އެޗްޕީއޭގެ މޮނިޓަރިން އިން ފުވައްމުލަ ސިޓީ ނެގުމަށްފަހު ފުރަތަމަ ނެގި ރޭންޑަމް ހުރިހާ ސާމްޕަލެއް ކޮވިޑް-19 އަށް ނެގަޓިވް ވެއްޖެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ. އެގޮތުން އެންމެ ފަހުން ނެގި 200 މީހެއްގެ ސާމްޕަލް ވެސ ްޓެސްތް ކުރުމުން ވަނީ ނައްސިވެފައެވެ.
މިއީ އެޗްޕީއޭގެ މޮނިޓަރިން އިން ނެގުމަށްފަހު ފުވައްމުލަ ސިޓީގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތް ދެނަގަތުމަށް ކުރިޔަށްގެނދިޔަ ސާވޭއެކެވެ. ވުމާއެކު މިސާވޭގެ ނަތީޖާ ދައްކާ ގޮތުން ފުވައްމުލައް ސިޓީގެ ކޮމިއުނިޓީގައި މިވަގުތު ކޮވިޑް-19 އޮތްކަމަކަށް ނުބެލެވެއެވެ. ނަމަވެސް އިއްޔެ ވަނީ ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީާހަކު ބައްޔަށް ޕޮޒިޓޮވްވެފައެވެ. އެއާއެކު ބަލީގެ އެކްޓިވް 4 މީހަކު ފުވައްމުލައް ސިޓީ ހޯމް އައިސޮލޭޝަނުގައި އެބަތިއްބެއެވެ.

ކޮވިޑް-19 އާރްޓީޓީ ޓީމްގެ މެމްބަރުން
މިސާވޭ ކުރިޔަށް ގެންގޮސްފައި ވަނީ މި މާރިޗްމަހު 17 ވީ ބުދަދުވަހުއެވެ. ސާވޭއަށް ސާމަޕްލް ނަގާފައިވަނީ ސިޓީގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ރެންޑަމްކޮށެވެ. މިހަރަކާތަށް އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުވައްމުލައް ހޮސްޕިޓަލުން ޝުކުރު އަދާކުރެއެވެ.
އެއާއެކު ފުވައްމުލަކު ހޮސްޕިޓަލުން އިރުޝާދުދީފައިވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ސިއްޙީ އިދާރާތަކުގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތަށް ރައްޔިތުން އަމަލުކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ އެގޮތުން ކޮންމެ މީހަކުވެސް ފަރުދީގެ ޒިންމާގެ ގޮތުގައިދެކިގެން ގެއިން ބޭރުގައި އުޅޭ ވަގުތު ތަކުގައި މާސްކް އެޅުން، އެހެން މީހުންނާއި ބައްދަލުވެ ހެދުމުގައި ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދިނުމަށެވެ.
+1
+1
ޚިޔާލުތައް