ފުވައްމުލައް ސިޓީއިން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެ ވެއްޖެއެވެ. މިއި ފުވައްމުލައް ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި 55 ވަނަ މީހާއެވެ. މިއާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ އެކްޓިވް 4 މީހުން ތިބެނެއެވެ.
rރޭގައި ޕޮޒިޓިވްވި ވެފައިވަނީ މާލެއިން ފުވައްމުލައް ސިޓީ އަށް އައިސް ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުންދިޔަ ފަރާތެއްގެ ރޯގާގެ އަލާމާތްތައް ހުރެގެން ރޭ ނެގި ސާމްޕަލެއް ފުވައްމުލަކު ހޮސްޕިތަލުގެ ލެބްގައި ޓެސްތް ކުރުމުންނެވެ.
އެއާއިއެކު ފުވައްމުލަކު ހޮސްޕިޓަލުން ހަނދާންކޮށް ދެމުންދާ އާއްމު އެންގުމުގެ މަތިން ތކުރާރުކޮށް އަނެއްކާވެސް ހަދާންކޮށްދީފައި ވެއެވެ. އެގޮތުން ހޯމް ކަރަންޓީންގައިތިބޭ މީހުން ކަރަންޓީން އުސޫލާއި އެއްގޮތަށް އަމަލުކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި ކަރަންޓީންގައި ތިބޭ މީހުންނާއި ބައްދަލުކޮށް ހެދުމުގައި ހުރިހާ އެންމެންވެސް އެޗް.ޕީ.އޭގެ އުސޫލާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
ޚިޔާލުތައް