A wide advertisement which will be shown on all devices. (700 x 100)

އެންމެ ފުރަތަމަ ‘ހާޑް އިމިއުނިޓީއަކަށް’ ފުވައްމުލައް ސިޓީ ހެއްދެވުމަށް އަވަހަށް ވެކްސިން ޖައްސަވާ!

ހާޑް އިމިއުނިޓީއަކަށް ފުވައްމުލައް ސިޓީ ދާން ވެކްސިން ޖެހުން އަވަސްކުރަން ޖެހޭ. (އަދާއިހަމަކުރެވިފައި)

ފުވައްމުލައް ސިޓީގެ އާބާދީގެ ބޮޑެތި މީހުންގެ ބޮޑު ބަޔަކަށް (%98 މީހުންނަށް) ވެކްސިން ޖަހައިގެން ނޫނީ މިބަލި ފެތުރުން ރަށުގައި އެއްކޮށް ހުއްޓޭނެ ކަމަކަށް ނުބެލެވެއެވެ.

ގައިންގަޔަށް އަރާ މިފަދަ ބަލިފެތުރުން ހުއްޓޭކަމަށް ބެލެވެނީ ބަލިޖެހުމުގެ ފުރުސަތު އޮތް މީހުންގެ އަދަދު %30 އަށް ވުރެ ދަށް ކުރެވިގެންނެވެ. ސައިންސްގެ ގޮތުން މިއަދަދަށް ކިޔަނީ އާރުނޯޓްއެވެ. އާރުނޯޓް އަދަދު 1 އަށް ވުރެ ދަށް ކުރެވިގެން ނޫނީ ބަލި ކޮންޓްރޯލް ނުކުރެވެއެވެ.

ހާޑް އިމިއުނިޓީއަކަށް ދާން ވެކްސިން ޖެހުން އަވަސްކުރައްވާ!

އާރުނޯޓް 1 ގެ މާނައަކީ ބަލި ފެތުރޭ މުޖުތަމިއެއްގައި ބަލި ޖެހިފައިވާ ކޮންމެ މީހެއްގެ ކިބައިން އިތުރު 1 އަށް ބަލި ޖެހޭނެ ކަމަށް ބެލެވުމުވެ. އާރުނޯޓް، 1 އަށް ވުރެ ދަށް ކުރެވިއްޖެ ނަމަ އެ މުޖުތަމިއަކުން ބަލި މަޑުމަޑުން ހިނދެން ފަށާނެއެވެ. ނުވަތަ ބަލިޖެހޭ އަދަދު ދަށްވާން ފަށާނެއެވެ. އެގޮތުން ދަށްވަމުން ގޮސް އެންމެފަހުން އެއްކޮށް އެއިގެ ޒާތުގައި ބަލިނެތިގެން ދާނެއެވެ.

އާރުނޯޓް ދަށްކުރުމަށް ކުރަން ޖެހޭ ކަމަކީ އެމުޖުތަމިއެއްގައި ތިބޭ ގިނަ މީހުންނަކީ ބަލިނުޖެހޭނެ މީހުންނަށް ހެދުމެވެ. ނުވަތަ ބަލިޖެހުމުގެ ފުރުސަތު ވީހާބޮޑަށް ކުޑަ ބަޔަކަށް ހެދުމެވެ. އެގޮތުން ވެކްސިން ޖަހަން ފެށުމުން އެއަދަދު ބޮޑުތަނުން ދަށްކުރެވެން ފަށައެވެ.

އާއްމު މިންގަނޑުން ބަލާއިރު އާބާދީއެއްގެ %70 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދެވިއްޖެ ނަމަ ނުވަތަ ބަލިނުޖެހޭ ހާލަތުގައި ތިބިނަމަ އެމުޖުތަމިއަކުން ބަލި ފެނުނު ކަމުގައި ވިޔަސް ބަލި ފެތުރިގެނެއް ނުދާނެއެވެ.

ހާޑް އިމިއުނިޓީއަކަށް ދާން ވެކްސިން ޖެހުން އަވަސްކުރައްވާ!

ފުވައްމުލައް ސިޓީގެ 13206 މީހުން އާބާދީގެ ތެރެއިން ރަށުގައި ތިބޭނެކަމަށް ބެލެވޭ %75 މީހުންގެ ޖުމްލައަކީ 9905 އެވެ. އަދި ރަށުގައި ދިރިއުޅޭ އުޅޭކަމަށް ވާ 800 އެއހާ ބިދޭސީންނާއި އެކު އެއީ 10705އެވެ. މިއަދަދުގެ %70 އަކީ 7494 އެވެ. މާނައަކީ ބަލިފެތުރުން ހުއްޓުވުމަށް ނުވަތަ “ހާޑް އިމިއުނިޓިއަކަށް ދާން” ފުވައްމުލަކުން 7494 މީހުންނަށް ވެކްސިން ޖަހަން ޖެހެއެވެ.

