިދާޅުވިއެވެ. ނަމަވެސް އައްޑޫ ސިޓީއިން ދުވާލަކު ޓެސްޓް ކުރެވެނީ 300 ސާމްޕަލް ކަމަށްވެފައި، އައްޑޫ ސިޓީގެ ސާމްޕަލް ތަކާއެކު ފުވައްމުލައް ސިޓީގެ ސާމްޕަލްތައް ބޭނުންވާ ހަލުއިމިނުގައި ޓެސްޓް ނުކުރެވޭކަމަށް ފާހަގަ ކުރެއްވިއެވެ.
ފުވައްމުލައް ސިޓީގައި އަޅާފައިވާ ކާފިއުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަމަށް އިތުރު ލުޔެއް ހޯދައިވައި ދެއްވުމަށް އެޗްޕީއޭގައި ދެންނެވުމަށް ފުވައްމުލަކުގެ ގިނަބަޔަކު އެދެމުން އަންނަކަން ނޫސްވެރިން ފާހަގަ ކުރިއެވެ.

މިއަދު މާނޭރެ އަތިރީގައި ކުރިޔަށްގެންދިޔަ ވޮލަންޓަރީ ސާމްޕަލް
މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ޖުމްލަ 5858 ސާމްޕަލް ނަގާފައިވާ އިރު، މިއަދު ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 214 އެވެ. ޓެސްޓް ނުކުރެވޭ 430 ސާމްޕަލް ހުރިއިރު މިއަދު ނަތީޖާ ލިބުނީ 255 ސާމްޕަލެއްގެ އެވެ.
މިއަދު ރޭމްޑަމް ސާމްޕަލްގެ 159 ނަގާފައިވާކަމަށް ހާމަކުރެއްވިއެވެ.
މިއަދުގެ 214 ސާމްޕަލް ބެހިގެން ދަނީ:
ދަތުރުވެރިންގެ 12
ފްލޫ ކްލިނިކް 6
ކޮންޓެކްޓް ގެ 69
ހޯމްކަރަންޓީނުގެ 25 ސާމްޕަލް
ރޭންޑަމް ސާމްޕަލިންގެ 159 އެވެ.

ވެކްސިން ޖެހުން- އެމްޖޭއެސް ހޯލު: މިއަދު 27 ފެބްރުއަރީ 2021 ގައި 646 މީހަކަށް ވެކްސިން ޖަހާފައިވޭ
ވެކްސިން އަޕްޑޭޓްސް
މިއަދު ވެކްސިން ޖެހިފައި ވަނީ 646 މީހުންނަށެވެ. އެއީ:
30 އަހަރުން މަތީގެ 550،
18 އަހަރުން މަތީ ހައިރިސްކް 60
ކުރީސަފުގެ މަސައްކަތް ތެރިން 0،
ދާންމަތިވެފައިވާ 5 އަދި
އެހެނިހެން މީހުން 21 އެވެ.
މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައި ވަނީ ޖުމްލަ 2788 މީހަކަށެވެ.
މާދަމާ، 28 ފެބްރުއަރީ ގައި ވެސް އެމްޖޭއެސް ހޯލުން އަދި ޏ.އޭއީސީ ހޯލުން ވެކްސިން ޖެހުން ކުރިޔަށް ގެންދާނެއެވެ. މިޙާރު ވެކްސިން ޖަހަނީ 35 އަހަރުން މަތީގެ އެންމެންނާއި 18 އަހަރުން މަތީގެ ހައިރިސްކް މީހުންގެ އިތުރުން ފްރޮންޓްލައިނާސް އަށެވެ.
މިހާރު ފުވައްމުލައް ސިޓީގައި އައިސޮލޭޝަނުގައި 226 ގެއެއް ހުރި ކަމަށާއި ހޯމް ކަރަންޓީނުގައި 58 ގެއެއް ހުރިކަމަށް ސިޓީ ކައުންސިލުގެ ފަރާތުން މައުލޫމާތު ދެއްވިއެވެ.
ޕޮލިސް މޮނިޓަރިން
އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން 1 މީހަކު ޖޫރިމާނާ ކޮށްފައި ވާކަމަށް މިރޭގެ މީޑިއާ ބްރީފިންގައި މައުލޫމާތު ދެއްވިއެވެ.
މައުލޫމާތު: ފުވައްމުލައް އީއޯސީ 17 ވަނަ ޕްރެސް، 26 ފެބްރުއަރީ 2021، 21:30.
ޚިޔާލުތައް