ފުވައްމުލައް ސިޓީގައި މިހާރު ވެކްސިން ޖަހާ 18 އަހަރުން މަތީގެ އާބާދީއަކީ 9246 އެވެ. އެއިގެ ތެރެއިން ރަށުގައި ތިބޭނެކަމަށް ބެލެވޭ %75 އަކީ 6935 މީހުންނެވެ. މިއަދަދުގެ ތެރެއަށް ބިދެސީ 800 މީހުން، ރަށުގައި ތިބޭނެ ކަމަށް ބެލެވޭ 18 އަހަރުން މަތީގެ ޖުމްލަ އާބާދީއަކީ 7735 އެވެ. ވުމާއެކު ހާޑް އިމިއުނިޓީ އަކަށް ދާން ފުވައްމުލަކުގައި މިހާރު ވެކްސިން ޖަހަން ފުރުސަތު އޮތް (ރަށުގައި ތިބި 18 އަހަރުން މަތީގެ އެންމެން) 7735 މީހުންގެ ތެރެއިން 7494 މީހުނަން ވެކްސިން ޖަހަން ޖެހެއެވެ. މާނައަކީ ވެކްސިން ޖަހަން ތިބި %96.9 މީހުން ގަޔަށް ވެކްސިން ޖަހައިގެން ނޫނީ ހާޑް އިމިއުނިޓީއަކަށް ދިމުމުގެ ފުރުސަތު ކުޑަކަމެވެ. ނޫންނަމަ މިއީ ވެކްސިން ޖަހަން ބަލާއިރު ނިސްބަތުން ވަރަށް ބޮޑު އިންސައްތައެކެވެ.

2 މާރިޗުގެ ނިޔަލަށް ފުވައްމުލަކުން ވެކްސިން ޖަހާފައި ވަނީ 3851 ކަމަށް ކަމާއިބެހޭ ފަރާތްތަކުގެ ރިކޯޑުތަކުން ދައްކައެވެ. މިއީ ވެކްސިން ޖަހަން ޖެހޭ މީހުންގެ %51.4 އިންސައްތަ އެވެ. ވުމާއެކު އަދި %48.6 އިން ސައްތަ ނުވަތަ 3643 މީހުން ގަޔަށް ފުވައްމުލަކުން ވެކްސިން ޖެހިއްޖެ ނަމަ ފަސޭހަކަމާއެކު ކޮވިޑްގެ ނުރައްކަލުން ސަލާމަތްވާނެއެވެ.

އެކަމަކު މިއި ވެކްސިން ގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ބަލައިގެންނެވެ. ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބެނީ ދެވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ވެސް ޖެހުމުންނެވެ. ދިވެހިރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފުތާ ނުވަތަ 2 މަހެއްހާ ދުވަހުގެ ފަހުންނެވެ. ވުޟާއެކު ފުވައްމުލަކުގައު ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަމަށް ބެލެވެނީ ކުރިޔަށް އޮތް އޭޕްރީލް މަހުގެ ތެރެގައެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހުން ކުރިޔަށް ދަނީ

ކޮވިޑް ބަލި ރަށުން ފޮހެލުމަށް ވެކްސިން ޖެހުމަކީ ކޮންމެ މީހެއްގެ ވެސް އެންމެ އިސް ވާޖިބުކަމަށް ހައްދަވާށެވެ. ހިތުގައި ޝައްކާއި ވަހުމު ނުބާއްވަވާ ވީހާވެސް އަވަހަކަށް ވެކްސިން ޖައްސަވާށެވެ. ކަމުގެ މާހިރުންނާއި ޑޮކްތަރުން ކަނޑިނޭޅި ވިދާޅުވަމުން އެގެްނދަވަނީ ނުރައްކަލެއް ނެތްކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ވެކްސިން ޖެހުން އަވަސ ްކުރުމަށެވެ. އެއިރުން މުޅިރާއްޖެއިން ވެސް އެންމެ ފުރަތަމަ ހާޑު އިމިއުނިޓީއަކަށް ދެވޭ ސިޓީއަކަށް ފުވައްމުލައް ސިޓީ އަށް ވެވިދާނެއެވެ.

އެއާއެކު ގޭގައި ބަންދުވުމާއި ކަރަންޓީނުކުރުމާއި މިފަދަ ހަޔާތުގައި ވުމަށް ނެދެވޭ އެތައްކަމަކުން ސަލާމަތްވެ ފުރިހަމަ މިނިވަންކަމާއެކު އާއްމު ދިރިއުޅުމަށް އަނބުރާ ވާސިލުވެވިދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !